އަރަބިދުނިޔެ ސޫރިޔާގެ މުޖާހިދުން އެޤައުމުގެ އަސްކަރީ ސުކޫލެއް ހިފައިފި

ސޫރިޔާގެ މުޖާހިދުން އެޤައުމުގެ އަސްކަރީ ސުކޫލެއް ހިފައިފި

ސޫރިޔާގެ މުޖާހިދުން އެޤައުމުގެ އަސްކަރީ ސުކޫލެއް ހިފައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސޫރިޔާގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުން މިދިޔަ އާދިއްތަ ދުވަހު އެޤައުމުގެ އަނިޔާވެރި ސަރުކާރުގެ އަސްކަރީ ސުކޫލެއް ހިފައިފިއެވެ.

ސޫރިޔާގެ މުހިންމު ސަހަރެއްކަމަށްވާ ޙަލަބު (حلب) އުތުރުން 16 ކިލޫމީޓަރު ދުރުގައި އޮންނަ މުސައިލަމާ ކިޔާ ރަށުގައި ޤާއިމުކޮށްފައިވާ މި ސުކޫލަކީ ސޫރިޔާގެ ރައްޔިތުންނާއި ދެކޮޅަށް ޤަތުލު އާއްމު ހިންގަމުން އަންނަ އެ ޤައުމުގެ އެއްގަމު ސިފައިން ތަމްރީނުކޮށް އަދި ހަނގުރާމައިގެ ރޭވުންތައް ރާވަމުން އަންނަ މުހިއްމު ސުކޫލެކެވެ.

ތުރުކިވިލާތުގެ އަބާޔަދުނު ގައި ހުންނަވައިގެން ރޮއިޓާސް އަށް ފޯނުން މާއުލޫމާތު ދެއްވަމުން ސޫރިޔަން ފުރީ އާމީގެ އޮފިސަލެއްކަމަށްވާ ކާނަލް މުޞްތަފާ އައްޝެއިޚްވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި މި އަސްކަރީ ސުކޫލަކީ ޙަލަބު ސިޓީގެ އުތުރު ސަރަހައްދު ބަލަހައްޓަމުން އަންނަ މައި މަރުކަޒުކަމަށް މުޞްތަފާ އިތުރަށް ހާމަކުރައްވާފައިވެއެވެ.

އަނެއްކޮޅުން މުޖާހިދުންގެ އެކި މަޞްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި މި ސުކޫލު ހިފާފައިވަނީ ދެފަރާތުގެ މެދުގައި ބަދަލުކުރެވުނު ވަރުގަދަ ހާމަލާތަކަކަށްފަހުއެވެ. އަދި މި ހަމާލާތަކުގައި ބައްޝާރުލް އަސަދަށް ވަފާތެރި އެތަށް ހަނގުރާމަވެރިންނެއް ވަނީ ހައްޔަރުކުރެވިފައިކަމަވެސް މުޖާހިދުންގެ މަޞްދަރުތަކުން ހާމަކުރެއެވެ.

މަޞްދަރު : މަޖަލަތުލްބަޔާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.