ޙައްޖަށް ގެންދިއުމަށް ހުއްދަ ދިން ކުންފުނިތަކުގެ ތެރޭގައި މަޝްހޫރު ބައެއް ޖަމާއަތްތަށް ނުހިމެނެއެވެ.
އިސްލާމިކް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްކޮންފަރެންސް ގައި ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކޮށްފައިވާއިރު ޒަމާންތަކެއްވަންދެން ދިވެހިން ހައްޖަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އައި ފަރާތްތަށް ވަނީ ބާކީ ވެފައެވެ. އޭގެތެރޭގައި މަނާސިކް، ސޮފާ، އެސްބީޓީ، އަސްކޮއި އަދި ކްލެސިކްސް ހިމެނެއެވެ.
ދިއިސްލާމްއަށް ޚަބަރު ލިބިފައިވާ ގޮތުގައި ޙައްޖަށް މީހުން ގެންދިއުމަށް 17 ފަރާތަކުން ކުރިމަތިލާފައިވާއިރު 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަ ދިފައިވާއިރު ހުއްދަ ނުލިބުނު ބައެއް ޖަމާއަތްތަކުން ދަނީ އެކަމަށް ޝަކުވާ ކުރަމުންނެވެ.
ޙައްޖަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނި ތަކަކީ ތަކަކީ މިނާ ޙައްޖު ޢުމްރާ، ޔޫއެސް އިންވެސްޓްމެންޓް، ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ، ޙަމަލަތުލް އިޚްލާސުލް ލިލް ޙައްޖު ގްރޫޕް، އެކްރޯ، އަލްބަޓްރޯސް އިންޓަނޭޝަނަލް، އަތަމާ ޙައްޖު ގްރޫޕް އަދި ޒަޢީ ގްރޫޕް އަށެވެ.
ޙައްޖަށް މީހުން ގެންދިއުމަށް 8 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީއިން ހުއްދަދިން އިރު، އެކަމަށް ސައުގުވެރިވެ 17 ކުންފުންޏަކުން ކުރިމަތިލާފައި ވެއެވެ.
ގުޅުންހުރި ޚަބަރު: ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކޮށްފ
ފޮޓޯ: ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދިން ކުންފުނިތައް އާންމުކުރުން
ކޮމެންޓް (0)
ލޯޑް ކުރަމުން...