ޞިއްޙަތު

ލޭހަދިޔާކުރުން: ބައެއް ސުވާލުތަކާއި އޭގެ ޖަވާބު!

ލޭހަދިޔާކުރާ ފަރާތާއި ކުރެވޭ ސުވާލުތައް

ސ: ތިރީގައި ދެންނެވިފައިވާ އެއްވެސް ބައްޔެއްގެ އަސަރު ހުރޭތޯ ނުވަތަ ބޭސްބޭނުންކުރައްވަންތޯ؟

· ހަކުރު ބަލި : ހަކުރު ބަލި ޖެހިފައިވާ މީހުން ކެއުމުގައި ބަލައިގެން އުޅެގެން ނުވަތަ ބޭސް ބޭނުންކޮށްގެން ވިޔަސް ހަކުރު ކޮންޓްރޯލްކުރެވިފައިވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ނަމަވެސް ހަކުރު ބަލީގައި ދިގުލައި ދިއުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ ތެރެއިން ކަމެއް (ގުރުދާފޭލްވުން، ފައިހަލާކުވުން، ލޯހަލާކުވުން، ނާރުތައް ހަލާކުވުން) ކުރިމަތިވެފައިވާނަމަ އެމީހަކު ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ލޭހަދިޔާކުރަންވާނީ އެންމެ ފަހުން ބޭސް ބޭނުންކުރިތާ 24 ގަޑިއިރު ފަހުންނެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ހަކުރު ބަލީގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.
· ލޭމައްޗަށްދިއުން : ލޭމައްޗަށްދިއުން ހުންނަ މީހުން ބޭސް ބޭނުންކުރި ނަމަވެސް، އަދި ބޭސް ބޭނުންނުކޮށް ނަމަވެސް، ލޭ ކަނޑައެޅިފައިވާ ވަކި މިންގަނޑެއްގެ ތެރޭގައި ކޮންޓްރޯލް ކުރެވިފައި ހުންނަނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ލޭހަދިޔާކުރަންވާނީ އެންމެ ފަހުން ބޭސް ބޭނުންކުރިތާ 24 ގަޑިއިރު ފަހުންނެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ލޭމައްޗަށްދާމީހުންގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.

· ހިތުގެ ބަލި : އާންމު ގޮތެއްގައި ހިތުގެ ބަލިތައް ހުންނަ މީހުން ( ހިތް ފޭލްވުން، ހިތުގެ ވިންދުޖެހުން ތަރުތީބުނުވުން، ހާޓް އެޓޭކްޖެހުން، ހިތުގެ ވޭލްތަކުގެ މައްސަލަ ޖެހުން ) ލޭހަދިޔާ ކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެއީ ލޭހަދިޔާ ކުރުމުގެ ސަބަބުން މިފަދަ މީހުންގެ ފުރާނަ އަށް ނުރައްކާވެދާނެތީ އެވެ. ހާޓް އެޓޭކް ޖެހުމަށްފަހު 6މަހާއި – އަހަރު ދުވަހުގެ މުއްދަތު ފާއިތުވެ، ބޭސް ބޭނުންނުކޮށް އަދި އިތުރު އުދަގުލެއްކުރިމަތި ނުވާނަމަ ލޭހަދިޔާ ކުރެވިދާނެ އެވެ. ހިތުގެ ކަމަކާއި ގުޅުންހުރި މޭގައި ރިހުން (އެންޖައިނާ) ކުރިމަތިވިނަމަ އޭގެ 6 މަސްފަހުން ލޭހަދިޔާ ކުރެވިދާނެ އެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ހިތުގެ ބަލީގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.

· ނޭވާހިއްލުން : ނޭވާހިއްލުމުގެ އުދަގޫތައް ކުރިމަތިވެ ގަވާޢިދުން ފަރުވާކުރާ މީހުންނަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ނަމަވެސް އުދަގޫތައް މެދުވެރިނުވާ މީހުންނަށް ލޭހަދިޔާ ކުރެވިދާނެ އެވެ. ދިވެހިރާއްޖޭގެ ލޭހަދިޔާ ކުރުމުގެ ސިޔާސަތު ކަނޑައަޅާފައި އޮންނަގޮތުން ނޭވާހިއްލާމީހުންގެ މީހުންގެ ހަށިގަނޑުން ލެޔެއް ނުނަގައެވެ.

ސ: އެއްވެސް އިރެއްގައި ރީނދޫ ހުންޖެހުނުތޯ؟ (ހެޕަޓައިޓިސް)

ޖ: އެއްވެސް އިރެއްގައި ހެޕަޓައިޓިސް ބީ ނުވަތަ ހެޕަޓައިޓިސް ސީ ޖެހިފައިވާނަމަ އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. އަދި މިއިން އެއްވެސް ބައްޔަކަށް ޕޮޒިޓިވް ކަމަށް ލޭގެ ޓެސްޓްތަކުން ދައްކައިފިނަމަ ވެސް އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ހަމަ މިގޮތަށް އުމުުރުން 11 އަހަރު ވުމަށްފަހު ވައިރަސް އިން ޖެހޭ ހެޕަޓައިޓިސްގެ ވައްތަރެއް ޖެހިފައިވާނަމަ ވެސް އެމީހަކަށް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. ސަބަބަކީ ވައިރަސް އިން ޖެހޭ ހެޕަޓައިޓިސްގެ ވައްތަރު ތަކަކީ ލޭގެ ޒަރީޢާއިން ވެސް ފެތުރޭ ބަލިތަކެކެވެ. ނަމަވެސް ވައިރަސް އަކުން ނޫން ގޮތަކަށް ( މިސާލަކަށް ބޭސް، ބަނގުރާ، ވިހަ މާއްދާތައް ) ހެޕަޓައިޓިސް ޖެހިފައިވިޔަސް އެމީހަކަށް ލޭހަދިޔާ ކުރެވިދާނެއެވެ.

ސ: ތިރީގައި ދެންނެވިފައިވާ އެއްވެސް ބައްޔެއްގެ އަސަރު ހުރޭތޯ ނުވަތަ ބޭސް ބޭނުންކުރައްވަންތޯ؟

· ވައިރަލް ހެޕަޓައިޓިސް (ހެޕަޓައިޓިސް އޭ، ބީ، ސީ، ސަބަބު ނޭގޭ) ޖެހިފައިވާނަމަ އެއްގޮތަކަށް ވެސް އެމީހަކު ލޭހަދިޔާކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
· އެއްވެސް އިރެއްގައި ލޭގެ ޓެސްޓަކުން ހެޕަޓައިޓިސް ބީ ސާރފޭސް އެންޓިޖެން އަށް ޕޮޒިޓިވް ވެފައިވާނަމަ އެއްގޮތަކަށް ވެސް އެމީހަކު ލޭހަދިޔާކުރުމަކީ ރަގަޅުކަމެއް ނޫނެވެ.
· ވައިރަލް ހެޕަޓައިޓިސް ޖެހިފައިވާ މީހަކާ އެއްގޭބިސީއެއްގައި އުޅުން ނުވަތަ އެފަދަ މީހަކާއެކު ޖިންސީ ގުޅުން ހިންގާފައިވާނަމަ (އެފަދަ ކަމެއް ހިންގި ދުވަހުން ފެށިގެން) 1 އަހަރު ދުވަހުގެ މުއްދަތަކަށް އެމީހަކު ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.

ސ: އެއްވެސް ކަހަލަ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވޭތޯ؟
ޖ: އާދައިގެ އޮޕަރޭޝަނެއް ކޮށްފައިވާނަމަ އެމީހަކަށް ލޭހަދިޔާކުރެވޭނީ އެއްކޮށް ރަގަޅުވުމުންނެވެ. އަދި އެމީހެއްގެ ޞިއްޙަތު ރަގަޅު ޙާލަތަކަށް ބަދަލުވެ، ދިރިއުޅުމުގެ ތަފާތު ކަންތައްތައް ކުރުމުގެ ގާބިލިއްޔަތު ލިބުމުންނެވެ. ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ މީހަކަށް ލޭހަދިޔާކުރެވޭނީ އެއްކޮށް ރަގަޅުވުމާއެކު، އޮޕަރޭޝަންކުރިތާ 1 އަހަރު ދުވަސް ފާއިތުވާ ފަހުންނެވެ. ސަބަބަކީ އޮޕަރޭޝަންކުރުމުގެ ތެރޭގައި އެމީހެއްގެ ގަޔަށް ލޭއަޅާފައިވާތީ އާއި، އަދި އެފަދަ އޮޕަރޭޝަނަކަށްފަހު ހަށިގަނޑު ކުރިންހުރި ޙާލަތަށް ފުރިހަމައަށް ރުޖޫޢަވުމަށް އަހަރެއްހާ ދުވަހުގެ މުއްދަތެއް ބޭނުންވާތީ އެވެ.

ސިކުނޑިއާއި ސްޕައިނަލް ކޯޑްގެ އޮޕަރޭޝަންތައް ކޮށްފައިވާ މީހުން ވެސް ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ހިތުގެ ބައިޕާސް ސާރޖަރީ ހަދާފައިވާ މީހުން 1 އަހަރު ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.

ހުންކޮށިނެގުން: ހުންކޮށި ނެގީ ޖިސްމާނީ އަނިޔާއަކުން ހުންކޮށް އަނިޔާލިބިގެންނަމަ، އެކަމުން ރަގަޅުވާތާ 6 މަސްފަހުން ލޭހަދިޔާކުރެވިދާނެ އެވެ. ނަމަވެސް ހުންކޮށި ނެގުމުގެ އޮޕަރޭޝަންގެ ތެރޭގައި ލޭއަޅާފައިވާނަމަ ލޭހަދިޔާކުރެވޭނީ 1 އަހަރު ފަހުންނެވެ. ހުންކޮށި ނެގީ ލިމްފޯމާ، ނުވަތަ އައިޓީޕީ ފަދަ ބައްޔަކަށް ފަރުވާ ކުރުމުގެ ގޮތުންނަމަ އެމީހަކަށް އެއްގޮތަކަށް ވެސް އޭގެ ފަހުން ލޭހަދިޔާއެއް ނުކުރެވޭނެ އެވެ.
ނޯޓް: ތަފާތު އޮޕަރޭޝަންތަކަށްފަހު ލޭހަދިޔާކުރެވިދާނެ މުއްދަތު ބިނާވެގެންވަނީ އޮޕަރޭޝަންގެ ވައްތަރާއި ރަގަޅުވުމަށް ހޭދަވި މުއްދަތެއްގެ މައްޗަށެވެ. އާންމު ގޮތެއްގައި އާދައިގެ އޮޕަރޭޝަނެއް ކުރުމަށްފަހު 3 މަސް ދުވަހު މަޑުކުރަންޖެހެއެވެ. އަދި ބޮޑު އޮޕަރޭޝަނެއް ކުރުމަށްފަހު 6 މަސް ދުވަހު މަޑުކުރަން ޖެހެއެވެ. ސަބަބަކީ އޮޕަރޭޝަންތަކަށްފަހު ހަށިގަނޑުން ބޭރުވެގެންދާ ލޭ އަނބުރާ ލިބުމަށް އެމުއްދަތު ހޭދަވާތީ އެވެ.

ސ: މިދުވަސްވަރު ހުން އާދޭތޯ؟
ޖ: ހުންއައުން ފަދަ ކަމެއް ކުރިމަތިވެފައިވާނަމަ ހުން ރަގަޅުވަންދެން ލޭހަދިޔާނުކޮށް މަޑުކޮށްލުން ރަގަޅެވެ. މިސާލަކަށް އަރިދަފުސް ރޯގާ ޖެހުމުގެ ސަބަބުން ހުންއައުން، ބޮލުގައި ރިހުން، ކެއްސުން، ކަރުތެރެ ހަލާކުވުން ފަދަ ކަމެއް ކުރިމަތިވެފައިވާނަމަ ވެސް އެކަންތައްތައް ރަގަޅުވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.
ޑެންގޫ ހުންޖެހި ރަގަޅުވުމަށްފަހު 4 ހަފްތާވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވާން ޖެހެއެވެ.

ސ: މިދުވަސްވަރު އެއްވެސް ކަހަލަ ބޭހެއް ބޭނުންކުރަންވަންތޯ؟
ޖ: ކޮންމެ ބޭހަކީ ވެސް އެބޭނުންކުރުމުން އޭގެ އަސަރު ލޭގައި ވަކި މުއްދަތަކަށް ދެމި ހުންނަ ބޭސްތަކެވެ. އެހެންކަމުން ލޭހަދިޔާކުރައްވަން އަންނައިރު ވަކި ކަހަލަ ބޭހެއް ބޭނުންކުރަމުންދާނަމަ އެކަން ބުނެދިނުން މުހިއްމެވެ.

ލޭހަދިޔާކުރާ މީހާ ބޭނުންކުރާ ގިނަ ބޭސްތަކުގެ ސަބަބުން ލޭއަޅާމީހާ އަކަށް ގެއްލުމެއް ނުވެއެވެ. ނަމަވެސް އަންނަނިވި 5 ބޭހަކީ އެބޭސްތައް ބޭނުންކުރަމުންދާ ދުވަސްވަރު ލޭހަދިޔާކޮށްފިނަމަ ލޭއަޅާ މީހާއަށް ލިބޭދަރިފުޅު ޢައިބުވުމުގެ ފުރުޞަތު އިތުރުކުރާ 5 ބޭސްކަން ވަނީ ފާހަގަ ކުރެވިފައެވެ.

· އެޓްރެނިޓޭޓް : މިއީ ސޮރައިސިސް އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. މިބޭސް ބޭނުންކުރުމަށްފަހު އެއްގޮތަކަށް ވެސް ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
· އެސިޓްރެޓިން : މިއީ ސޮރައިސިސް އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 3 އަހަރު ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
· އައިސޯޓްރެޓިނޮއިން : މިއީ އޮށާޅަ އަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
· ފިނެސްޓިރައިޑް :މިއީ ޕްރޮސްޓޭޓް ބޮޑުވާބަލި، އަދި އިސްތަށި ފޭބުމަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.

· ޑުޓެސްޓިރައިޑް :މިއީ ޕްރޮސްޓޭޓް ބޮޑުވާބައްޔަށް ފަރުވާކުރުމުގައި ބޭނުންކުރެވޭ ބޭހެކެވެ. އެންމެ ފަހުން ބޭސް ބޭނުންކުރިތާ 6 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
· ރަނުގެ ފަރުވާ: ރަނުގެ ފަރުވާ އެންމެ ފަހުން ލިބިގަތުމަށްފަހު 1 މަސްވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން އެދެވިގެން ވެއެވެ.
· އެސްޕިރިން : އެސްޕިރިން ބޭނުންކުރުމަށްފަހު 2 ދުވަހުގެ ތެރޭގައި ހުސްލޭ (ހޯލް ބްލަޑް) ހަދިޔާކުރެވިދާނެ އެވެ. ނަމަވެސް 2 ދުވަސް ނުވަނީސް އެފީރެސިސްގެ ޒަރީޢާއިން ހަމައެކަނި ޕްލޭޓްލެޓް އެމީހަކަށް ހަދިޔާއެއް ނުކުރެވޭނެ އެވެ.

· ވާރފެރިން: ވާރފެރިން ބޭނުންކުރުމަށްފަހު 7 ދުވަސް ނުވަނީސް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ. އެއީ އެމުއްދަތުގެ ތެރޭގައި އެކަށޭނަ ވަރަކަށް ލޭގަނޑުކުރާ މާއްދާތައް އުފައްދައި ނުދޭތީ އެވެ.
· އިންސިއުލިން: ހަކުރު ބަލީގެ މީހުން އިންސިއުލިން ޑޯޒްއަށް ބަދަލުގެންނަ ދުވަހުން ފެށިގެން 2 ހަފްތާ ނުވަތަ އިންސިއުލިން ބޭނުންކުރަން ފެށުމަށްފަހު 2 ހަފްތާ ނުވަނީސް ލޭހަދިޔާއެއް ނުކުރެވޭނެ އެވެ.
· އެންޓިބަޔޮޓިކް : އެންޓިބަޔޮޓިކް ބޭނުންކޮށް ނިމޭތާ 5 ދުވަސް ފަހުން ނޫނީ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ. އިންޖެކްޝަން ސިފައިގައި އެންޓިބަޔޮޓިކް ނަގާފައިވާނަމަ އޭގެ 10 ދުވަސް ފަހުން ނޫނީ ލޭހަދިޔާކުރުން އެދެވިގެން ނުވެއެވެ.

· އެންޓިފަންގަލް، އަދި އެންޓިވައިރަލް: އެންމެ ފަހުން މިފަދަ ބޭހެއް ބޭނުންކުރިތާ 2 ދުވަސް ނުވަނީސް ލޭހަދިޔާކުރުން ރަގަޅެއް ނޫނެވެ.

ސ: އެއްވެސް ކަހަލަ ފާރުގަނޑެއް ހަށިގަނޑުގެ އެއްވެސް ތަނެއްގައި ހުރިތޯ؟

ޖ: ހަށިގަނޑުގައި އެއްވެސް ކަހަލަ ފާރުގަނޑެއް ހުރުމަކީ އިންފެކްޝަން އެއް އަށަގެންފައިވާ ކަމުގެ އަލާމާތެކެވެ. އިންފެކްޝަން އެއް ހުރެއްޖެނަމަ ހަދިޔާކުރެވޭ ލޭގެ ޒަރީޢާއިން އެ އިންފެކްޝަން ލޭއަޅާމީހާގެ ހަށިގަނޑަށް ވާޞިލްވުމުގެ ފުރުޞަތު އޮންނާނެ އެވެ. އަދި ފާރުގަނޑެއް ހުރެއްޖެނަމަ އެފާރުގަނޑަށް އިންޖެކްޝަން ކަށިހެރި ނުވަތަ ޖެހުމުގެ ސަބަބުން ލޭގެ ތެރެއަށް ކަށީގައި ހޭކިގެން ޖަރާސީމް ވާޞިލްވުމުގެ ފުރުޞަތު އޮންނާނެ އެވެ.

ސ: އެއްވެސް އިރެއްގައި ލޭއަޅަންޖެހުނުތޯ؟
ޖ: ލޭހަދިޔާކުރާ މީހާ އަކީ އެއްވެސް އިރެއްގައި ލޭއަޅާފައިވާ މީހެއްނަމަ، 6މަހާއި 1 އަހަރު ދުވަހުގެ މުއްދަތެއް ވަންދެން ލޭހަދިޔާކުރުމާއި ދުރުހެލިވުން މުހިއްމެވެ. އަދި އެއްވެސް އިރެއްގައި ލޭއަޅާފައިވާނަމަ އެމީހަކީ ލޭމަދުވުން ކުރިމަތިވެފައިވާ މީހަކަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ލޭމަދުވުން ކުރިމަތިވެފައިވާ މީހަކު ލޭހަދިޔާކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. އަދި ލޭހަދިޔާކުރަންދާއިރު ލޭމަދުވުމުގެ އެއްވެސް އުދަގުލެއްވާނަމަ ވެސް ލޭހަދިޔާކުރުން އެދެވިގެނެއް ނުވެއެވެ. ސަބަބަކީ ލޭހަދިޔާ ކުރުމުގެ ސަބަބުން އެމީހެއްގެ ހަށިގަނޑުގައި ލޭއިތުރަށް ދަށްވެ، ބޯއަނބުރައި، ހޭނެތުން ފަދަ ކަމެއް މެދުވެރިވެދާނެތީ އެވެ. އެހެންކަމުން މިފަދަ މީހަކަށް ލޭހަދިޔާ ކުރެވޭނީ ލޭ ޓެސްޓްކޮށް ލޭގައި ހިމޯގްލޯބިން ހުރި މިންވަރު ބަލައި އެކަށޭނަ ވަރެއްގައި ހުރެއްޖެނަމަ އެވެ.

މަދުން ނަމަވެސް ލޭއަޅަންޖެހޭ ބައްޔެއް ކަމުގައިވާ ސިކްލް ސެލް ބަލި ޖެހިފައިވާނަމަ ލޭހަދިޔާ ކުރުން އެދެވިގެނެއް ނުވެއެވެ.

ސ: ވޭތުވެދިޔަ ގަޑިއެއް ނުވަތަ ބައިގަޑިއެއް ހާއިރުގެ ތެރޭގައި އެއްވެސް ކަހަލަ ފަރިއްކޮޅެއް ބޭނުންކުރެއްވިންތޯ؟
ޖ: ލޭހަދިޔާކުރަން އައުމުގެ ކުރިން އެދެވިގެންވަނީ ރަގަޅަށް ކައިގެން އައުމެވެ. ހައިބަޑާހުރެ ލޭހަދިޔާކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ހޫނު މާހައުލެއްގައި ދިރިއުޅޭނަމަ ނުވަތަ ހޫނު ދުވަސްވަރެއްނަމަ ލޭހަދިޔާކުރާ ދުވަހުގެ ކުރީދުވަހު ވީހާވެސް ގިނައިން ދިޔާތަކެތި ބުއިން މުހިއްމެވެ. އަދި ލޭހަދިޔާކުރުމުގެ 1 ގަޑިއިރު ކުރިން ރަގަޅަށް ކެއުމާއެކު، މަދުވެގެން 4 ތަށި ފެން ނުވަތަ ޖޫސް ބުއިމަކީ އެދެވިގެންވާ ކަމެކެވެ.
އެކަށޭނަ ވަރަކަށް ދިޔާތަކެތި ހަށިގަނޑަށް ލިބިފައިވާނަމަ، ލޭނާރުތައް ހޯދަން ފަސޭހަވެ، ލޭހިނގުމަށް ފަސޭހަވެއެވެ. ފެނާއި ޖޫސް ބުއިން އެދެވިގެންވާ ފަދައިން ކޯލާ، ކޮފީ، ސޮޑާ ފަދަ ކެފޭއިން އެކުލެވޭ ބުއިންތައް ލޭހަދިޔާކުރަން އައުމުގެ ކުރިން ބޭނުންކުރުން ރަގަޅެއް ނޫނެވެ.

ލޭހަދިޔާ ކުރެއްވުމުގެ ދެތިން ދުވަސްކުރިން ދަގަނޑު ގިނައިން އެކުލެވޭ ކާނާ ބޭނުންކުރުން މުހިއްމެވެ. އެގޮތުން ބޭނުންކުރެވިދާނެ ކާތަކެތީގެ ތެރޭގައި، ޕާން، ބަދަން، އޮށް، ތޮޅި، މުގު، އެއްގަމުމަސް، ކަނޑުމަސް، ބިސް، ޓޮމާޓޯ ޖޫސް، ޕްރޫން ޖޫސް، އާފަލް ޖޫސް، ފެހިކަން ގަދަ ފަތް ، ކަރާ، ދޮންކެޔޮ، ސްޓޯބެރީ، ކަދުރު، ހިކި މޭބިސް ކަދުރު، ވައްތީނި، ޕްރޫން، ހިއްކާފައިހުރި އެޕްރިކޮޓް، ފަދަ ބާވަތްތައް ބޭނުންކުރެވިދާނެ އެވެ. އަދި ހަމަމިހެން ސަރުބީ މަދު ކާނާ ބޭނުންކުރުން ވެސް މުހިއްމެވެ.

ސ: ރޭގައި މަދުވެގެން 6 ގަޑިއިރު އަވަހާރަ ލެއްޕެވިންތޯ؟
ޖ: ދުވާލަކު މަދުވެގެން 6 ގަޑިއިރު ނިދުމަކީ ފުރިހަމަ ޞިއްޙަތެއްގައި ހުރު%

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *