ބޭނުންވާ ތަކެތި
1 ޖޯޑު ރަވާ
4 ޖޯޑު ފެން
1 ދަޅު ގެރިކިރު
1 ޖޯޑު ހަކުރު
2/1 ޖޯޑު ހިކި މޭބިސްކަނދުރު
2/1 ކަޖޫނަޓް
1 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް
ތެއްޔަކަށް ފެންއަޅާފައި ފެނުގެ ތެރެއަށް ރަވާ ކޮޅު އެޅުމަށް ފަހު ރަގަޅަށް އެއްކޮށްލާށެވެ. ރަގަޅަށް އެއްކުރެވުމުން އުނދުން މައްޗަށް އުނދާށެވެ. އެއަށްފަހު މެބިސްކަނދުރާއި ކަޖޫނަޓްވެސް އެއްކޮށްލާށެވެ. ރޯ ފިލުމުން ކިރު އަޅާށެވެ. ދެން ބޮކިޖަހާ ކެކެން ފެށުމުން އެސެންސް ކޮޅު އަޅާ އެއްކޮށްލާށެވެ. އެއިރުން އެހެރީ ސެމޯލީނޯ ކޮޅު ތައްޔާރުކުރެވިފައެވެ. އެހެން ތެއްޔަކަށް ހަކުރު ކޮޅު އަޅާފައި ކުޑަކޮށް ރަތްކޮށްލާށެވެ. އުނދުން ވަރަށް މަޑުގިނީގައި ބަހައްޓައިގެން ކައްކާފައި ހުރި ސެމޯލީނާ ގެ ތެރެއަށް ބްރައުންކޮށްފައި ހުރި ހަކުރުކޮޅު އަޅާ އެއްކޮށްލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...