އަރަބިދުނިޔެ ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް ބައްޝާރުލް އަސަދު ގޮތްނެނގޭ ކެމިކަލް ހަތިޔާރު ބޭނުންކުރަނީ

ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް ބައްޝާރުލް އަސަދު ގޮތްނެނގޭ ކެމިކަލް ހަތިޔާރު ބޭނުންކުރަނީ

ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް ބައްޝާރުލް އަސަދު ގޮތްނެނގޭ ކެމިކަލް ހަތިޔާރު ބޭނުންކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ވޯރލްޑް ޓްރިބިއުލް ނޫހުގެ މިދިޔަހޯމަދުވަހުގެ( 11/06/2012) ޢަދަދުގައި ސޫރިޔާގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ވެރިކަން ކުރަމުން އަންނަ ބައްޝާރުލްއަސަދު ގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރަމުން އަންނަކަމަށް ހާމަކޮށްފިއެވެ.

އެނޫހުގައި ހާމަކޮށްފައިވާގޮތުން ސޫރިޔާގެ އެކިއެކި ސަރަހައްދުތަކަށް ވަނި ގޮތްނޭނގޭ ކެމިކަލެއް ހިމެނޭ ބޮންތަކަކުން ހަމަލާދީފައިވާކަމަށާއި މި ޖޫންމަހުގެ 7ވަނަ ދުވަހު ވަނީ ސޫރިޔާގައި އެންމެ ވަރުގަދައަށް އަނިޔާވެރި ބައްޝާރާ ދެކޮޅަށް "ޖިހާދު" ހިގަމުން އަންނަ ތިން ސިޓީކަމަށްވާ ހަމާ އައި ދަރާ އަދި އަދުލަބް އަށްވަނީ ކެމިކަލު ބޮމުން ހަމަލާދީފައެވެ. އަދި މިހަމަލާގައި ބޭނުންކޮށްފައިވަނީ ކޮންބާވަތެއްގެ ކެމިކަލެއްކަމެއް ސާފުނުވާކަމަށް އެނޫހުން މައުލޫމާތު ދެއެވެ. އަނެއްކޮޅުން އ.ދ. ގެ އެހީދޭފަރާތަކަށް ޙިމްޞް ގެ އުތުރަށް އެހީފޯރުކޮށްދިނުމަށް ހުރަސްނެޅުމަށް ސޫރިޔާގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ. އ.ދ. ހާމަކުރާގޮތުގައި ޙިމްޞްގެ އެ ސަރަޙަދުގައި ގިނައިން ހާލުގައި ޖެހިފައި ތިބީ ކުޑަކުދިންނާއި އަންހެނުންނެވެ. (މަޞްދަރު: އަލްބަޔާން)

ބައްޝާރުލް އަސަދުގެ އަނިޔާވެރި ވެރިކަމާއި ދެކޮޅަށް ނުކުމެ ﷲ ގެ މަގުގައި ޖިހާދު ކުރުމަށް އިސްލާމީ އުއްމަތުގެ ގިނަ ޢިލްމުވެރިންތަކެއްވނީ ގޮވާލައްވާފައެވެ. އަދި ބައްޝާރާއީ އެނާ ނިސްބަތްވާ ހައްދުފަހަނައަޅާފައިވާ ޝިޔަޢީންގެ ފިރުގާއެއްކަމަށްވާ "އަންނުޞައިރީން" ނަކީ ކާފަރުންކަމަށް ކުރިއާއި ފަހުގެ ދަންނަބޭކަލުންވަނީ ފަތުވާ ދެއްވާފައެވެ.

ޓެގް

ސީރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.