ކަރު ފުއްޕާފައި ބާޣީ ގޮވިޔަސް، ތަންތަން އަންދާ އަޅިޔަށް ހެދިޔަސް،
ދޮންމީހުންނަށް ޝަކުވާކުރިޔަސް، ފައިސާ ދީގެން މީހުން މެރިޔަސް،
ދީނުގެ މަގުގައި ދެމިހުންނާނަން، ޤައުމީ ސަފުގައި ސާބިތުވާނަން.
މީ ދިވެހިންނޭ! މީ ދިވެހިންނޭ! ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ! 2 X
ޤައުމުގެ މުދަލާ ރަށްތައް ވިއްކާ، އުންމަތް އެކުގައި ނިކަމެތިކުރުމުން،
ބަނގުރާ ބުއިމަށް ހިތްވަރުދީފައި، ބުދުތައް އަތުރާ ތަންހަޑިކުރުމުން،
ބަދުބަސް ދީނަށް ސީދާކުރުމުން، ގޮވަމުން ނިކުތީ ދެންހުއްޓާށޭ.
މީ ދިވެހިންނޭ! މީ ދިވެހިންނޭ! ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ! 2 X
ރިޝްވަތު ބަހަމުން ތިބެގެން ދުވިޔަސް، އޭގައި ހިފިމީހުން ތެޅިފޮޅުނަސް،
ގުންޑާއިން ފޮނުވާ މައްލަވަކުރިޔަސް، ކަސްބީއިން ލައްވާ ކެމެރާކުރިޔަސް،
ސީދާ މި މެޔަށް ބަޑިދިއްކުރިޔަސް، އަހަރެން ކެރިގެން އަޑުއުފުލާނަން.
މީ ދިވެހިންނޭ! މީ ދިވެހިންނޭ! ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ! 2 X
ވަޢުދާ އަޙުދާ ހުވަޔާ އެކުގައި މުގުރާ ކައްޒާބަކު ފާޅުވުމުން،
ޤައުމާ ވަޠަނާ މަސަލަސް ކުރުމަށް، އެންމެން ނިކުތީ ހޯހޯ ގޮވަމުން.
މުގުރާ ބިޑިޔާ ގޭހާ ދީފައި، ފޮނުވީމާ ވެސް ދޫ ބަންދުނުވީ.
މީ ދިވެހިންނޭ! މީ ދިވެހިންނޭ! ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ! 2 X
ޤާޟީން ހުރިހާ ހައްޔަރުކުރިޔަސް، ތެޅިޔަސް މެރިޔަސް ފޮތިފޮތި ކުރިޔަސް،
ޕާޓީ މީހުން ވައްކަންކުރިޔަސް، ކަނޑުފަޅު ގިރި ވިލު ހިބަކޮށް ދިނަކަސް،
"މެދުމިން" ކިޔަމުން ގަދަބަސް ބުންޏަސް، ރައްބުގެ އަމުރާ އެކު ވެެއްޓޭނޭ!
މީ ދިވެހިންނޭ! މީ ދިވެހިންނޭ! ދިވެހިން ގޮށްމުށަކަށް ނުސިހޭނޭ! 2 X
ކޮމެންޓް (0)
ލޯޑް ކުރަމުން...