ބައްޝާރު ވެރިކަމުން ދުރުކުރުމަށް އޭނާގެ އެކުވެރިން އެއްބަސްވެއްޖެއެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ވެރިކަމުން ދުރުކުރުމަށް އޭނާއަށް އެންމެ ބޮޑަށް ވާގިވެރިވި ތިން ޤައުމުކަމަށްވާ ރޫސީވިލާތާއި ސީނުކަރަ(ޗައިނާ) އަދި ފާރިސީކަރަ (އީރާން) އިން އެއްބަސްވެއްޖެކަމަށް ކުވެއިތުގެ "އައްރައުޔު" ނޫހުން ހާމަކޮށްފިއެވެ. އެނޫހުން އިތުރަށް ހާމަކޮށްފައިވާ ހޮތުގައި ބައްޝާރުގެ ވެރިކަށް ދަމަހައްޓާ އޭނާއަށް ބައިނަލްއަޤުވާމީ ދާއިރާތަކުގައި އެންމެ ބޮޑަށް އެއްބާރުލުން ދޭ މި ތިންޤައުމުން ވަނީ ދެން އިތުރަށް ބައްޝާރަށް ވެރިކަށް ކުރިއަށް ނުގެއްދެވޭނެކަމަށް ޤަބޫލުކޮށްފައެވެ.
ބައްޝާރުގެ އެކިވެރި މި ޤައުމުތަކުން މިހާރު ރާވާފައިވަނީ ބައްޝާރުގެ ލަޝްކަރާއި އަދި ސޫރިޔާގެ މިނިވަންކަމަށް ހަނގުރާމަކުރަމުން އަންނަ (ޖިހާދުކުރަމުން) ލަޝްކަރުގެ ކޮމާންޑަރުން ހިމެނޭ ވަގުތީ އަސްކަރީ ސަރުކާރެއް ޤާއިމުކުރަށްކަމަށްވެސް އެ ނޫހުން ހާމަކޮށްފައި ވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...