ހައްދުފަހަނައަޅާފައިވާ ބަޔަކު ނާޒީން ބޭނުންކުރާ ސްވާސްޓިކާ ރަމްޒާއި އަދި އިސްލާމްދީން ފެތުރުން ހުއްޓުވުމަށް ގޮވާލާ ސްޓިކަރ ތަކެއް އުތުރު ފްރާންސްގެ އެސްކައުޑައިންގައި ހުންނަ މިސްކިތެއްގައި ފާރުގައި ހަރުކޮށް އެމިސްކިތުގެ ވަށައިގެން އިސްލާމްދީނާއި ދެކޮޅަށް ތަފާތު އެކި އިންޒާރުތައް ސްޕްރޭއިން ލިޔެފައިވެއެވެ.
މިސްކިތުގެ ފާރުގައި އިސްލާމްދީނާށާއި މުސްލިމުންނަށް ފުރައްސާރަކުރުމުގެ ގޮތުން ސްޕްރޭ ޖަހައި އިސްލާމްދީނާއި ދެކޮޅު މެސެޖު ލިޔެފައި ހުންނަ ސްޓިކަރފަދަ ތަކެތި ހަރުކޮށްފައި ހުއްޓާ ފުރަތަމަ ފެނުނީ އެސަރަހައްދުގައި ކުޅިވަރު ކުޅެމުންދިޔަ ސްކޫލް ކުދިން ތަކަކަށެވެ.
މިސްކިތް ބަލަހައްޓާ މީހާގެ ފަރާތުން ސުފިޔާން އިގޫސަން ހާމަކުރެއްވިގޮތުގައި 2004 ވަނަ އަހަރުވެސް މި މިސްކިތައް ވަނީ ތަފާތު އެތަކެއް ގެއްލުންތަކެއް ދީފައެވެ. އެގޮތުން އެމިސްކިތަށް އެއަހަރު ބަޔަކު ބަޑިން ހަމަލާދިނުމާއި އަދި މުޅި މިސްކިތުގެ ފާރުގައި ދަށް ފެންވަރުގެ އެއްޗިހި ލިޔެފަހުރި ސްޓިކަރތަކެއް ހަރުކޮށްފައި ހުއްޓެވެ.
ކޮންމެ ބަޔަކު ކުރިކަމުގައިވިޔަސް މިއީ ވަރަށް ފިނޑި ޢަމަލެއްކަމަށް ފްރާންސްގެ މުސލްިމުން ހާމަކޮށްފައިވެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...