ޔޫރަޕު 13 އަހަރުގެ ކުއްޖާ އަކީ ޙަޤީޤީ ބައްޕަ ނޫން ކަމަށް ޑީއެންއޭ ޓެސްޓުތަކުން ސާބިތުވެއްޖެ!

13 އަހަރުގެ ކުއްޖާ އަކީ ޙަޤީޤީ ބައްޕަ ނޫން ކަމަށް ޑީއެންއޭ ޓެސްޓުތަކުން ސާބިތުވެއްޖެ!

13 އަހަރުގެ ކުއްޖާ އަކީ ޙަޤީޤީ ބައްޕަ ނޫން ކަމަށް ޑީއެންއޭ ޓެސްޓުތަކުން ސާބިތުވެއްޖެ!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

13-year-old-dad-Alfie-Pat-001

އުމުރުން އެންމެ ތޭރަ އަހަރުގައި ތުއްތު ކުއްޖެއްގެ ބައްޕައަކަށްވީ ކަމަށް ބެލެވުނު އިނގިރޭސި ވިލާތުގެ އެލްފީ ޕޭޓަނަކީ އެ ތުއްތު ކުއްޖާގެ ޙަޤީޤީ ބައްޕަ ނޫން ކަމަށް ޑީއެންއޭ ތަޙުލީލުތަކުން ދައްކައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހު އެލްފީ، އިނގިރޭސި ވިލާތުގެ ނޫހަކަށް މަޢުލޫމާތު ދިން ގޮތުގައި އޭނާގެ 15 އަހަރުގެ ލޯބިވެރިޔާ އިނީ އޭނާގެ ދަރިއަކަށް ބަލިވެއެވެ.

އެއަށްފަހު ހަމަ ފެބްރުއަރީ މަހު އެލްފީ އޭނާގެ އަލަށް އުފަންވީ ކުޑަދަރިފުޅު ކަމަށް ޤަބޫލު ކުރެވުން ކުއްޖާ އުރައިގެން ހުރި ފޮޓޯ ތަކެއް ވަނީ އިނގިރޭސިވިލާތުގެ ސަން ގައި ޝާއިޢު ކުރެވިފައެވެ.

ނަމަވެސް ޖެހިގެން އައި މާޗު މަހުގައި ކުރެވުނު ޑީއެންއޭ ތަޙުލީލު ތަކުން، އެތުއްތު ކުއްޖާގެ ޙަޤީޤީ ބައްޕައަކީ 15 އަހަރުގެ އެހެން ފިރިހެންކުއްޖެއްކަމަށް ވަނީ ސާބިތުވެފައެވެ.

މި ތަޙްލީލުތަށް ޢާއްމު ކުރައްވަމުން މި މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވާ ގޮތުގައި އެލްފީއަށް އެތުއްތު ކުއްޖާއަކީ އޭނާގެ ދަރިއެއްނޫންކަން އެނގުމުން އެކަމާއި ވަރަށް މާޔޫސްވެ ހިތްދަތިވެފައެވެ.

އިނގިރޭސި ވިލާތުގަޔާއި ޔޫރަޕްގައި އޮންނަ އެއްވެސް ހަމައެއްނެތް މިނިވަންކަމުގެ ސަބަބުން ފަހަކަށްއައިސް ކުޑަކުދިންގެ ތެރޭގައި މިފަދަ ބަދު އަޚުލާޤީ ޢަމަލުތައް ދަނީ އިތުރުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.