އަރަބިދުނިޔެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއީ ރަތް ރޮނގު، އެ ރޮނގު ހުރަސްކޮށްފި ކޮންމެ މީހަކާ އަހަރެމެން ދެކޮޅުވެރިވާނަން - މިޞްރުގެ ރައީސް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއީ ރަތް ރޮނގު، އެ ރޮނގު ހުރަސްކޮށްފި ކޮންމެ މީހަކާ އަހަރެމެން ދެކޮޅުވެރިވާނަން - މިޞްރުގެ ރައީސް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއީ ރަތް ރޮނގު، އެ ރޮނގު ހުރަސްކޮށްފި ކޮންމެ މީހަކާ އަހަރެމެން ދެކޮޅުވެރިވާނަން - މިޞްރުގެ ރައީސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އެއީ ރަތް ރޮނގު ކަމަށާއި، އެރޮނގު ހުރަސް ކުރާ ކޮންމެ ފަރާތަކާއި ފާޅުގައިދެކޮޅުވެރިވާނެކަމަށް މިޞްރުގެ ރައީސް ޑރ. މުޙައްމަދު މުރްސީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ހެނދުނު މިޞްރުގެ ޓީވީ އަށް ދެއްވި ބަސްދީގަތުމެއްގައި މިޞްރުގެ ރައީސް ވިދާޅުވީ، އިސްލާމީ މުޤައްދަސާތުތަކާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް، އެއީ އަޅުގަނޑުމެން އެންމެހާ މުސްލިމުންނަށްޓަކައިވާ ރަތް ރޮނގު ކަމަށެވެ.  އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙައްޤުގައި ރައްދު ކުރެވޭ އިހާނެތި ކަމުގެ އެއްވެސް ބަހެއް އަދި ކަމެއް ވިޔަސް، މިޞްރުގެ ހުރިހާ ރައްޔިތުން، އެކަމާ ދެކޮޅު ހަދާކަމަށް މުރްސީ ވިދާޅުވިއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އަޅުގަނޑުމެން އެންމެން އެބޭކަލަކަށްޓަކައި ފިދާވާނެ، ބޭކަލެއް ކަމަށްވެސް މުރްސީ ވިދާޅުވިއެވެ.

"އެކަމަކީ އަހަރެމެން އެއްވެސް ޙާލެއްގައި ޤަބޫލުކުރާނެ ކަމެއް ނޫން. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ދެކޮޅަށް އެއްވެސް ބަހެއް ބުނެފި، ނުވަތަ ކަމެއް ކޮށްފި މީހަކަށް، އަހަރެމެން ދެކޮޅުވެރިވަން." މުރްސީ ވިދާޅުވިއެވެ.

"މިކަމަކީ އަހަރެމެން އެންމެހާ މުސްލިމުންނާއި މިޞްރުގެ ހުރިހާ މީހުން އެކަމަކާ ދެކޮޅު ހަދާ ކަމެއް. އަޅުގަނޑު މިވާހަކަ ދައްކަނީ މިޞްރުގެ ހުރިހާ ރައްޔިތުންގެ ފަރާތުން." މުރްސީގެ ވާހަކަފުޅުގައި ވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އިހާނެތިކޮށް ހިތުމަށް ކުރެވެމުންދާ މަސައްކަތްތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ދާދި ފަހުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް އިހާނަތްތެރި ބަސްތައް ރައްދުކޮށް އެކަލޭގެފާނުގެ އަބުރުފުޅަށް ހުތުރު ވާނެ ގޮތަށް ހަދާފައިވާ ފިލްމެއް  އެމެރިކާގައި ރިލީޒް ކުރުމުގެ ހުއްދަ ދީފައިވާތީ އިސްލާމީ އުއްމަތުގެ ރުޅިވެރިކަންވަނީ އެމެރިކާއަށް އަމާޒުވެފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.