'ވިކިލީކްސް'ގެ ނުރައްކާ، ކުރީ ސަރުކާރުގެ އިސްވެރިންނަށް ލިބެމުންދާ ކަމީ ފެންނަމުންދާ މަންޒަރުތަކުން އެންމެންނަށް ޔަގީން ވާ ކަމެކެވެ. ގިނަފަހަރަށް ސިޔާސީ ފަރާތްތައް އެއްބަޔަކު އަނެއް ބަޔެއްގެ ބޮލުގައި ތުހުމަތުތައް އަޅުވަމުން ދަނީ އެއްވެސް ގޮތަކަށް ޘާބިތު ހެކިތަކެއް ނެތިއެވެ. އެހެނަސް ދޭތެރެ ދޭތެރެއިން 'ވިކިލީކްސް' އިން ފަޅާ އަރުވާލާ ލިޔެކިޔުންތަކުގެ ސަބަބުން ސިޔާސީވެރިން ތިބެނީ ކަރުތާފެނުގައެވެ.
"ދިވެހިރާއްޖޭގެފޮރިން މިނިސްޓަރ ޑރ ޝަހީދުއާއި އެކު، އެމްބެސެޑަރ ބްލޭކް ބޭއްވެވި ބައްދަލުވުން" މި ނަމުގައި 30 ސެޕްޓެމްބަރ 2009 ގައި ޑޮކިއުމެންޓް ކުރެވިފައިވާ ވާހަކަތަކެއް "ވިކިލީކްސް" އިންވަނީ ލީކް ކޮށްލާފައެވެ. އެލިޔެކިޔުންތަކުގައި ހުރި މަޢުލޫމާތު ތައް ވަނީ، ކުރިން ކުރެވެމުން އައި ތުހުމަތުތައް އިތުރަށް ޔަގީން ކޮށްދީފައެވެ. ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޝަހީދުއާއި އެމްބެސެޑާރ ބްލޭކްގެ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައި ވަނީ އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޝަހީދު ނިއުޔޯކަށް ވަޑައިގެން އުޅުއްވި އިރު 2010 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ކަމަށް އޭގައި ވެއެވެ.
ދިވެހިރާއްޖެ އިން ޔަހޫދީ އިސްރާއީލާއި އެކު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައިވާ ވާހަކަ ކުރީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު އޭރު އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ އެމްބެސެޑަރުގެ ގޮތުގައި ހުރި ރޮބަޓް ބްލޭކަށް އެންގި ކަން ވިކިލީކްސް ގެ ލިޔުންތަކުން ހާމަވެފައިވެއެވެ. ވިކިލީކްސް އިން އިއްޔެ އާއްމުކުރި މި ލިއުމުގައި ބްލޭކް، ޑރ ޝަހީދާއި ހަވާލާދީ ބުނެފައި ވަނީ ރާއްޖެ އިން އިސްރާއީލް ގަބޫލުކުރާ ކަމަށާއި އިންޑިއާއާއި އެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި ގޮތުން އޭރު ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ދެއްވި ތަގުރީރެއްގައި އިސްރާއީލާ އެކު ގުޅުން އާކުރުމަށް ވައުދުވެވަޑައިގެންފައި ވާ ވާހަކަ ވިދާޅު ވިކަމަށް ޑރ ޝަހީދު ބުލޭކް އަށް އަންގާފައިވާ ކަމަށްވެސް މި ލިޔުން ތަކުގައި ވެއެވެ.
އިޒްރޭލާއި ދިވެހިރާއްޖެއާއި ދެމެދުގައި މިހާރު ވެސް ޓޫރިޒަމާއި ތައުލީމީ ދައިރާގެ އިތުރުން ސިއްޙީ ދާއިރާ އަށް އެހީތެރިކަން ހޯދުމަށް ވެސް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާ ކަމަށް ޑރ. ޝަހީދު ވިދާޅުވި ކަމަށް ވިކިލީކްސް އިން އާއްމުކުރި މި ލިއުމުގައިވެ އެވެ.
'ހައްދުފަހަނަ އަޅާ ދިއުމުގެ' ބިރުވެރިކަމާއި ކަންބޮޑުވުން ވެސް އެބަ އޮތް ކަމަށާއި ރާއްޖެއަކީ ޑިމޮކްރެޓިކް ކޮށް އިންތިހާބުވެފައިވާ ސަރުކާރެއް އޮތް މެދުމިނުގެ ސުންނީ މުސްލިމް ގައުމެއް ކަމަށް (ޝަހީދުގެ ވާހަކަ ތަކުގައި އާއްމުކޮށް ހުންނަފަދައިން) ޝަހީދު ބުނި ކަމަށް ވެސް ލިޔުންތަކުގައިވެއެވެ. އަދި އިސްރާއީލާ އެކު މައުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމެއް ހޯދި ކަމަށްވެސް ލިޔުންތަކުން އެނގެއެވެ. އަދި ސަލާމަތީ ކަންކަމުގައި އިންޑިއާއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. ޝަހީދު ވިދާޅުވި ކަމަށް ވިކިލީކްސްގެ ލިޔުންތަކުން ހާމަވެއެވެ. އަދި އިޒްރޭލް ޖާސޫސީ އިދާރާ، މޮސާޑްގެ އެހީތެރިކަން ހޯދުމަށާއި ޖާސޫސީ ގޮތުން ގުޅުން ބަދަހިކުރުމަށް، ކުރީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެދިވަޑައިގެންފައިވާ ކަން ވިކިލީކްސް އިން އާންމުކުރި އެމެރިކާގެ ސިއްރު ލިޔުންތަކުން ހާމަވެފައިވެއެވެ.
މީގެ އިތުރުން ލިޔުމުގައި ވަނީ އޭރު ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު ހިންގެވުމާ ހަވާލުވެ ހުރި ސްޓޭޓް މިނިސްޓަރު ފޯ ހައުސިން ( އަދި 3 ނޮވެމްބަރ 1988ގައި ރާއްޖެއަށް ދިން ޢުދުވާނީ ބައިވެރިވިކަމަށް ޘާބިތުވެފައިވާ) އަބްދުﷲ ޝާހިދުއިޒްރޭލަށް ދަތުރެއް ކޮށްފައިވާކަމަށާއި ޝާހިދުގެ ދަތުރާއި އިޒްރޭލްގެ އެމްބެސެޑަރު ރާއްޖެ އަށް ކުރި ދަތުރުގެ ވާހަކަ މީޑިއާ އަށް އާއްމު ނުކުރުމަށް ޝާހިދު އެދިފައިވާކަމަށެވެ.
ކުރީގެ ސަރުކާރުގެ އިސްވެރިން އިޒްރޭލާއި އެކު ބާއްވާފައިވާ ގާތް ގުޅުން ވިކިލީކްސްގެ ލިޔުންތަކުން ހާމަވެފައިވާއިރު ކުރީ ސަރުކާރުގެ އިސްބޭފުޅުން އެކަމަށް ބޭނުންވެ ވަޑައިގެންފައިވާ މިންވަރު މިލިޔުންތަކުން ހާމަވެއެވެ. އެގޮތުން ލިޔުމުގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލް، އިޒްރޭލާއި ރާއްޖެއާ ދެމެދު ގުޅުން ބަދަހިކުރައްވާނެ ކަމަށް އެއްބަސްވެވަޑައިގެންފައި ކަމަށާއި ޖަވާބެއްގެ ގޮތުގައި، އޭރުގެ ސަރުކާރުން ބޭނުންވި ގޮތަށް ރާއްޖެއަށް އިޒްރޭލުން އެހީތެރިވުމަށް ޝައުގުވެރިވާ ކަން އެޤައުމުން ހާމަކޮށްފައިވާކަމަށް ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...