ދުނިޔެ ސްޓަރސްގެ ފޮޓޯގްރާފަރަކު މާބަނޑު މުސްލިމް އަންހެނަކަށް ހަމަލާދިން މައްސަލައެއް ކޯޓަށް ވައްދައިފި

ސްޓަރސްގެ ފޮޓޯގްރާފަރަކު މާބަނޑު މުސްލިމް އަންހެނަކަށް ހަމަލާދިން މައްސަލައެއް ކޯޓަށް ވައްދައިފި

ސްޓަރސްގެ ފޮޓޯގްރާފަރަކު މާބަނޑު މުސްލިމް އަންހެނަކަށް ހަމަލާދިން މައްސަލައެއް ކޯޓަށް ވައްދައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްޓަރސް މަޖައްލާގެ ޕޯޓްރެއިޓް ފޮޓޯގްރާފަރަކު މާބަނޑު މުސްލިމް އަންހެނަކާ ދިމާލަށް ޓެރަރިސްޓެކޭ ކިޔައި އެއަންހެންމީހާއަށް ހަމަލާދީ ބިންމައްޗަށް ވައްޓާލި މައްސަލައެއް ވެސްޓްލަންޑަންގެ އައިސްލްވޯތް ކްރައުން ކޯޓަށް ވައްދައިފިއެވެ.

ސިނަމަން ހީތްކޯޓް ޑްރޫރީ ނަމަކަށް ކިޔާ މި ޕޯޓްރެއިޓް ފޮޓޯގްރަފަރ ވަނީ މުސްލިމް އަންހެންމީހާގެ އާއިލާއަކީ ގައިގަ ބޮން ހަރުކޮށްގެން ޖާނުންފިދާވާ ޓެރަރިސްޓުންތަކެއްކަމުގައި ބުނެފައެވެ. އުމުރުން 41 އަހަރުގެ މިއަންހެނާ ވަނީ ކޯޓުގައި މި ދައުވާއަށް އިންކާރުކޮށްފައެވެ.

އައިޒިލްވާރތް ކްރައުން ކޯޓުގައި އޭނާ ދިން ބަޔާނުގައި އޭނާ ބުނެފައިވާގޮތުގައި މިހަމަނުޖެހުން ފުރަތަމަ ފެށުނީ، ވެސްޓް ލަންޑަންގެ ކެންސިންގޓަންގައި ހުންނަ ޓެސްކޯ ސްޓޯރުގައި މޫނިޔާ ހަމޫމީއަށް އެހީވާން އެދުމުން ހަމޫމީގެ ފިރިމީހާ އެކަމާދެކޮޅު ހެދުމުންނެވެ.

"އެކަމާއި ދެކޮޅު ހެދުމުން ހީތްކޯޓް ކޮންޓްރޯލްއިން ނެއްޓީ ނުންތޯ؟ އަދި އިސްލާމީ ހެދުމެއް ލައިގެން ހުރުމުން ހަމޫމީއާ ދީނީގޮތުން ފުރައްސާރަކުރަންފެށީ. އަދި ތިމަންނާ މީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމުގައި ބުނެ ހަމޫމީގައި ގައިގައި އަތް އަޅާފަ އޭނާ ބިންމައްޗަށް ވައްޓާލީ،" ހަމޫމީ ގެ ލޯޔަރު ކޯޓުގައި ދެންނެވިއެވެ.

މި ހާދިސާ ހިނގައިދިޔައިރު ތިން ކުދިންގެ މަންމަ ހަމޫމީގެ ބަނޑަށް އޭރު ހަމަހެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.