ޔޫރަޕު މިސްކިތެއްގެ އިމާމެއް ވަގަށްނެގުމުގެ ކުށުގައި އިޓަލީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖަލަށްލުމަށް ޙުކުމްކޮށްފި

މިސްކިތެއްގެ އިމާމެއް ވަގަށްނެގުމުގެ ކުށުގައި އިޓަލީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖަލަށްލުމަށް ޙުކުމްކޮށްފި

މިސްކިތެއްގެ އިމާމެއް ވަގަށްނެގުމުގެ ކުށުގައި އިޓަލީގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ޖަލަށްލުމަށް ޙުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް
ނިކޯލް ޕޮލާރޭ

ނިކޯލް ޕޮލާރޭ

މިސްކިތެއްގެ އިމާމެއް ވަގަށްނެގުމުގެ ކުށުގައި އިޓަލީގެ ކޯޓަކުން އެ ޤައުމުގެ ޖާސޫސީ އިދާރާގެ ކުރީގެ ވެރިޔާ ނިކޯލް ޕޮލާރޭ 10 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

ކޯޓުން ވަނީ ޕޮލާރޭގެ ނައިބު 9 އަހަރަށް އަދި އިތުރު 3 ޖާސޫސީ އޮފިސަރަކު 6 އަހަރަށް ޖަލަށްލުމަށް ޙުކުމްކޮށްފައެވެ.

މި ޙުކުމް އިއްވާފައި މިވަނީ މީގެ 10 އަހަރުކުރިން އެމެރިކާއިން ޓެރަރިޒަމްގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް، ޤާނޫނާއި ޚިލާފަށް އެ މީހުން އެއްޤައުމުން އަނެއްޤައުމަށް ބަދަލުކުރުމުގެ (ރެންޑިޝަން) ޕްރޮގްރާމްގެ ތެރެއިން އަބޫޢަމްރު ނަމަކަށް ކިޔާ މިސްކިތެއްގެ އިމާމަކު ވަގަށްނެގުމުގައި އެމީހުން ބައިވެރިވެފައި ވާތީއެވެ.

އަބޫޢަމްރުގެ ނަމުން މަޝްހޫރުވެފައިވާ އުސާމާ މުޞްޠަފާ ޙަސަން ވަގަށްނެގުނީ އެމެރިކާގެ ސިއައިއޭ އާއި އިޓަލީގެ މިލިޓަރީ އިންޓެލިޖެންސް އެޖެންސީން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިޓަލީގެ މިލާންގެ ގޯޅިގަނޑަކުންނެވެ. އެއަށްފަހު ވައިގެ މަގުން އޭނާ ގެންދެވުނީ މިޞްރަށެވެ. އެތާނގައި އޭނާއަށް ވަނީ ޖިސްމާނީގޮތުން ބޮޑެތި އަނިޔާތަކެއް ކުރެވިފައެވެ.

މިޞްރަށް ނިޞްބަތްވާ އަބޫޢަމްރު ވަގަށްނެގުނު އިރު އޭނާ ހުރީ އިޓަލީން ސިޔާސީ ޙިމާޔަތް ހޯދައިގެންނެވެ.

މި މައްސަލާގައި އިޓަލީގެ ކޯޓުން ވަނީ ސީއައިއޭ 26 އެޖެންޓެއްގެ މައްޗަށް ވެސް އެމީހުންގެ ޣައިރު ޙާޟިރުގައި ޙުކުމްކޮށްފައެވެ. މިއީ ސީއައިއޭގެ އެޖެންޓުންތަކެއްގެ މައްޗަށް ކުށް ސާބިތުވެގެން އެމީހުންގެ މައްޗަށް ޙުކުމް އިއްވުނު ފުރަތަމަ ފަހަރެވެ.

ޕޮލާރޭގެ ވަކީލު ވަނީ ކޯޓުގެ ޙުކުމް އިސްތިޢުނާފު ކުރާނެކަމަށް ބުނެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.