ރާއްޖޭގެ ޚަބަރު ކޯލިޝަނަކާ ނުލައި ވެރިކަމެއް ނުލިބޭނެ: އިލްހާމް

ކޯލިޝަނަކާ ނުލައި ވެރިކަމެއް ނުލިބޭނެ: އިލްހާމް

ކޯލިޝަނަކާ ނުލައި ވެރިކަމެއް ނުލިބޭނެ: އިލްހާމް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކޯލިޝަނަކާ ނުލައި ވެރިކަމެއް ނުލިބޭނެކަމަށް ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަން ދޫކުރައްވައި ޖުމްހޫރީ ޕާޓީއާ މިރޭ ގުޅިވަޑައިގެންނެވި ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

އާޓިފިޝަލް ބީޗްގައި މިރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ، ގާސިމަކީ ޓެސްޓްކޮށް ނަތީޖާ %100 ހޯއްދަވާފައިވާ ބޭފުޅެއް ކަމަށާއި ރިޔާސީ އިންތިހާބުގައި ކޯލިޝަނެއް ނުހަދައި ވެރިކަން ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އަދި ކޯލިޝަން ހެދުމަށް ވެސް އެންމެ ފަސޭހަ ވާނީ ގާސިމާ އެކު ކަމަށް އިލްހާމް ވިދާޅުވި އެވެ.

އިލްހާމް ވިދާޅުވީ ސެޕްޓެމްބަރު މަހުގައި ރިޔާސީ އިންތިހާބު ބާއްވާއިރު، ތިމާގެ ވޯޓަކީ "ސަމާސާ"އެއް ނޫން ކަމަށާއި މިފަހަރު އެންމެ މުހިންމު ކަމެއް ދޭންވީ ރާއްޖެތެރޭގެ މީހެއް ވެރިކަމަށް ގެނައުން ކަމަށެވެ. އަދި ގަނޑުވަރުތެރޭގައި އުޅުއްވި ބޭފުޅުންނާއި މަތީ މަގާމާއި އިއްޒަތުގައި އުޅުއްވި ބޭފުޅުންނަށް ތިމާގެ އިހުސާސްތަކެއް ނޭނގޭނެކަމަށާއި "ރިއަލިޓީ"އަކީ އެއީކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

"ތިމާގެ އަތޮޅު ތަރައްޤީއަށް ކަމެއް ކުރެވޭނީ އަދި ތިމާގެ އަތޮޅު ފެންވަރުގަ ކަމެއް ކުރެވޭނީ، ރައްޔިތުމީހާގެ އިހްސާސްތައް ދަންނާނީ ތިމާގެ ހާލު އެންމެ ރަނގަޅަށް ދަންނާނީ އަތޮޅު ރައްޔިތުމީހާ" ޕީޕީއެމްގެ ޑެޕިއުޓީ ލީޑަރުކަންދޫކުރެއްވި އިލްހާމް އަހްމަދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިޝާރާތް ކުރައްވާ ވިދާޅުވިއެވެ.
އޭނާގެ ވާހަަކައިގައި ޕާޓީ އާއި އަމިއްލަ މަގާމަކަށް ވުރެ ގައުމާއި އިސްލާމްދީން މުހިންމު ވާނެ ކަމަށާއި "މުހިންމު ވާނީ ނިކަމެތިންނަށް ކަންކަމުން މިންޖުކުރެވޭނެ ފޯމިއުލާއެއް" ކަމަށް ވިދާޅުވިއެވެ. އަދި އެ ފޯމިއުލާއަކީ ޖޭޕީ ކަމަށް ވެސް އިލްހާމް ވިދާޅުވި އެވެ.

ގާސިމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ ރިޔާސީ ކެނޑިޑޭޓުންގެ ތެރެއިން "މިވަގުތު" ރާއްޖޭގެ ގިނަ ބަޔަކު އެންމެ ލޯބިވާ ބޭފުޅަކީ ގާސިމް އިބްރާހީމް ކަމަށާއި ގާސިމަކީ ރައްޔިތުންގެ އިހްސާސްތައް ދަންނަ، ރާއްޖެތެރޭގެ ބޭފުޅެއް ކަމަށާއި މިފަހަރު އިންތިހާބުގައި ރާއްޖެތެރޭގެ މީހަކު ހޮވުން ވަރަށް މުހިންމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ލިބިދާނެ ފައިދާއަކަށް ނޫން ކަމަށާއި، "ހިތާއި ނަފުސުން" ކަމަށާއި "ބޭނުންވެގެން ސޮއިކުރި ޕާޓީއަކީ ޖުމްހޫރީ ޕާޓީ" ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ޕާޓީގެ ޕޯޑިއަމް ބަދަލުކުރައްވާނީ ގާސިމާ އެކުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ކުރީގެ ރައީސް މައުމޫނުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން ވަޒީރުކަން ކުރެއްވި އަބުދުﷲ ކަމާލުއްދީންއާއި އިލްހާމްގެ އަނބިކަނބަލުނާއި، މަޝްހޫރު ބައެއް ވިޔަފާރިވެރިންނާއި، ބައެއް ކައުންސިލަރުންނާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޑިރެކްޓަރުންވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. އަދި އެކި ރަށްރަށުން ޖޫމްހޫރީ ޕާޓީއާއި ގުޅިފައިވާ ފަރާތްތަކުގެ މެމްބަރޝިޕް ފޯމްތައް ޖުމްހޫރީ ޕާޓީގެ ލީޑަރާއި މިރޭ ވަނީ ޙަވާލުކުރައްވާފައެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.