ދުނިޔެ މޮރޮކޯގައި ބަހެއް އެކްސިޑެންޓްވެ 16 މީހުން މަރުވެއްޖެ

މޮރޮކޯގައި ބަހެއް އެކްސިޑެންޓްވެ 16 މީހުން މަރުވެއްޖެ

މޮރޮކޯގައި ބަހެއް އެކްސިޑެންޓްވެ 16 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މޮރޮކޯގެ އިސަސޫރިއާ ޕޯޓުގައި ހިނގައިދިޔަ ބަސް އެކްސިޑެންޓެއްގައި މަދުވެގެން 16 މީހުން މިއަދު މަރުވެއްޖެއެވެ.

ޢަރަބްނިއުސް އިން އެޤައުމުގެ މެޑިކަލް އޮފިޝަލަކަށް ހަވާލީދީ ހާމަކޮށްފައިވާގޮތުގައި މަރުވިމީހުންގެ ތެރޭގައި އެޤައުމުގައި ދިރިއުޅެމުން އަންނަ ބޭރުގެ ރައްޔިތުންވެސް ހިމެނެއެވެ.

ޚަބަރު ލިބިފައިވާގޮތުގައި މިބަސް އެކްސިޑެންޓުގައި 16 ވަރަކަށް މީހުން މަރުވެފައިވާއިރު ގިނަ ޢަދަދެއްގެ މީހުންނަށް ވަނީ އަނިޔާވެފައެވެ. އަދި މިއެކްސިޑެންޓު ހިނގަން މެދުވެރިވީ އަޤާދީރުން ވަރަށް ބާރު ދުވެލީގައި އައި މިބަސް ގޯޅިއަކުން އަޅަންވެގެން މާބޮޑަށް އަނބުރާލުމުގެ ސަބަބުން ކޮންޓްރޯލުން ނެއްޓިގެންނެވެ.

ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މޮރޮކޯގެ މަގުތަކަކީ ދުނިޔޭގެ އެންމެ ނުރައްކާތެރި މަގުތަކެވެ. އަދި އަހަރަކު 4،000 މީހުން މޮރޮކޯގައި މިފަދަ އެކްސިޑެންޓްތަކުގައި މަރުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.