ރާއްޖޭގެ ޚަބަރު ހުޅުމީދޫގައި ލޯ ފެކަލްޓީއެއް ހުޅުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމީދޫގައި ލޯ ފެކަލްޓީއެއް ހުޅުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމީދޫގައި ލޯ ފެކަލްޓީއެއް ހުޅުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޑޫސިޓީގެ ހުޅުމީދޫގައި ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ކޯސްތައް ކުރިއަށް ގެންދިއުމަށް ވިލާކޮލެޖާއި އެއިންސްޓިޓިއުޓާ ދެމެދު ޖޮއިންޓް-ވެންޗަރ އެގްރިމެންޓްއެއްގައި ސޮއިކޮށްފި އެވެ.

ޖޮއިންޓް-ވެންޗަރ އެގްރިމެންޓް ގައި ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. އަދި މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް އަލްއުސްތާޛު ހުސްނުއްސޫއޫދު އެވެ.

މިއަދު ވިލާކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް ލޯ އިންސްޓިޓިއުޓުގެ ރައީސް އަލްއުސްތާޛު ހުސްނުއްސޫއޫދު ވިދާޅުވީ، އެ އިންސްޓިޓިއުޓްގެ ފަރާތުން ލޯ ފެކަލްޓީއަށް ބޭނުންވާ ލެކްޗަރަރއިން ހޯދައިދިނުމާއި ފެކަލްޓީގެ މުޤައްރަރު ކަނޑައަޅާނެ ކަމަށާއި އަދި ފެކަލްޓީގެ މުޤައްރަރު ތައްޔާރު ކުރެވިފައިވަނީ ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ މުޤައްރަރު ތައްޔާރުކުރުމުގައި އިސްރޯލެއް އަދާކުރެއްވި ބައެއް ބޭފުޅުން ކަމަށެވެ.

ފައުންޑޭޝަނުން ފެށިގެން އެލްއެލްބީ ފެންވަރަށް ކިޔަވާދޭ މި ފެކަލްޓީގެ ފަރާތުން ރާއްޖޭގައި ހިންގާ ކޯސްތަކަށްވުރެ ފެންވަރު ރަނގަޅުގެ ކޯސްތައް ކުރިއަށް ގެންދެވޭނެ ކަމަށް ހުސްނުއްސޫއޫދު ވިދާޅުވި އެވެ. އަދި މި ފެކަލްޓީ އަކީ ބައިނަލްއަގްވާމީ ފެންވަރަށް ކިޔަވައިދޭ ފެކަލްޓީއަކަށް މުސްތަޤުބަލްގައި ހަދަން މަސައްކަތްކުރައްވާ ކަމަށާއި އެގޮތުން މިހާރުވެސް ބޭރުގެ ބައެއް ޔުނިވާސިޓީތަކާ ވާހަކަ ދައްކަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުން ފެށިގެން އެ ފެކަލްޓީން ދޫކުރާނީ ލަންޑަންގެ އިންޓަނޭޝަނަލް ޔުނިވާސިޓީއެއްގެ ސެޓްފިކެޓް ކަމަށްވެސް ހުސްނުއްސޫއޫދު ވިދާޅުވި އެވެ.

ހުސްނުއްސޫއޫދު އިތުރަށް ވިދާޅުވީ މިކަމުގައި މޯލްޑިވްސް ލޯ އިންސްޓިޓިއުޓާ ބައިވެރިވެލެއްވި ކަމަށްޓަކައި ވިލާ ކޮލެޖަށް ޝުކުރު ދަންނަވާ ކަމަށެވެ.

މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ކޯސްތައް ހިންގަން ހަމަޖެހިފައިވަނީ، އެސްޓީއޯއިން ހުޅުމީދޫގައި އަލަށް އިމާރާތްކުރި 4 ބުރީގެ އިމާރާތުގަ އެވެ.

ފޮޓޯ: އައްޑޫ ސިޓީގެ ހުޅުމީދޫގައި ލޯ ފެކަލްޓީއެއް ހުޅުވުމަށް އެއްބަސްވުމުގައި ސޮއި ކުރުން

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.