ދުނިޔެ އީރާނަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 306 ކަށް އަރައިފި

އީރާނަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 306 ކަށް އަރައިފި

އީރާނަށް އައި ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 306 ކަށް އަރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހޮނިހިރު ދުވަހު އިރާނުގެ އަޒަރްބައިޖާން ޝަރްޤީ އަށް އައި ދެ ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 306ކަށް އަރައިފިކަމުގައި އެޤައުމުގެ ސިއްޙަތާއި ބެހޭ ވަޒީރު މަރްޟިޔާ ވަޙީދު ދަސްތަރްދީ ހާމަކޮށްފިއެވެ.

ވަޙީދު ދަސްތަރްޖީ މީޑިއާއަށް މަޢުލޫމާތުދީފައިވާގޮތުގައި ހޮނިހިރުވަހުގެ މިބިންހެލުމުގެ ސަބަބުން 3037 މީހުންނަށް އެކިވަރުގެ ޒަޚަމްތައް ވަނީ ލިބިފައެވެ.

އީރާނުގެ ތެހްރާންގެ ސީސްމޮލޮޖިކަލް ސެންޓަރގެ ތަފާތުހިސާބުތަކަށް ބަލާއިރު މިބިންހެލުމުގެ ބާރުމިން 6.2 އާއި 6.0 މެގްނިޓިއުޑަށް ކަމަށް ވެއެވެ.

މުޅި ދުނިޔޭގެ ސީސްމިކް ހަރަކާތްތައް ބެލެހައްޓަމުން އަންނަ އެމެރިކާގެ ޖިއޮލޮޖިކަލް ސާރވޭ އިން މި ބިންހެލުން އެއަށްވުރެން ބާރުގަދަކަމަށް ވަނީ ނިންމާފައެވެ. އެއީ 6.4 އަދި 6.3 މެގްނިޓިއުޑްއެވެ.

ޝީޢީންގެ ވެރިކަމެއް އޮންނަ އިރާނަކީ ވަރަށް ގިނަ އަދަދަކަށް ބޮޑެތި ބިންހެލުންތައް އަންނަ ޤައުމެކެވެ. މީގެތެރެއިން އެންމެ ބޮޑު ގެއްލުންތަކެއް ލިބިގެންދިޔަ އެއް ބިންހެލުމަކީ ޑިސެމްބަރ 2003 ގައި ބާމް ސިޓީއަށް 6.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމެވެ. މި ބިންހެލުމުގައި 31000 މީހުން މަރުވެފައިވެއެވެ.

ބިންހެލުންފަދަ މިފަދަ ބޮޑެތި ކާރިސާތަކަކީ ﷲ ގެ ކޯފާއާއި އަޛާބުގެ ގޮތުގައި ދުނިޔެމައްޗަށް ފޮނުއްވޭ ކަންތައް ކަމުގައި ދީނީ ޢިލްމުވެރިން ހާމަކުރެއެވެ.

 އީރާނަށް އައި މިބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ނަސާރާދޫނުގެ ކެތޮލިކް ފިރުޤާގެ އެންމެ އިސްފާދިރީ ޕޯޕް ބެނެޑިކްޓްވަނީ ތަޢުޒިޔާ ކިޔާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.