މޮރޮކޯގައި ބުދަދުވަހު ހިނގި ނުރައްކާތެރި ދެއެކްސިޑެންޓެއްގައި 16 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ ރަސްމީ ޓީވީއިން ހާމަކޮށްފިއެވެ.
ފުރަތަމަ އެކްސިޑެންޓް ހިނގާފައިވަނީ ބާރުދުވެލީގައި ދުއްވަމުންދިޔަ ލޮރިއެއްގެ ހަންފަޅައިގެންދިއުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެންގޮސް ބަހެއްގައިޖެހިގެންނެވެ. ޔޫސުފިއްޔާ ސަރަހައްދުގައި ހިނގި މިނުރައްކާތެރި އެކްސިޑެންޓުގައި 12 މީހަކު މަރުވެފައިވާއިރު އެކަކަށް ވަރަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ. އަދި މިއެކްސިޑެންޓުގައި ލޮރީދުއްވަންއިން މީހާއަށް މާބޮޑުވަރުވެފައެއް ނުވެއެވެ.
މޮރޮކޯގެ ކަސަބުލަންކާގައި ލޮރިއަކާއި އެހެން އުޅަނދެއްޖެހި އިތުރު 4 މީހަކު މަރުވެ 2 މީހަކަށްވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ.
މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް މޮރޮކޯގައި އާންމުކޮށް ހިނގައެވެ. 2011 ވަނަ އަހަރު ނުރައްކާތެރި އެކްސިޑެންޓްތަކުގެ ޝިކާރައަކަށްވެ 4200 މީހުންވަނީ މަރުވެފައެވެ. އެޤައުމުގެ ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރާގޮތުގައި އޭގެ ކުރީ އަހަރާއި ބަލާއިރު މިދިޔަ އަހަރު އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ އަދަދުވަނީ 12 އިން ސައްތަ އިތުރުވެފައެވެ.

















advertisment
ޚިޔާލު