ދުނިޔެ އެމެރިކާގެ ކަނޑުގެ ސިފައިން މަސްބޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި އިންޑިއާގެ މަސްވެރިޔާކު މަރުވެއްޖެ

އެމެރިކާގެ ކަނޑުގެ ސިފައިން މަސްބޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި އިންޑިއާގެ މަސްވެރިޔާކު މަރުވެއްޖެ

އެމެރިކާގެ ކަނޑުގެ ސިފައިން މަސްބޯޓަކަށް ދިން ބަޑީގެ ހަމަލާއެއްގައި އިންޑިއާގެ މަސްވެރިޔާކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުބާޢީގެ ކަނޑުގައި ދަތުރުކުރަމުން ދިޔަ މަސްބޯޓަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައި އިންޑިއާގެ މަސްވެރިޔަކު މަރުވެ އިތުރު ތިން މީހަކު ޒަހަމްވެއްޖެއެވެ.

އެމެރިކާގެ ސިފައިންގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި މަސްބޯޓަށް ބަޑިން ހަމަލާދޭންޖެހުނީ އެމެރިކާގެ ސިފައިންގެ މަނަވަރަކަށް ތެޔޮއަޅަމުން ދަނިކޮށް މަނަވަރާއި ކައިރިނުވަމަށް ދިން އިންޒާރުތަކަށް މަސްބޯޓުން ބޯނުލެނބުމުން އެބޯޓަކީ އެއީ ނުރައްކަލެއްކަމަށް ބެލެވިގެންކަމަށެވެ.

ޔަމަނުގެ އަދަނުގައި އޮތް ޔޫއެސްއެސްކޯލްއަށް ދިން ޖާނުންފިދާވުމުގެ ހަމަލާއަށް އިޝާރާތްކުރަމުން އެމެރިކާގެ ސިފައިންގެ އޮފިޝަލް އޭއެފްޕީއަށް މަޢުލޫމާތު ދެމުން ބުނެފައިވާގޮތުގައި ކުދިބޯޓުތަކުން އެއްވެސް ކަހަލަ ނުރައްކަލެއް ކުރިމަތިވެދާނޭކަމުގެ ނިޝާނެއް ފެނިއްޖެނަމަ ސިފައިން ވަގުތުން ފިޔަވަޅު އަޅާނޭކަމަށެވެ.

އެކުވެރި ޢަރަބި އިމާރާތުގެ އޮފިޝަލަކު ހާމަކޮށްފައިވާގޮތުގައި އެމެރިކާ ސިފައިންދިން މިހަމަލާގައި މަރުވި މީހާގެ އިތުރުން ޒަހަމްވި ތިން މީހުންނަކީވެސް އިންޑިއާގެ ރައްޔިތުންނެވެ. "ކަމާބެހޭ ފަރާތްތަކުން މިހާރު މިމައްސަލަ ބަލަމުންދަނީ،" އެކުވެރި ޢަރަބި އިމާރާތުގެ ޚާރިޖީ ވަޒީރުގެ އޮފިޝަލެއްކަމުގައިވާ ތާރިޤް އާމިދް އަލްހިދާން ވޭމް ނޫހަށް ދިން މަޢުލޫމާތު ދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.