ބަޞަރާގެ މިސްކިތެއްގައި ބަޔަކު މީހުން އެއްވެފައިވަނިކޮށް ޚާލިދް ބިން ޞަފްވާނަށް ފެނިވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. ”މިއީ ކޮން އެއްވުމެއް ހެއްޔެވެ؟“
އަދި އެކަލޭގެފާނަށް ދެންނެވުނެވެ. ”ކައިވެނި ކުރުމަށް ތައްޔާރުވެފައިވާ (އެބަހީ ކައިވެނިކުރާ ޢުމުރުގެ) އަންހެން ކުދިންތަކެއްގެ ވާހަކަ އަންހެނަކު މީސްތަކުންނަށް ކިޔައިދެނީއެވެ.“
އެކަލޭގެފާނު އެއަންހެން މީހާގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”ތިމަންކަލޭގެފާނު ކައިވެނި ކުރެއްވުމަށް އެދިވަޑައިގަންނަވަމެވެ.“
އަންހެންމީހާ ބުންޏެވެ. ”އެކުއްޖެއްގެ ކިބައިގާ ހުންނަށް ބޭނުންވާ ސިފަތައް ކިޔައިދެއްވާށެވެ.“
އެކަލޭގެފާނު ކިޔާދެއްވިއެވެ. ”ތިމަންކަލޭގެފާނު އޭނާ ވުމަށް ބޭނުންވަނީ ބިކުރުވެރި އަންހެން ކުއްޖަކަށެވެ. އޭނާގެ ވިސްނުން ތޫނުކަން ވާން ޖެހޭނީ ކައިވެނި ކޮށްގެންހުރި ކުއްޖެއް ފަދައިންނެވެ. ނުވަތަ ބޭނުމީ، ކައިވެނިކޮށްފައިވާ، ބިކުރުވެރި އަންހެން ކުއްޖެއްފަދަ މައުސޫމް ކުއްޖެކެވެ. ކައިރީގައިވާ ހިނދު އޭނާގެ ފޮނިކަން ލިބިދޭ ފަދަ ކުއްޖެކެވެ. އަދި ދުރުގައިވާ ހިނދު ހެޔޮލަފާ ކުއްޖެއް ފަދައެވެ. އަދި މުއްސަނދި ދިރި އުޅުމެއް އުޅުމަށްފަހު ފަޤީރުކަމުގެ ޙަޔާތަކަށް ބަދަލުވެފައިވާ ކުއްޖެކެވެ. އޭގެ ސަބަބުން އޭނާއަށް މުއްސަދިންގެ ކިބައިގައިވާ އަދަބުތަކާއި ފަޤީރުންގެ ކިބައިގައިވާ، ތިމާމެންނަކީ ނިކަމެތިންކަން ދަސްވުމުގެ ސިފަ ލިބިގެން ވުމަށްޓަކައެވެ. އަހަރެމެން މުދައު އެއްކުރާނަމަ ވާންޖެހޭނީ ދުނިޔޭގެ އަހުލުވެރިން ފަދަ ބަޔަކު ކަމުގައެވެ. އަދި އަހަރުމެން ފަޤީރުވާ ހިނދު ވާން ޖެހޭނީ އާޚިރަތުގެ މީސްތަކުން ފަދައިންނެވެ.“
އަންހެންމީހާ ބުންޏެވެ. ”ކަލޭގެފާނަށް ތިފަދަ އަންހެން ކުއްޖަކު ލިބިލައްވާނެ ތަނެއް އަހަންނަށް އެނގެއެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”އެހެންވެއްޖެއްޔާ އެފަދަ ކުއްޖަކު ވަނީ ކޮންތަނެއްގައި ހެއްޔެވެ؟“ އަންހެން މީހާ ބުންޏެވެ. ”އެއީ ޖަންނަތުގައެވެ. އެހެންކަމުން އެކުއްޖާ ޙާޞިލްކުރުމަށްޓަކައި ގަދައަޅާ މައްސައްކަތް ކުރާށެވެ!“
ކޮމެންޓް (0)
ލޯޑް ކުރަމުން...