ރިޕޯޓް

ޖެޒުއިޓްސް އަކީ ކޮން ބަޔެއް؟ އަދި އެބައި މީހުންގެ އަގީދާ އަކީ ކޮބާ؟

މިއީ އީސާގެ ފާނަށް ނިސްބަތްކޮށް، ރޯމަން ކެތޮލިކް ޗާރޗްގެ ބާރުގެ ދަށުގައިވާ، މުޖުތަމައެކެވެ. މި މުޖުތަމައުގެ ފައުންޑަރ އަކީ  "އިގްނޭޓިއަސް އޮފް ލޮޔޯލާ " ނަމަކަށް ކިޔާމީހެކެވެ. މި މުޖުތަމައަކީ ޕޯޕް ޕޯލް 3 (pope paul III )ގެ އެދުރުވެރިކަމުގެ ދަށުން އަންނަ މުޖުތަމައެކެވެ. މައިގަނޑު ގޮތެއްގައި މި މުޖުތަމައުގެ ކޮންމެ މީހެއްގެ ފަރާތުން ހަތަރު އަހުދު ކަށަވަރެއް ހިފައެވެ. އެއީ ކިޔަމަންތެރިކާއި،ޖިންސީ ގުޅުމުން ދުރުހެލިވުމާއި، އިސާގެ ފާނަން ކިޔަމަންތެރި ވުމާ އަދި ޕޯޕް އަށް ކިޔަމަންތެރި ވުމަށެވެ. ޖެޒުއިޓް ގެ މަގްސަދަކީ ކޮންމެ ހާލެއްގައި ނަމަވެސް ކެތޮލިކް އަޤީދާ ފެތުރުމެވެ.

އިގްނޭޓިއަސް އޮފް ލަޔޯލާ

މީނާ އަކީ ސްޕެއިން އަށް ނިސްބަތްވާ މީހެކެވެ. ހަޔާތުގެ ކުރީކޮޅުގައި ސިފައިންގެ މީހަކަށް ވާން ބެނުން މިމީހާ 1521 ގައި ފަޔަށް ލިބުނުގެއްލުމެއްގެ ސަބަބުން އޭނާ ކުރަމުން އައި އުންމީދުތަށް ވެއްޔާ މޮޑެވުނެވެ. އެހެންކަމުން ފައި ރަނގަޅުވުމާ ދޭތެރޭ މީނާ އަށް ލިބުނު ދުވަސްތަކުގެ ބޭނުން ކޮށްގެން، ލޮޔޯލާގެ " ކާސަލް" ގައި މީނާ ވަނީ ދީނީ ވަރަށްގިނަ ފޮތްތަށް ކިޔައިދަސްކޮށް ފައެވެ. އެގޮތުން މިދުވަސްތަކުގެ ބޭނުން ކޮށްގެން އިލްމު އުނގެނި، އަޅުކަންކޮށް ރޯދަވެސް ހިފާފައި ވެއެވެ. ދިނީ ގޮތުން މީނާއަށް ލިބުނު މައުލޫމާތުތަކުގެ ސަބަބުން މީނާގަސްތުކުރީ ކަނޑި ހަނގުރާމަ ދޫކޮށް އީސާގެ ފާނުގެ ހައްގުގައި މަސައްކަތް ކުރާ މީހަކަށް ވުމަށެވެ. މީނާގެ ދިރިއުޅުން އިސާގެފާނަށްޓަކައި ޚާލިސްކުރުމަށް މީލާދީން 1522 އިން 1534އަށް އެކި ޗާރޗްތަކުގައާއި ސްކޫލްތަކުގައި ކިޔެވުމަށް ހޭދަކުރިއެވެ.  އަދި ކިޔެވުމުގެ ފަހުކޮޅު އިތުރު ހަ އެކުވެރިންނާއެކު ގަސްތުކުރީ މި މީހުންގެ އަޤީދާ ފެތުރުމަށްޓަކައި މިޝަނަރީއާގެން ޖަރުސަލެމްއަށް ދަތުރު ކުރުމަށެވެ. ނަމަވެސް އޭރު ތުރުކީއާ ވެންސިޔާ ދެމެދު ކުރެވުނު ހަނގުރާމައިގެ ސަބަބުން މީނާ އަށް ޖަރުސަލެމް އަށް ވަދެވޭގޮތެއް ނުވިއެވެ. ލޮޔޯލާ ވަނީ އޭނަގެ ޕްލޭން ޕޯޕް ޕޯލް 3 އަށް އަރުވާފައެވެ. ނަތީޖާ އެއްގެ ގޮތުން ޕޯޕް މިކަމާ ހިންހަމަޖެހި އޭނަޔަށް ގިނަ އަދަދަކަށް ފައިސާދީ އަދި މުޅި އުމުރު ދުވަހަށް އޭނާ ޖެނެރަލަކަށް ވެސް ހަދައި ދިނެވެ.

ޖެޒުއިޓްސް ގެ ތާރީޙް

އޭރު އިސްލާދީނަކީ މެޑިޓެރޭނިއަން ސަރަހައްދުން އެންމެ ބާރަށް ފެތުރިގެން ދިޔަ ދީނެއް ކަމުގައި ވަނީ ވެފައެވެ. އެހެން ކަމުން އެންމެ ފުރަތަމަ މިމީހުން ގަސްތުކުރީ މުސްލިމުންގެ އަޤީދާ ބަދަލު ކުރުމަށެވެ. ނަމަވެސް އޭގެ  ފަހުން މިބައިމީހުންގެ އަމާޒު ހުއްޓިގެންދިޔައީ " ޕްރޮޓެސްޓަންޓިސަމް" (ޗާޗުން ގަބޫލުކުރާ އަޤީދާ) ފެތުރުމަށެވެ. ޖެޒުއިޓްގެ މި ހަރުކަށި ގަބޫލުކުރުން ތަކާއި މިލިޓަރީ ޓްރައިނިންގ ގެ ސަބަބުން މުޅި ޔޫރަޕަށް މިމީހުންގެ ބިރުވެރިކަން ފެތުރުނެވެ. އަދި މިމީހުންގެ ލަޝްކަރުތަކުން ވަނީ ރޯމަން ކެތޮލިކް ޗާރޗްތަކުގެ ބޮޑުބަޔެއް މިމީހުންގެ ބާރުގެ ދަށައްގެނެސްފައެވެ. ތައުލީމީ ނިޒާމުގެ ތެރެއިންނާއި މިލިޓަރީ ބާރުގެ ބޭނުންކޮށްގެން މިހަރުކަށި އަޤީދާ ފެތުރުމުގެ ނަތީޖާ އަކަށްވެގެން ދިޔައީ 1556 ގައި ލޮޔޯލާ މަރުވިރު މި އަޤީދާވަނީ ޖަޕާން، ބްރެޒިލް، އިތިއޯޕިއާ، އަދި ޔޫރަޕުގެ ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައެވެ.

ޖެޒުއިޓްސްގެ ހަރަކާތްތަށް އަދުގެ ދުނިޔޭގައި

ކުރީގައި މިލިޓަރީބާރުގެ ބޭނުންކޮށްގެން ޖެޒުއިޓްގެ އަޤީދާ ފަތުރަމުން ދިޔަ ނަމަވެސް މިހާރު އެބައިމީހުންގެ އަމާޒަކީ ތައުލީމީ ދާއިރާގެ ތެރެއިންލާފައި މިބައިމީހުންގެގެ މިޝަނަރީގެ ހަރަކާތްތަށް ފެތުރުމަށެވެ. މިބައިމީހުންގެ އަޤީދާތަށް ގުޅިފައިވަނީ ރޯމަން ކެތޮލިކް ޗާރޗް ތަކުގެ ތާރީޙާ އެވެ. އެގޮތުން ހައްދުފަހަނަ އަޅާފައިވަ ގަބޫލުކުރުންތަށް އަދިވެސް މިބައިމީހުންގެ ތެރޭގައި ވަނީ ހަރުލާފައެވެ. އެގޮތުން މީހުންނާ ވަކިވެގަނެގެން އުޅުމާއި، އެކަނިވެރިކަން ތަހަންމަލް ކުރުންފަދަ ބާތިލް ކަންތައްތަށް ހިމެނެއެވެ. އާންމު ކުރިސްޓިއަނުންނާއި، ކެތޮލިކްގެ ތަފާތަކީ، ކުރިސްޓިއަނުން ގަބޫލުކުރާގޮތުގައި ސުވަރުގެ ވަދެވޭނީ އީސާގެ ފާނު ދަސްކޮށްދެއްވި ކަމަށް އެމީހުންގަބޫލު ކުރާ ކަންތައްތައް ކޮށްގެންނެވެ. އެހެން ނަމަވެސް ކެތޮލިކް މީހުންގެ އަޤީދާއަކީ ކޮންމެ ކަމެއް ކުރަން ޖެހުނަސް އެބައި މީހުން ސުވަރުގެ ވަނުމެވެ. (ޓިމޮތީ2 5:3 ކިންގް ޖޭމްސް ވަރޝަން)

ގުޅުންހުރި

1 ޚިޔާލު

  1. ކީއްކުރަން ލިޔުނު ލިޔުމެއް މީ. އަމުދުން ރޯދަމަހު އެންމެން އިސްލާމީ ޢަޤީދާ އިތުރަށް ހަރުދަނާ ކުރެވޭތޯ ބަލަމުން އަންނަ މިފަދަ ދުވަސްވަރެއްގައި ކޮންމެހެން ކްރިސްޗިއަނިޓީ އިތުރަށް ހަރުދަނާ ކުރަން މަސައްކަތް ނުކުރިއްޔާ ރަގަޅުވާނެ.

    ތިހާވަރަށް ކަންތަށްތައްތަށް ހޯދާ ބަލައިގެން މަޢުލޫމާތު ގެނެސްދޭ ހިތްވަންޏާ ނިކަން ” އަލް އަހުލިއްޔަެ.ތު ” މި މަޢުޟޫޢަށް ނިކަން ރަގަޅު އާޓިކަލް އެއް ލިޔެލަބަލަ. މާތާހިރުވެފަ ދަރިިިވަރުންނަށް ބޭނުން ހިފޭނ

Your email address will not be published. Required fields are marked *

More in ރިޕޯޓް