ޢިރާޤުގެ ޖަލަކުން 90 އެއްހާ އަޞީރުން ސަލާމަތްވެއްޖެކަމަށް ޢިރާޤުގެ ފުލުހުން ހާމަކޮށްފިއެވެ.
އޮފިޝަލުން ހާމަކުރިގޮތުގައި ތަސްފިރަތު ޖަލުގެ ދޮރޯށި ކައިރީގައި ކާރުބޮމެއް ގޮއްވާލުމަށްފަހު ޢިރާޤުގެ ފުލުހުންނާއި ހަނގުރާމަވެރިން ހަމަލާބަދަލުކުރިއެވެ. މި ހަމަލާތަކުގައި ފުލުހުންގެ 12 މީހުން މަރުވެފައިވާކަމަށް އޮފިޝަލުން ހާމަކުރެއެވެ. ކޮންބައެއް ކަން ނޭނގޭ ހަނގުރާމަވެރިން މިހަމަލާތައް ދީފައިވަނީ ބުރާސްފަތިދުވަހުގެ ރޭގައެވެ. އަދި ހަމަލާތައް ހުކުރުދުވަހުގެ ކުރީކޮޅަށްވެސް ދެމިގެން ދިޔައެވެ.
ޢިރާޤުގެ އަވަށެއްކަމަށްވާ ތިކްރިތު ގައި ހުންނަ މި ޖަލުގައި އެތައްސަތޭކަ މީހުންނެއް ހައްޔަރުކުރެވިފައިވެއެވެ. އަދި މީގެ ތެރޭގައި މަރަށް ހުކުމް ކޮށްފައިވާ މީހުންވެސް ހިމެނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...