ދީން ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަށް

ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަށް

ޤިޔާމަތުގެ ބޮޑެތި ޢަލާމާތްތަށް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގިޔާމަތް ވުމުގެ ކުދި ޢަލާމާތް ތަކަކާއި ބޮޑެތި ޢަލާމާތް ތަކެއްވެއެވެ.

ކުދި ޢަލާމާތް ތަކަކީ ގިޔާމަތް ވުމުގެ އެތައް ޒަމާނެއް ކުރިން ހިނގައި ގޮސްފައިވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ވެނިމިފައިވާ ކަންތަކާއި، ތަކްރާރުވަމުންދާ ކަންތަކާއި، މިހާރު ހިނގަމުންދާ އަދި މުސްތަގްބަލުގައިވެސް ހިނގާނެ ބައެއް ކަންތައްތައް ހިމެނިގެންވެއެވެ. މީގެ އިތުރުން އަދި މިހާތަނަށް ހިނގާފައިނުވާ އެހެންނަމަވެސް މުސްތަގްބަލުގައި ހިނގާނެ ކަންތައްތަކެއްވެސް ހިމެނިގެންވެއެވެ.

ގިޔާމަތް ވުމުގެ ބޮޑެތި ޢަލާމާތް ތަކަކީ ގިޔާމަތް ވުމުގެ ކުޑަދުވަސް ކޮޅެއް ކުރިން ހިނގައިދާނެ ކަންތައްތަކެވެ.

ގިޔާމަތުގެ ކުދި ޢަލާމާތްތައް ބައިވަރެވެ. އޭގެ ތެރޭގައި:

1. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަބީ ކަމާއިގެން ފޮނުއްވުން.

2. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުން.

3. ބައިތުލް މަގްދިސް ފަތަޙަ ކުރެއްވުން.

4. މުދާ ގިނަވެ ޞަދަގާތަށް ބޭނުން ނުޖެހުން.

5. ފިތުނަތައް ފާޅުވުން.

6. ނަބީ ކަމަށް ދަޢްވާ ކުރާ މީހުން ފާޅުވުން، މިޘާލަކަށް މުސައިލަމަތުލް ކައްޛާބު އަދި އަލްއަސްވަދުލް ޢަންސީ.

7. އަމާނާތްތައް ގެއްލި ދިޔުން.

8. ޢިލްމު އުފުއްލަވާ ޖަހާލަތު ފެތުރިގެން ދިޔުން.

9. ޒިނޭ ޢާއްމުވުން.

10. ރިބާ ޢާއްމުވުން.

11. މިޔުޒިކް ޢާއްމުވުން.

12. ބަނގުރާ ބުއިން ޢާއްމުވުން

13. މީހުން މެރުން ގިނަވުން.

14. ބިންހެލުންތައް ގިނަވުން.

15. ޢައުރަ ނިވާ ނުކޮށް އުޅޭ އަންހެނުން ގިނަވުން.

16. ދޮގުހެކި ދިނުން ގިނަވުން.

17. އަންހެނުން ގިނަވުން.

މިނޫންވެސް އެތައް ކަމެކެވެ.

ގިޔާމަތުގެ ބޮޑެތި ޢަލާމާތްތައް ބަޔާން ކުރައްވާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. عَنْ حُذَيْفَةَ بْنِ أَسِيدٍ الْغِفَارِيِّ رضي الله عنه قَالَ : اطَّلَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ : مَا تَذَاكَرُونَ ؟ قَالُوا : نَذْكُرُ السَّاعَةَ ، قَالَ : إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَأَجُوجَ وَمَأْجُوجَ وَثَلاثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ ، وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنْ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ . މާތް ﷲ ރުއްސުންލެއްވި ޙުޛައިފާ ބިން އުސައިދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މުދާރަސާ ކުރަން ތިއްބާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން މުދާރަސާ ކުރަނީ ކޮން އެއްޗެއް ހެއްޔެވެ؟" ޞަޙާބީން ދެންނެވިއެވެ. "ގިޔާމަތުގެ ވާހަކަތަކެވެ." ޙަދީޘް ކުރެއްވިއެވެ. ދިހަކަމެއްގެ ކުރިން ގިޔާމަތެއް ނުވާނެއެވެ. ދުޚާން (ދުންގަނޑު)، ދައްޖާލު، ދާއްބާ، ހުޅަނގުފަރާތުން އިރު އެރުން، ޢީސާ ޢަލައިހިއްސަލާމް ފައިބާ ވަޑައިގަތުން، ޔައުޖޫޖު މައުޖޫޖު، ތިންކޭތަ ހިފުން، އިރުންނާއި ހުޅަގުން، އަދި ޖަޒީރަތުލް ޢަރަބިން، ޔަމަނު ކަރައިން ނިކުންނަ އަލިފާން ގަނޑު.

މި ޢަލާމާތް ތަކަކީ ވަކި ތަރްތީބަކުން ފާޅުވާނެ ކަންތަކެއް ނޫނެވެ. ނަމަވެސް އެއް ޢަލާމާތެއް ފާޅުވެއްޖެނަމަ މާގިނަ ދުވަސްތަކެއް ނުވެ އަނެއް ޢަލާމާތެއް ފާޅުވާނެއެވެ. والله أعلم .

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.