އެތައް އަހަރެއްފަހުން އިންޑިއާ އާއި ގެމްބިއާ ފަދަ ގައުމުތަކުގައި މަރުގެ އަދަބު ދީފައިވާކަމަށް އެމްނެސްޓީ ގެ ރިޕޯޓްގައި ހާމަކޮށްފިއެވެ.
އެމްނެސްޓީ އިންޓަނޭޝަނަލް މިހަފްތާގައި ނެރެފައިވާ ރިޕޯޓްގައި "އެތައް އަހަރެއް ވުމަށް ފަހުން އިންޑިއާ އާއި ޖަޕާނާއި ޕާކިސްތާން އަދި ގެމްބިއާ ފަދަ ގައުމުތަކުން މިދިއަ އަހަރު އަލުން މަރުގެ އަދަބު ތަންފީޒު ކުރަން ފަށާފައިވާކަމަށާއި ބައެއް ގައުމުތަކުން އެކަން ފެށި ނަމަވެސް، މުޅި ދުނިޔެ އަށް ބަލާ އިރު މަރުގެ އަދަބު ދިނުން ވަރަށް ބޮޑަށް ދަށްވެފައިވާ"ކަމަށެވެ. އެހެންނަމަވެސް އިރާގުގައި ކަންބޮޑުވާން ޖެހޭ މިންވަރަށް މަރުގެ އަދަބު ތަންފީޒުކުރުން މައްޗަށް ގޮސްފައިވާ ކަމަށެވެ.
މިރިޕޯޓްގައި ވަނީ 2011 އެކޭ އެއްގޮތަށް 2012 ވަނަ އަހަރު ވެސް 21 ގައުމެއްގައި މަރުގެ އަދަބު ތަންފީޒުކުރި ކަމަށާއި މިދިއަ އަހަރު ދުނިޔޭގެ އެކި ހިސާބުގައި 682 މީހަކަށް މަރުގެ އަދަބު ދީފައިވާކަމަށެވެ. މިއަދަދުގައި ޗައިނާ ހިމާނަފައެއް ނުވެއެވެ. އެ ގައުމުގައި އަހަރަކު އެތައް ހާސް ބަޔަކަށް މަރުގެ އަދަބު ދޭ ކަމަށް ބެލެވޭއިރު އެކަން ކުރަނީ ވަރަށް ސިއްރުންކަމަށް ވާއިރު ރަސްމީ ރެކޯޑެއް އެނގިފައިނުވާކަމަށް އެމެނެސްޓީގެ ރިޕޯޓުގައި ބުނެފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...