'ވައިބަރ' އަކީ އިންޓަނެޓް މެދުވެރިކޮށް ހިލޭ މެސެޖްކޮށް ގުޅާލެވޭ އެޕްލިކޭޝަންއެކެވެ. ވައިބަރ ފެށިގެން އައީ ހަމައެކަނި ފޯނުން މެސެޖްކުރެވޭ އެޕްލިކޭޝަންއެއްގެ ގޮތުގައެވެ. ގިނަ ބަޔެއްގެ ޝަކުވާ އަކަށްވެފައި އޭރު އޮތީ ކޮމްޕިއުޓަރު މެދުވެރިކޮށް ވައިބާރ ބޭނުން ނުކުރެވޭ ކަމުގެ ޝަކުވާއެވެ.
ދާދިފަހުން ވައިބަރ 3.0 ގެ ލޯންޗްކުރިއިރު ޑެސްކްޓޮޕް އަށް ވައިބަރ އިންސްޓޯލް ކުރުމުގެ ޚިދުމަތްވަނީ ދީފައެވެ. އެގޮތުން ޕީސީ އާއި މެކް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ވައިބަރ ބޭނުން ކުރުމުގެ ނަސީބް ލިބިގެންދެއެވެ. މިއީ ވައިބަރ ބޭނުން ކުރާ ފަރާތްތަކަށް އުފާވެރި ޚަބަރަކަށް ވެގެންދާނެއެވެ.
ވައިބަރ ގެ އާ ވާރޝަންގައި ވައިބަރ މެދުވެރިކޮށް އޯޑިއޯ ކޯލް ކުރުމުގެ އިތުރުން ވީޑިއޯ އިންވެސް ގުޅާލެވޭނެއެވެ.
ވައިބަރގެ ހިސާބުތަކުން ދައްކާ ގޮތުގައި ވައިބާރ ބޭނުންކުރާ މީހުންގެ އަދަދު މިހާރު އުޅެނީ 200 މިލިއަނުގައެވެ. އަދި އޭގެން ދެބައިކުޅަ އެއްބައި ޔޫސާރ އަކީ އެކްޓިވް ޔޫސާރ ކަމަށް ވައިބަރ އިން ބުނެއެވެ.
ވައިބަރ އެޕްލިކޭޝަން އެޅެނީ އެންޑްރޮއިޑް ފޯނުތަކަށާއި އައިއޯއެސް އަދި ވިންޑޯސް ފޯންތަކުގެ އިތުރުން މަޝްހޫރު އޯއެސްތަކަށްކަމަށް ވައިބަރ އިން ހާމަކޮށްފައިވެއެވެ.
ދިވެހިންގެ ތެރޭގައި ވެސް 'ވައިބަރ' ވަނީ ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...