ހައްދުފަހަނައެޅުމޭ ބުނެވޭއިރަށް އޮޓޮމެޓިކުން އެކަން ރައްދުކުރެވެނީ ތުނބުޅި، ފަޓްލޫނު ފައިކުރި، މޫނުބުރުގާ ފަދަ ދީނީ ޝިޢާރުތަކާއި ގުޅިފައިވާ ތަކެއްޗަށެވެ. އެހެން ގޮތަކަށް ބުނާނަމަ ދީނަށެވެ. ދީނަށް އުޅުމަށެވެ. ގިނަ ފަހަރަށް އެކަން ކަމަކީ ޙަޤީޤަތުގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމަށް ނުވާއިރުވެސްމެއެވެ.
ދީނީ ގޮތުން ޙައްދުފަހަނައަޅައިދާ މީހުން އުޅޭކަމާއި ދިވެހިންގެ ތެރޭގައިވެސް ދީނީ ގޮތުން ޙައްދު ފަހަނައެޅުމުގެ ބައެއްސިފަތައް ކޮންމެވެސް ވަރަކަށް ފެންނަމުން ދިއުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރާ ޙާލު، ޙައްދުފަހަނައެޅުމަކީ ހަމައެކަނި ދީނީ ޢަޤީދާއާއި އަޅުކަންތަކާއި ގުޅިފައިވާ ކަމެއްނޫންކަން މިޙާލަތުގައި ބަޔާންކުރަން ބޭނުމެވެ. ދިރިއުޅުމުގެ ތަފާތު ޙާލަތްތަކުގައި ތަފާތު ކަންތައްތަކުގައިވެސް ކަނޑައެޅިފައިވާ އިމުން ބޭރުވެ ދާކަމުގައިވަނީނަމަ ވާނީ ހަމަ ޙައްދުފަހަނައަޅައި ދިޔައީ ކަމުގައެވެ. އެއީ ދިރިއުޅުމަށް ކުރާ މަސައްކަތް ކަމުގައިވިޔަސް، މުނިފޫހިފިލުވުމަށް ކުޅޭ ކުޅިވަރު ކަމުގައިވިޔަސްމެއެވެ.
ދެންއޮތީ މިންވަކިކުރާ ހިސާބު ކަނޑައެޅުމެވެ. މައްސަލަޖެހޭ، ޒުވާބުކުރަންޖެހޭ އަދި ބައެއްފަހަރު ގަޔަށް އަތްލާންޖެހޭ ހިސާބަކީވެސް މިއެވެ. އެކިމީހުން ޙައްދު ކަނޑައަޅަނީ އެކިހިސާބުގައެވެ. އެމީހެއްގެ ވިސްނުމާއި ޤަބޫލުކުރާ ޤަބޫލުކުރުމެއްގެ މައްޗަށް ބިނާކޮށެވެ. އެހެންކަމަށް ވުމާއެކު އެކެއްގެ މެދުމިން އަނެކާއަށް ޙައްދުފަހަނައެޅުމަށް ވެދެއެވެ. އެހެންނަމަވެސް ދިރިއުޅުމުގެ ހުރިހާ ކަމެއްވެސް ދީނީ ތަރާދުން ކިރާލައިފިނަމަ، ޤުރުއާނާއި ސުންނަތުގެ އަލީގައި ދިރާސާ ކޮށްލައިފިނަމަ، އެކަންކަމުގެ ޙަޤީޤީ މެދުމިނާއި ޙައްދުތައް ދެނެގަތުމަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އަދި ޙައްދުތައް ކަނޑައެޅުމުގައި ތަފާތު ވިސްނުންތަކާއި ފިކުރުތަކެއްވެސް ނޫޅޭނޭމެއެވެ.
ކޮންމެއަކަސް، މަޤުޞަދަކީ ދިވެހި މުޖުތަމަޢުގައި އަޅުގަނޑުގެ ނަޒަރުގައި ހައްދު ފަހަނައަޅާ ގޮސްފައިވާ ކަމަކާބެހޭގޮތުން ޚިޔާލެއް ފާޅުކޮށްލުމެވެ. ކުރިއަށް މިއޮތް ދެމަސްދުވަހަކީ ކުޅިވަރުގެ ވަރަށްބޮޑު ދެ"ޢީދުގެ" ދެމަހެވެ. އެއީ ހަތަރު އަހަރުން އެއްފަހަރު ބޭއްވޭ ދުނިޔޭގެ ދެ ކުޅިވަރު ޢީދެކެވެ. ޖޫންމަހު ފެށޭ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ޖުލައިމަހު އޮންނަ ހޫނުމޫސުމުގެ އޮލިމްޕިކްސްއެވެ. މީގެތެރެއިން މިއަދު ބޮޑަށް ވާހަކަދައްކާލަން ބޭނުންވަނީ ފުޓްބޯޅަ މުބާރާތާ ބެހޭގޮތުންނެވެ.
ފުޓްބޯޅައަކީ ގިނަދިވެހިންގެ އެންމެ މަޤްބޫލް ކުޅިވަރެވެ. ފުޓްބޯޅަކުޅޭ އަދި ފުޓްބޯޅަ ކުޅޭތަން ބަލާ ދިވެހިންނަކީ ވަރަށް ގިނަބައެކެވެ. ޚުދު އަޅުގަނޑަކީވެސް ފުޓްބޯޅަ ކުޅުމަށާއި އެކުޅިވަރުކުޅޭ އަދި އެކުޅިވަރާގުޅޭ އެކި ޙަރަކާތްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ މީހަކީމެވެ. ޤަވާޢިދުން ފުޓްބޯޅަ ކުޅޭނަމަ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށްވެސް އެހީވެދޭނެކަން ޔަޤީނެވެ. އެހެންނަމަވެސް ދުނިޔޭގެ ފެންވަރުގައި މިބޭއްވޭ ތަފާތު ފުޓްބޯޅަ މުބާރާތްތަކާއި ގުޅިގެން ރާއްޖޭގައި މިކުރެވޭ ކަންތައްތަކާއި ހިންގޭ ޙަރަކާތްތަކަކީ ހަމަ އެކަންކަން ކުރެވެން ޖެހޭނެ ގޮތްބާވައޭ ސުވާލު އެފެދެއެވެ. މިސާލަކަށް 2010ގައި ކުޅެވުނު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ވިސްނާލަމާ ހިނގާށެވެ.
މެޗްތައް ޤަވާޢިދުން ވަގުތުން ބަލާފަރާތްތަކަށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމާއި ފަތިސް ނަމާދު ވަގުތުގައި ކުރުމަކީ ވަރަށް ދަތިކަމަކަށް ވާނެއެވެ. އަމުދުން އިރުއޮއްސޭ ވަގުތު މެޗްކުޅެވޭތީ މަޣްރިބުނަމާދު އަޅާފައި ވަރަށް ގިނަބަޔަކު ޓީވީބުޑުގައި ތިބޭތަން ފެނެއެވެ. ކޮންމެއަކަސް ދިވެހި ޓީވީން ވޯލްޑްކަޕް ވަގުތުން ދައްކަން ފެށުމަށްފަހު ކޮންމެ ފަހަރަކުހެން ދިވެހިންގެ ޙާލަތު ހުންނަނީ މިފަދައަކުންނެވެ.
އަޅުގަނޑުމެން އެންމެންވެސް މިކިޔަނީ އިޤްތިޞާދީ ގޮތުން ރާއްޖެ އަނދަވަޅަކަށް ވެއްޓިފައިވާ ވާހަކައެވެ. ދިވެހިންގެ އަތްމަތި ދަތިވެ ތަދުމަޑުކަން އިޙުސާސްކުރަން ޖެހިފައިވާ ވާހަކައެވެ. އެކަމަކު ވޯލްޑްކަޕް ފަދަ ފުޓްބޯޅަ މުބާރާތެއް ޕަބްލިކް ޓީވީއިން ވަގުތުން ދުރަށް ފޮނުވުމަށްޓަކައި އެތައް ލައްކަ ރުފިޔާއެއް އެބަޚަރަދުކޮށްލައެވެ. އެނގިފައިވާ ގޮތުގައި މިފަހަރުމިބޭއްވޭ ޔޫރޯ މުބާރާތުގެ ހުރިހާ މެޗެއް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. ގައިމުވެސް ބޮޑު ޚަރަދެއް ކުރަންޖެހޭނެއެވެ. މީގެކުރިއަކުން ޔޫރޯގެ ހުރިހާ މެޗެއް ޕަބްލިކް ޓީވީން ވަގުތުން ދައްކާފައެއް ނުވެއެވެ. އެހެންވީމާ ދިވެހިންގެ އަތްމަތި ދަތިވާހަކަ އެއީ ދޮގުވާހަކައަކީ ކަންނޭނގެއެވެ. ކުޅިވަރު މުބާރާތްތައް ސްޕޮންސަރކުރަން މިހާފޯރިއެއް ހުންނައިރު ދީނީ އިޖުތިމާޢީ ޙަރަކާތެއް ހިންގުމަށް އެހީއެއްވެދޭނެ ފަރާތެއް ގިނަފަހަރަށް މިއޮންނަނީ ނުވެފައެވެ.
ދެންމިއޮތީ މުބާރާތަށް "ތައްޔާރުވުމުގެ ގޮތުން" ޓީވީން ފޮނުވާ ތަފާތު ޕްރޮގްރާމްތަކެވެ. 2010ގައި އޮތީ ވުވްޒެލާ ފޯރިއެވެ. ވުވްޒެލާއިން ހަމައެކަނި ނުވެގެން ދެންއައީ ވުވްޒެލާކިޑްސްއެވެ. ޓީމްތަކާއި ވަކިވަކި ކުޅުންތެރިންގެ ޕްރޮފައިލްތަކާއި ޢާއްމުންގެ ޚިޔާލާއި ފުޓްބޯޅަ "ސްޕެޝަލިސްޓުން"ގެ ރަޢުޔުތަކާއި ފުޓްބޯޅަ "ކޮމިއުޓިނީ"އިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހިންގޭ ޙަރަކާތްތަކާއި އަދި މުބާރާތަށް ޚާއްޞަކޮށް ތައްޔާރުކުރެވޭ، ދިވެހިންކިޔާ އަދި ކުޅެހަދާފައި ހުންނަ އޯޑިއޯ ވީޑިއޯ ލަވަތަކާއެކު މިކަމެއް ކުރިއަށްދާނެއެވެ.
ތަފާތު ރަށްރަށުގެ ފަރާތްތަކާއި ފޯނުން ގުޅައިގެން އެއަށްރަށުގައި ވެވެމުން ދަނީ ކޮންކަހަލަ ތައްޔާރީއެއްތޯ ބެލެމުންދާނެއެވެ. މިގޮތުން އެއްޕްރޮގްރާމެއްގައި ގުޅައިގެން ވާހަކަދެއްކި ފަރާތަކުން ޓީވީއެމްއިން މާބޮޑަށް "އޯވަރ"ވެގެންއުޅޭ ވާހަކަ ބުންޏެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ސުވާލުތަކަށް ހެއްވާ ޖަވާބުތަކެއް ދިނެވެ. ކޮންމެއަކަސް އެޒުވާނާ ބުނީ ވަރަށްބޮޑު ތެދެއްކަމަށް ޤަބޫލުކުރަމެވެ.
ރާއްޖޭގައި މިފަދަ މުބާރާތެއް ބޭއްވުމަކީ އެކަށިގެންވާ ކަމެއްނޫނެވެ. އަދި ރާއްޖެ މިފަދަމުބާރާތަކަށް ކައިރި ޒަމާނަކު ކޮލިފައިވުމަކީވެސް އެކަށިގެންވާ ކަމެއްނޫނެވެ. އެކަމަކު މިވެރިން އުޅޭގޮތުން ހީވަނީ މުބާރާތް އޮތީ ރާއްޖޭގައި ހެންނެވެ. ނުވަތަ ރާއްޖޭ މިމުބާރާތަށް ކޮލިފައިވެ މުބާރާތުގައި ވާދަކުރަނީހެންނެވެ. ޢަޖައިބުވެ އަންތަރީސް ވާހާވެއެވެ. ތަފާތު ޤައުމުތަކަށް އަދި ތަފާތު ކުޅުންތެރިންނަށް ސަޕޯޓްކުރާ ފަރާތްތަކުން އެމީހުންގެ ޙަރަކާތްތައް ކުރިއަށްގެންދަން ހޭބޯނާރާ އުޅެތެވެ. މިއިރު އެޤައުމުތަކަށް ނުވަތަ އެކުޅުންތެރިންނަށް މިއީ ދުނިޔޭގައި އުޅޭ ބައެއްކަންވެސް އެނގޭނެގޮތެއް ނެތެވެ. މުބާރާތް ބެލުމަށްޓަކައި ޖަގަހަތައް ތައްޔާރުކުރެވި ޒީނަތްތެރި ކުރެވެމުންދެއެވެ. މުބާރާތުގައި ބައިވެރިވާ ބައެއް ޤައުމުތަކުގެ ދިދައިގައި ޞަލީބު ކުރެހިފައިހުރުމާއެކު މިދުވަސްވަރަކީ ގޭގޭގެއާއި މަގުމަތީ ފާރުތަކުން ޞަލީބުވެސް ފެންނަ ދުވަސްވަރެކެވެ. މުބާރާތާއި ގުޅޭ ފޮތްތަކާއި "ސްކޯރޝީޓާއި"، "ވޯލްޗާޓް" ފަދަ ތަކެތި ޢާއްމުވެގެންދެއެވެ. ގޭގޭގެ ސިޓިންގްރޫމްތަކުގެ ފާރުތަކުގައި މިތަކެތި ހަރުކުރެވި މުބާރާތް ހިނގަމުންދާއިރު "އަޕްޑޭޓް" ކުރެވެމުންދެއެވެ. އެމީހަކު ސަޕޯޓްކުރާޓީމެއް ކަޓަންދެންނެވެ. ދެން އެހިސާބުން އޭގެމަތިން ހަނދާންނެތިގެންދެއެވެ.
މެޗްގެ ސްކޯރދިމާކުރުމަށް އެސްއެމްއެސްކޮށް އިންޓަނެޓް ކުއިޒްތަކުގައި ބައިވެރިވެ، ބޮޑު ޚަރަދުކޮށްގެން ޓީވީއާއި ޕްރޮޖެކްޓަރާއި އެނޫންވެސް އެފަދަ އާލާތްތައް ގަނެ ޖަގަހަތައް ހަދައި ރޭނގަޑު ދަންވަރު ހޭލާތިބެ ޕްރީމެޗްޝޯވތަކާއި މެޗްތައް ބަލާފައި ފަތިސްނަމާދު ވަގުތު ގާތްވުމުން އަރާއޮށޯވެ ނިދުމަކީ ފުޓްބޯޅައިގައި ހައްދުފަހަނައަޅައިދިއުން ނޫންކަމުގައި ނުދެކެމެވެ.
މުބާރާތް ފެށުމާއެކު މެޗްކުޅޭ ވަގުތާއި ޕްރީމެޗްޝޯތަކާއި ޕޯސްޓްމެޗް ޝޯތަކުން ޓީވީ ޕްރޮގްރާމް ގައިޑް ފުރާލައެވެ. ހަވީރު ހަތަރުގަޑިބައިގައި މެޗްފެށެން އޮތަސް އޭގެ ގަޑި ދޮޅުގަޑިއިރުކުރިން ލައިވްޝޯ ފަށައެވެ. އަސުރު ނަމާދަށް ބަންގިއަށް މެދުކަނޑާލާފައި ބަންގި ހަމަނިމުމާއެކު އަނެއްކާ ފަށައެވެ. އޭރު އަދި މެޗް ފެށޭނެ އިރެއްވެސް ނޭނގެއެވެ. އެކަމަކު ޝޯ ހުށަހަޅަންތިބޭ ފިރިހެން "އެންކަރު"ތައް ޖަމާޢަތުގެ ނަމާދު އަޅާފައި އެއަށްވުރެ ބޮޑު އެހެންކަމެއް ނުވާ ބީދައަކުން އެޝޯއާގެން ކުރިއަށްދެއެވެ. މައްސަރުކަންތަކާހުރެ އަޅާނުލާ ތިބީއޭ ހީކޮށްލެވޭނީވެސް އަންހެން "އެންކަރު"ތަކެއް ނަމަތާއެވެ. އަޅެ ނަމާދުކޮށްލައިގެން އައިސް އަނެއްކާ ކުރިއަށްގެންދިޔަ ނަމައީ ކީއްހެއްޔެވެ؟ ފަހަރެއްގައި އެއީ ސްޕޮންސަރުންގެ އިރުޝާދުކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ތިޔަ ސްޕޮންސަރުންނަކަށްވެސް ތިބާއަށް އެންމެފަހު ވަގުތު ވެދެވޭނެ އެއްވެސް އެހީއެއް ނޯންނާނެއެވެ.
އެސްއެމްއެސް ކޮށްގެން ސްކޯރ ދިމާކުރުމާއި މޮޅުވާނެ ޓީމެއް ބުނުންފަދަ ޙަރަކާތްތައް މިދުވަސްވަރު ވަރަށް ގަދައަށް ކުރިއަށްދެއެވެ. އަދި ރަނގަޅުޖަވާބު ދިމާކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން އަގުބޮޑެތި އިނާމްތައް ދެވެއެވެ. މިއަށް ޖުވާއޭ ނުކިޔޭނެނަމަ ދެން ޖުވާއޭ ކިޔޭނެ އެހެން އެއްޗެއް ވާނެކަމަށް ޤަބޫލުކުރަން ދައްޗެވެ. މެޗްތައް ޤަވާޢިދުން ވަގުތުން ބަލާފަރާތްތަކަށް ޖަމާޢަތުގެ ނަމާދަށް ޙާޟިރުވުމާއި ފަތިސް ނަމާދު ވަގުތުގައި ކުރުމަކީ ވަރަށް ދަތިކަމަކަށް ވާނެއެވެ. އަމުދުން އިރުއޮއްސޭ ވަގުތު މެޗްކުޅެވޭތީ މަޣްރިބުނަމާދު އަޅާފައި ވަރަށް ގިނަބަޔަކު ޓީވީބުޑުގައި ތިބޭތަން ފެނެއެވެ. ކޮންމެއަކަސް ދިވެހި ޓީވީން ވޯލްޑްކަޕް ވަގުތުން ދައްކަން ފެށުމަށްފަހު ކޮންމެ ފަހަރަކުހެން ދިވެހިންގެ ޙާލަތު ހުންނަނީ މިފަދައަކުންނެވެ.
މިއަހަރަކީ ޔޫރޯގެ ހުރިހާ މެޗެއް ފުރަތަމަފަހަރަށް ވަގުތުން ދައްކާ އަހަރެވެ. ވޯލްޑްކަޕަށްވުރެ ފޯރިގަދަނުވިޔަސް މިއީވެސް ދިވެހިންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެކެވެ. އެހެންކަމުން ހީކުރެވެނީ މީގެ ކުރިއެކޭ އެއްގޮތަށް މުބާރާތާއި ގުޅޭ ޙަރަކާތްތައް އެފަދަ ގޮތަކަށް ދާނޭކަމެވެ. އެހެންނަމަވެސް އެކަމުގައި މެދުމިނުގެ އުސޫލެއް ގެންގުޅުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި އަޅުގަނޑުދެކެމެވެ. އަޅުގަނޑުމެންގެ ދީނުގައި މުނިފޫހިފިލުވުމަކީ ނެތްކަމެއް ނޫނެވެ. ފުޓްބޯޅައާއި ގުޅޭ ޙަރަކާތްތަކުގައި އަޅުގަނޑުމެންނަށް ބައިވެރިވެވިދާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާއި ވާޖިބުތަކަށް ހުރަސްއެޅިގެންދާނެފަދަގޮތަކަށް އެކަންކަމުގައި ހޭބޯނާރާ އުޅުމަކީ ކަމުދާގޮތެއްނޫނެވެ. މެޗްގެ ސްކޯރދިމާކުރުމަށް އެސްއެމްއެސްކޮށް އިންޓަނެޓް ކުއިޒްތަކުގައި ބައިވެރިވެ، ބޮޑު ޚަރަދުކޮށްގެން ޓީވީއާއި ޕްރޮޖެކްޓަރާއި އެނޫންވެސް އެފަދަ އާލާތްތައް ގަނެ ޖަގަހަތައް ހަދައި ރޭނގަޑު ދަންވަރު ހޭލާތިބެ ޕްރީމެޗްޝޯވތަކާއި މެޗްތައް ބަލާފައި ފަތިސްނަމާދު ވަގުތު ގާތްވުމުން އަރާއޮށޯވެ ނިދުމަކީ ފުޓްބޯޅައިގައި ހައްދުފަހަނައަޅައިދިއުން ނޫންކަމުގައި ނުދެކެމެވެ.

















ވަރަށް ރަނގަޅު ލިޔުމެއް، ޙަގީގަތުގައި ވެސް ތިކަން އޮންނަގޮތް ތިއީ. ތިޕްރޮގްރާމް ތައް ހުށަހަޅުއްވާ ޕްރެޒެންޓަރުން ވެސް ‘ބިޒީ’ ވެގެން އުޅޭގޮތަކީ ވެސް …. އަޅުގަނޑުގެ ހިތަށް އަރާ އެއްޗެއް ފުޓްބޯޅަ މުބާރާތްތަކުގައި މިލާ ޖާރޒީ އާއި ބެހޭ ގޮތުން. ކޮންމެ ކުޅިވަރެއް ކުޅުނަސް ޢައުރަ ނިވާ ވާންޖެހޭނެ ނޫންތޯ. މިހާވަރަށް މިކަމަށް ހޭދަކުރާއިރު ހަމަ ދީނީ ޕްރޮގްރާމް ތައްވެސް ލައިވް ކުރުން މާމުހިންމު. މިސާލަކަށް ‘ޕީސް ޓީވީ’ އިން ބާއްވާ ‘ޕީސް ކޮންފަރެންސް’ ފަދަ ޕްރޮގްރާމް ތަކުން ލިބޭ ފާއިދާ މާބޮޑުވާނެ.
މީ ވ ރަނގަޅު ލިޔުމެއް. އަދި ނިމި ދިޔަ ޤުރުއާން މުބާރާތް ތަކުގެވާހަކަ ގެނައިނަމަ ވ ފުރިހަމަ ވީސް. މުބާރާތެއް ފުށޭކަމެއްވެސް ނިމޭ ކަމެއްވެސް މީހުންނަށް ނޭގެ.
ރަނގަޅު ލިޔުމެއް
ސުބްޙާނައްﷲ
ވަރަށް ރަގަޅު ލިޔުމެއް
މާޝާ ﷲ… ވަރަށް ފުރިހަމަ ލިޔުމެއް..
ހަގީގީ ހައްދުފަހަނައެޅުމަކީ މިބާވަތުގެ ކަންތަކެވެ. ނަމަވެސް ހިތާމައަކީ އަޅުގަޑުމެންގެ ތެރެއިން ބަޔަކު މިއަދު ވަކާލާތު ކުރަމުން މިދަނީ ކީރިތި މާތް ރަސޫލާގެ ސުންނަތަށް ލޯބިކުރުމަކީ ހައްދުފަހަނައެޅުންކަމަށް ހެދުމަށެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެއީ އިސްލާމީ ހުދޫދުގެތެރެއަށް މީހާ ވަދެ ރަގަޅަށް ހައްދުގެ ތެރޭގައި ސާބިތުވެ ހުންނަން މަސައްކަތް ކުރާކަމުގެ އަލާމާތެކެވެ.
ވަރަށް ރަނގަޅު ލިޔުމެއް..! އަދި މިގައި ފާހަގަ ކޮއްލަން ޖެހޭ އެއްޗަކީ ޓިވީ އިން ލައިވް ކުރަމުންދާ އަގުބޮޑެތި ލަވަ މުބާރާތްތައް..!!
ގުރުއާން މުބާރާތް ހަދައިގެން ރީތި ރާގު ރާގައް ކިޔުމަކީވެސް ބިރުވެތި ވާންޖެހޭކަމެއް. އެއީ އެކަމުގެ ތެރެއައް ދެއްކުންތެރިކަން ވަދެދާނެތީ. ގުރުއާނަކީ އެޔާމެދު ބިރުވެތި ވާންޖެހޭ ފޮތެއް. އެއީ ޅެންފޮތެއް ނޫން.