އައި-ފައި އަކީ ކުޑަކުޑަ އެސްޑީ މެމޮރީ ކާޑެކެވެ. މިއީ ފުރަތަމަ ވަޔާލެސް މެމޮރީ ކާޑެކެވެ. އާދައިގެ އެސްޑީ ކާޑުބޭނުންކުރެވޭ ހުރިހާ ކެމެރާއަށް އައި-ފައި ކާޑު ބޭނުންކުރެވެއެވެ. މިކާޑު ހާއްސަކަމަކީ މިކާޑުގައި ވައިފައި ޓޭކްނޮލޮޖީއިން ފޮޓޯ އާއި ވީޑިއޯ ޓްރާންސްފާރ ކުރެވޭތީއެވެ. އައީފޯނާއި، އައިޕެޑް، އެންޑްރޮއިޑް އާލާތްތަކުގެ އިތުރުން ކޮންޕިއުޓަރއަށް ހިއްސާކޮއްލެވެއެވެ. މިކާޑު ވައިފައި ނެޓްވޯކެއް މެދުވެރިކޮއް ކޮންޕިއުޓަރަށް ފޮނުވުން ނުވަތަ ސޯސިއަލް ނެޓްވޯކިންގް 25 ސައިޓަކަށް އަޕްލޯޑް ކޮއްލެވިދާނެއެވެ. ބޭނުންވާ ގޮތަކަށް ސެޓިންހެދުމަށް މެމޮރީކާޑު ކާޑް ކޮންޕިއުޓަރާ ކަނެކްޓް ކުރުމަށްފަހު މިކާޑާއިއެކުލިބޭ ހާއްސަ އެޕްލިކޭޝަންއަކުން ފަސޭޙަ ސެޓިންގްތަކެއް ހަދާލަންޖެހެއެވެ. ކޮންޕިއުޓަރގައި ފޮޓޯޖަމާވާތަނާއި ސޯސިއަލް ނެޓްވޯކިންގް ސައިޓަކަށް އަޕްލޯޑްކުރަން ބޭނުންނަމަ އެގޮތަކަށް ސެޓިންގް ހަދާލެވޭނީ މި އެޕްލިކޭޝަން ބޭނުންކޮއްގެންނެވެ. މިސާލަކަށް ސެޓިންގް ހަދާފައިވަނީ އަމިއްލަ ގޭގެ ނެޓްވޯކަށް ނަމަ ރޭންޖްލިބޭ ހިސާބަކަށްގޮސް ކެމެރާ ހުޅުވާލުމުން ވަގުތުން ޓްރާންސްފާރ ވާން ފަށާނެއެވެ. މިކާޑު ބޭނުންކުރެވޭނެ ދެވަނަ ގޮތަކީ "ޑައިރެކްޓް މޯޑް" ސީދާ ވަގުތުން ގުޅާލަދިނުމެވެ. ކޮންމެތަނެއްގައި ހުރިނަމަވެސް އައިފޯނާއި، އައިޕެޑް އަދި އެންޑްރޮއިޑް އާލާތްތަކަށް ފޮޓޯއާއި ވީޑިއޯ ހިއްސާކޮއްލެވެ. މިގޮތަށް ބޭނުންކުރާނަމަ އައި-ފައިގެ ހާއްސަ އެޕްލިކޭޝަން އަޅަންޖެހެއެވެ. އެގޮތުން އެޕަލް އާއި އެންޑްރޮއިޑަށް ހާއްސަ އައި-ފައި އެޕްލިކޭޝަން ޑައުންލޯޑް ކުރެވެންހުންނާނެއެވެ. މި އެޕްލިކޭޝަން ހުޅުވާލުމަށްފަހު ނަގާ ކޮންމެ ފޮޓޯއެއް ކުޑަ ހިންދުކޮޅެއްގެ ތެރޭގައި އެ އާލާތަކަށް ޖަމާވާނެއެވެ. މިހެންވުމުން މެމޮރީ ފުލްވެދާނެތީ ބިރުގަންނާކަށް ނުޖެހެއެވެ. އައި-ފައި ކާޑުގެ ތިންވައްތަރެއް ހުރެއެވެ. އެއީ އައި-ފައި ކަނެކްޓް (4ޖީބީ) ، އައި-ފައި މޮބައިލް (8ޖީބީ)، އައި-ފައި ޕްރޯ (8ޖީބީ) އެވެ. މިކާޑު ތަކުގެ ރޭންޖް އެތެރޭގައި 45 ފޫޓު، ބޭރުތެރޭގައި 90 ފޫޓު ދުރުމިނުގައި ބޭނުންކުރެވޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...