އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ ޖީއެމްއާރާއި މެލޭޝިޔާގެ އެއާޕޯޓްސް ހޯލްޑިން ބަރުހާދާ ގުޅިގެން އުފައްދާފައިވާ ކޮންސޯޓިއަމްގެ އެގްރީމެންޓް، ދިވެހި ސަރުކާރުން އުވާލި މައްސަލައިގައި އިންޑިއާގެ ހަރުކަށި އިންޒާރުތައް މިހާރުވާނީ ހުރިހައި ދިވެހިންވެސް ކިޔާ ނުވަތަ އަޑު އަހާފައެވެ. އެންމެ ފުރަތަމަ ޖީއެމްއާރުގެ ވެރިން އެއާޕޯޓުން ނުފައިބާނެކަމަށާއި 23 އަހަރު ވަންދެން ތިބޭނެކަމަށް ބުނެ ކިބުރުވެރި ބަޔާނެއް ނެރުނެވެ. އަދި އިންޑިއާއިން ރާއްޖެއަށް ދެމުންގެންދާ އެހީތައް ހުއްޓާލަން އިންޑިއާ ސަރުކާރުގެ އޮފިޝަލުން ޢިޝާރާތްކުރުމާއި، އިންޑިއާ ސަރުކާރުން ރާއްޖޭގެ ނިންމުން އާދައިގެ ގޮތަކަށް ނުނަގާނެ ކަމަށްބުނެ ހަރުކަށި އިންޒާރު ދީފައިވެއެވެ. އަދި މީގެ އިތުރުން އިންޑިއާގެ "އިންޑިއާޝެލް ޑިފޭސާސް ޓީމް" ކަމަށް ބުނާ ބަޔަކު އެމްއޭސީއެލްގެ ވެބްސައިޓް ހެކްކުރުމަށް ފަހު ނުރައްކާތެރި އިންޒާރު ދީފައިވެއެވެ. އޭގެތެރޭގައި އިންޑިއާއާއި ނުކުޅުމަށާއި އިންޑިއާ އާއި ކުޅެލައިފިނަމަ ރާއްޖެއާއި ހަނގުރާމަވެސް ކުރާނެކަމަށްބުނެ އިންޒާރު ދީފައިވެއެވެ. އަދިވެސް މީގެއިތުރުން އެތައް އިންޒާރުތަކެއް ދީފައިވެއެވެ.
އެއްބަސްވުން އުވާލުމާ ގުޅިގެން މެލޭޝިއާގެ ފޮރިން މިނިސްޓަރާއި މެލޭޝިއާ އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރު ބާސިރު އަޙްމަދު މިއަދު މެންދުރުފަހު ވަނީ ރާއްޖެ ވަޑައިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. ޢަބްދުއް ޞަމަދާ ބައްދަލުކުރެއްވުމަށްފަހު އެއާޕޯޓް ތަރައްގީކޮށް ހިންގުމުގެ އެއްބަސްވުން އުވާލި މައްސަލައިގައި ސަރުކާރާ ވާހަކަ ދައްކާނެ ކަމަށާއި އެކަމަށް ހައްލެއް ހޯދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ އެކުވެރި ދެ ގައުމު ކަމަށްވުމުން، އެކަމުގައި ހައްލެއް ނުހޯދޭންވީ ސަބަބެއް ނެތް،" ރާއްޖޭން ފުރާވަޑައިގެންނެވުމުގެ ކުރިން، އެއާޕޯޓްގައި އަނީފާ ނޫސްވެރިންނަށް ވިދާޅުވި އެވެ. މެލޭޝިއާ އޮފިޝަލުންގެ ބަސްމަގުގެ ރީތިކަން ނިކަން ދެކޭށެވެ. އިންޑިއާގެ ބަސްމަގާއި މެލޭޝިއާގެ ބަސްމަގު ނިކަން ދެކޭށެވެ.
ަ
ޖެހިގެން މިއުޅެނީ އެއްމައްސަލައެއްކަމަށްވެފައި އެމައްސަލައާއި މެދެ ދެ ގައުމަކުން ކުރިމަތިލި ގޮތް ތަފާތުކަން ފެނިފައި އިންޑިއާއިން ދިވެހިންނާއި މެދު އޮތް ހަގީގީި ގުޅުން އެނގިގެން ހިނގައްޖެއެވެ. މިހާހިސާބުންވެސް އިންޑިއާގެ ދިވެހިންނާއި ދޭތެރޭގައި ދެކޭގޮތާއި އެމީހުންގެ މަޤްޞަދު ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...