އަދާމް ރިފާޢު / މަސްއޮޑިގެ ށ. ނޫމަރާ 20 އަހަރު ވަނީ ތިޔަބޭފުޅުންގެ އެހީ އަށް ބޭނުންވެފައެވެ. މީގެ 4 ވަރަކަށް މަސް ކުރިން ރިފާޢު އާދައާއި ޙިލާފަށް ގިނައިން ރޯގާޖެހި ކެއްސާތީ އޭޑީކޭގެ ޑޮކްޓަރއަށް ދެއްކުމުން ޕުއްޕާމޭގައި މައްސަލަތަކެއް އުޅޭކަމުގައި ޑޮކްޓަރ މަޢުލޫމާތު ދިނުމުން އިތުރު ތަޙްލީލު ތަކެއް ކުރެވުނެވެ.
މިތަޙްލީލު ތަކުން އެންގިގެން ދިޔަ ގޮތުގައި ރިފާޢުގެ ފުއްޕާމޭގެ ކަނާތް ފަރާތުގައި ގަނޑު އެއްޗެއް އުފެދިފައި ވާކަމަށާއި އަދި އެކަމުގެ ސަބަބުން ނޭވާލާން ދަތި ވަނީ ކަމުގައި ޑޮކްޓަރ ވިދާޅުވިއެވެ. އަދި ފުއްޕާމޭގެ ކަނާތްފަރާތް ކުޑަވެފައި އެ ގަނޑު އިން ފަރާތުން ވައި ބޭރުވާކަމުގައި ވިދާޅުވިއެވެ. އަދި ވަގުތުން ރާއްޖޭއިން ބޭރަށް ދިޔުމަށް އެދުނެވެ. އާސަންދާގެ އެހީގެ ދަށުން ރިފާޢު އިންޑިޔާގެ އަނަންތަޕޫރީ ހޮސްޕިޓަލުން އަވަސް ފަރުވާ ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އޮޕަރޭސަން ކޮށް އެގަނޑު ވަނީ ފުއްޕާމޭއިން ނެގިފައެވެ. ﷲގެ ރަޙްމަތުން ރިފާޢުގެ ހާލު ވަނީ ރަނގަޅުވެފައެވެ.
ނަމަވެސް ހިތާމައަކީ ރިފާޢު ހޮސްޕިޓަލުން ދޫކޮއްލުމާއި ގުޅިގެން ހޮސްޕިޓަލަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ޙަރަދުގެ ތަފްޞީލާއެކު އަސަންދާއިން އެދުމުން އެތަނުން ވަނީ ރިފާޢުގެ ދައްތައަށް ސިޓީއަކުން 01 ޖެނުއަރީ އިން 22 މާރޗް 2012 އަށް އާސަންދާގެ ދަށުން ކުރާ ހިލޭ ބޭސްފަރުވާގެ ލިމިޓް ހުސްވެފައިވާކަމުގައި އާއި އިތުރަށް ދެން އެހީ ދެވެން ނެތް ވާހަކަ ސިޓީއަކުން އަންގާފައެވެ.
މިއަދު ރިފާޢުވަނީ އިންޑިޔާގެ އަނަންތަޕޫރީ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފައެވެ. އަނަންތަޕޫރީ ހޮސްޕިޓަލުން ފަރުވާހޯދުމަށްފަހު އެތަނުގެ ބިލްތަކަށް ބޮޑުޢަދަދެއް އަރާފައިވާތީ ދައްކަން ޖެހޭ ފައިސާ ނެތުމުުން އާދަމް ރިފާއު ވަނީ ހޮސްޕިޓަލުން ދޫކޮށްނުލެވިފައެވެ. ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާގެ އަދަދު އިންޑިޔާ ރުޕީސް 3 ލައްކަ އަރައެވެ. ރިފާޢުގެ އާއިލާއަކީ އެހާ ފޯރުންތެރިކަން ހުރި އާއިލާއަކަށް ނުވުމުން ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ވަނީ ނުވެފައެވެ. އަދި މިއަދު ރިފާޢުވަނީ ތިޔަބޭފުޅުންގެ ދީލަތި އެހީއަށް ބޭނުންފެވައެވެ. އިތުރު މަޢުލޫމާތު ބޭނުން ކަމުގައި ވާނަމަ ރިފާޢުގެ ދައްތަ ރަހުމާ އިބްރާހިމް (ފޯން 7969099) ގުޅުއްވައި ސާފު ކުރެއްވުން އެދެވެ. އަދި ފައިސާގެ އެހީ ތެރިކަން ދޭން ބޭނުން ވެލައްވާ ފަރާތްތަކުން ރަހްމާގެ އެކައުންޓު:7703486152001 ރަޙުމާ އިބްރާހީމް އަށް ޖަމާކޮށް ދެއްވާށެވެ.
ދީލަތި ފަރާތްތަކެއްގެ އެހީއާއި މަދަދަށް ބޭނުންވެފައިވާ މިއިންސާނާއަށް ލަސްނުކުރަށްވާ އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އެޢާއިލާގެ ވަރަށްބޮޑު އެދުމެކެވެ. ރިފާޢުއަށް ދިއްކޮށްލެވޭ އެންމެ ފައިސާ ފޮއްޗަކީވެސް އެފަރާތަށް މިއަދު ބޮޑު އެއްޗަށްވާނެއެވެ. އެހެންކަމުން ކިތަންމެ ކުޑަ މިންވަރެއް ﷲގެ މަގުގައި ހޭދަކުރުމަކީ ގެއްލިގެން ދާނެ އެއްޗެއްކަމުގައި ނުދެކޭށެވެ. އޭގެ ބަދަލުގައި ތިބާއަށް ﷲ އެއައްވުރެ މަތީ ދަރަޖަދެއްވާނެ ކަން ހަދުމަނެތި ނުކޮށްލާށެވެ.
އާދަމް ރިފާއުގެ ބައްޔާ ގުޅޭ ލިޔެކިޔުންތަށްވަނީ ދިއިސްލާމްއަށް ލިބިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...