ޓެކްނޮލޮގީގެ ރޮނގުން ކުރިއެރުންތައް ހޯދަމުން އަންނަ މަޝްހޫރު ސެމްސަންގް ކުންފުނީގެ ގެލެކްސީގެ ނަމުން ނަން ދެވިފައިވާ ގެލެކްސީ އެސް4 މާރޗް 14 ގައި ބާޒާރަށް ނެރޭނެ ކަމަށް އިންޓަނޭޝަނަލް ބިޒްނަސް ޓައިމްސް (އައި.ބީ.ޓީ) އިން ބުނެފިއެވެ. ސައުތް ކޮރެއަން ޓެކް ޖައަންޓް އާއި ހަވާލާދީ އައި ބީ ޓީ އިން ހާމަ ކޮށްފައިވާ ގޮތުގައި މި ފޯނު ނެރުމުގެ ރަސްމިއްޔާތު އޮންނާނީ އެމެރިކާގެ ނިއު ޔޯކު ގައެވެ.
ގެލެކްސީ އެސް4 ގެ އެއްވެސް އޮފިޝަލް ފޮޓޮއެއްވެސް އަދި ނެރެފައިނުވާ މި ދަނޑިވަޅުގައި އެ ފޯނުގެ ފޮޓޯ ކަމަށް ބުނެ ތަފާތު ވައްތަރުގެ ފޮޓޯތައް އިންޓަރނެޓްގައި ދަނީ އާއްމު ވަމުންނެވެ.
ސެމްސަންގް ގެ މި ފޯނަށްޓައި ދުނިޔޭގެ އެތައް މިތަނުގައި އިންތިޒާރުގެ ވަގުތުތައް ގުނާލަ ގުނާލަ ތިބި އެތަށް ބައިވަރު ބަޔަކު ތިބިއިރު، މިއަހަރުގެ ފެބުރުއަރީ ގައި ބޭއްވި ގުލޯބަލް މޮބައިލް އެވޯޑްސްގެ އެމް.ޑަބްލިއު.ސީ ގެ 2012 ވަނަ އަހަރުގެ ދުނިޔޭގެ އެންމެމޮޅު ސްމާޓް ފޯނަކަށް ހޮވިފައިވަނީވެސް ސެމްސަންގ ގެ ގެލެކްސީ އެސް3 އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...