14 މިލިޔަން ޕައުންޑްގެ ކެނަބިސް ފެކްޓްރީ ހިންގި ބަޔަކު ޖަލަށް ލައިފިއެވެ.
ޔޫކޭ އިން އަތުލައިގަނެވުނު މި ޑްރަގް ފެކްޓްރީގައި 11276 ކެނަބިސް ހައްދާފައިވާކަމަށް ޕޮލިހުންނާއި ހަވާލާދީ މީޑިއާތަކުން ހަބަރުދެއެވެ. މިމައްސަލާގައި 3 މީހުންވަނީ ޖަލަށްލާފައިކަމަށާއި މިފެކްޓްރީ ހިންގާފައިވާ މީހުން މިހާރު ވަނީ ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
މިމައްސަލާގައި ފުލުހުން ހިންގި އޮޕަރޭޝަންގައި 160000 ޕައުންޑް އަތުލައިގެންފައިވާއިރު 7 ކާރުވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މީގެ އިތުރުން އެސަރަހައްދުން އަގުހުރި ބައެއް ސާމާނުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...