ސައިންސާއި ޓެކް "ވިންޑޯރސް 8 ކޮންސިއުމަރ ޕުރިވިއު" އެއްދުވަސްތެރޭ 1 މިލިޔަން ޑައުންލޯޑު.

"ވިންޑޯރސް 8 ކޮންސިއުމަރ ޕުރިވިއު" އެއްދުވަސްތެރޭ 1 މިލިޔަން ޑައުންލޯޑު.

"ވިންޑޯރސް 8 ކޮންސިއުމަރ ޕުރިވިއު" އެއްދުވަސްތެރޭ 1 މިލިޔަން ޑައުންލޯޑު.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ވިންޑޯޒް 8 ކޮންސިއުމަރ ޕްރިވިއު އެއްދުވަސްތެރޭގައި 1 މިލިޔަން ޑައުންލޯޑުކޮއްފިކަމަށް މައިކްރޯސޯފްޓްގެ "ބިލްޑިންގް ވިންޑޯޒް8 ޓީމް" ޓުވީޓަރގައި ހާމަކޮއްފިއެވެ.  ވިންޑޯޒް8 ކޮންސިއުމަރ ޕްރިވިއު ޢާންމު ޑައުންލޯޑަށް ނެރެފައިވަނީ 29 ފެބުރުއަރީގައެވެ. މިދިޔައަހަރުގެ ފަހުކޮޅު މައިކްރޯސޯފްޓްއިން ނެރެފައިވާ ވިންޑޯޒް ޑިވެލޮޕަރ ޕްރިވިއު ދެމަހުގެތެރޭގައި 3 މިލިއަން ޑައުންލޯޑް ކޮއްފައިވެއެވެ.

"ވިންޑޯޒް8" މިއީ މައިކްރޯސޯފްޓުން އެންމެ އަވަހަށް ނެރެން ތައްޔާރުވަމުންއަންނަ ވިންޑޯޒްގެ ވަރޝަންއަށް ދީފައިވާ ކޯޑް ނަމެވެ.

މިފަހުގެ ވަރޝަންގައި ވަރަށްގިނަ އާ ކަންތައްތައް ހުންނާނެކަމަށް ގިނަބަޔަކު ދަނީ އުއްމީދު ކުރަމުންނެވެ. އެގޮތުން ޔޫއެސްބީ 3.0 ސަޕޯރޓްކުރުމާއި ލައިވް އައިޑީ އިންޓިގްރޭޝަންއާއި ވިންޑޯޒް ސްޓޯރގެ އިތުރުން ކޮންޕއިޓަރ ހުޅުވާ ނިއްވުމުގައި އާދަޔާއި ޚިލާފު ހަލުވިކަމެއް ގެނުވާނެކަމަށް ވެއެވެ.

އިންޓެލް އާއި އޭއެމްޑީގެ 86* މައިކްރޯ ޕްރޮސެސަރ ތަކަށާއި އޭއާރުއެމް ޕްރޮސެސަރ ތަކުގައި މިއޮޕަރޭޝަން ސިސްޓަމް ބޭނުންކުރެވޭނެއެވެ.

ވިންޑޯޒް8 ބާޒާރަށް ނެރޭނެ ރަސްމީ ދުވަހެއް އަދި އިޢުލާން ނުކުރެއެވެ.

ވިންޑޯޒް8 ކޮންސިއުމަރ ޕުރިވިއު ތަޖުރިބާކޮއްލަން ބޭނުންނަމަ ޑައުންލޯޑް ކުރައްވައިގެން ތަޖުރިބާކޮއްލެވިދާނެއެވެ. .

 ވިންޑޯޒް8 ކޮންސިއުމަރ ޕުރިވިއު ޑައުންލޯޑު ކުރައްވާ

Product Key:   DNJXJ-7XBW8-2378T-X22TX-BKG7J

Windows 8 Consumer Preview Build 8250 (32-bit) ISO.

Windows 8 Consumer Preview Build 8250 (64-bit) ISO.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.