ރާއްޖޭގެ ޚަބަރު އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު ބާއްވައިފި

އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު ބާއްވައިފި

އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“ދިވެހިން ބޭނުންވަނީ އިސްލާމީ ޝަރީއަތް” މިނަމުގައި ދިވެހި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށް ގެންދާ ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު ބާއްވައިފިއެވެ.

މިއަދު ހަވީރު 4:15 ގައި ޒުވާނުންގެ މަރުކަޒު ކުރިމަތިން ފަށާ، މަޖީދީ މަގުން އިރަށް ގޮސް ހެދިގޮނޑުދޮށާއި ހަމައިން ނިމޭގޮތަށް ބޭއްވި މިހިނގާލުމުގައި ވަނީ ކުރީފަހަރެކޭ ވެސް އެއްގޮތަށް ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން އިސްލާމީ ޝަރީޢަތާއި ބެހޭގޮތުން ދެއްވާފައިވާ އޯޑިއޯ ކްލިޕްތަކެއް އިއްވާފައެވެ. އަދި މީގެ އިތުރުން ލައުޑް މެދުވެރިކޮށް "ތަކުބީރު" ގޮވައި "އިސްލާމީ ޝަރީއަތް ޤާއިމްކުރުމަށް"ވެސް ވަނީ ގޮވާލާފައެވެ.

ސިޔާސީ އެއްވެސް ޕާރޓީއެއް އަދި އެއްވެސް ޖަމްޢިއްޔާ ޖަމާޢަތަކަށް ނިސްބަތްވާނުވާ ގޮތަށް ބޭއްވި މި މިހިނގާލުމަކީ އިސްލާމީ ޝަރީޢަތާއި މެދު ދިވެހި ފަރުދުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.

ފޮޓޯ: އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ ބޭއްވި ސުލްޙަވެރި ހިނގާލުމުގެ ދެވަނަ ބުރު

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.