ސޫރިޔާގައި ހިގަމުން އަންނަ ކަންތައްތަކަށް ޙާއްލެއްހޯދުމަށް މަޝްވަރާކުރުމަށްޓަކައި މިޞްރުން އިސްނަގައިގެން ބައްދަލުވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް މިޞްރުގެ ޚަރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.
ސައޫދީއަރަބިއްޔާއާއި ތުރުކީވިލާތާއި ފާރިސްކަރަ(އީރާން) ނާއި އެކު ބާއްވަން ހަމަޖެހިފައިވާ މިބައްދަލުވުމާއި ބެހޭގޮތުން އެތިންޤައުމާއި ޤަހިރާއިން ވާހަކަދައްކާފައިވާކަމަށް ޙާރިއްޖިއްޔާގެ ފަރާތުން ވާހަކަދެއްކި ޢުމަރު ރުޝްދީ ވަނީ ހާމަކޮށްފައެވެ.
ޚަބަރު ލިބޭ ގޮތުގައި މިބައްދަލުވުމާއި ބެހޭގޮތުން މިޞްރުގެ ރައީސްގެ ފަރާތުން ވާހަކަދެއްކި ޔާސިރު ޢަލީ ވިދާޅުވެފައިވަނީ މިބައްދަލުވުމުގައި ބައިވެރިވަނީ ސޫރިޔާގެ މައްސަލައަށް ޙަޤީޤީ އަސަރު ފޯރުވޭނެ ޤައުމުތަށްކަމަށެވެ. އަދި އީރާނަކީ މިމައްސަލައަށް ޙައްލުކުރުމުގެ އެއްބައިކަމަށާއި އަދި މިކަށް އިތުރަށް ގޯސްކޮށް މައްސަލައުފައްދާ ބައެއްނޫންކަމަށް ވަނީ ސިފަކޮށްފައެވެ.
ނަމަވެސް މިޞްރާއި އިރާނާދެމެދު ގުޅުން ޤާއިމުކުރުމާމެދު މިޞްރުގެ ބައެއް ޖަމާޢަތްތަކުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...