ރިޕޯޓް "ސޭލްސްގާރލްސް" ބޭނުންވެއްޖެ!

"ސޭލްސްގާރލްސް" ބޭނުންވެއްޖެ!

"ސޭލްސްގާރލްސް" ބޭނުންވެއްޖެ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފިހާރަތަކުގެ ބިއްލޫރިގަނޑުގައި "ސޭލްސްގާރލްސް ބޭނުންވެއްޖެ" މިހެން ޖަހާފައިވާތީ ވަރަށް ގިނައިން ފެނެއެވެ. މިކަމާ ބެހޭގޮތުން އަޅުގަނޑުގެ ބައެއް ރައްޓެހިންނާ މަޝްވަރާކޮށް ޚިޔާލު ބަދަލު ކޮށްލީމެވެ. އެގޮތުން އެއްރައްޓެއްސަކު ބުނީ އެހެން އެޖަހަނީ އަންހެން ކުދިން "ޗީޕް" ވީމައެވެ. އަދި އަންހެންކުދިން ތިބީމަ ތަނުގެ ސޭލްސްވެސް ރަނގަޅުވާނެކަމަށާއި ގިނަ ފިރިހެނުން އަންނާނެކަމުގައި ބުންޏެވެ. އެހެން ރައްޓެއްސަކު ބުންޏެވެ. "ބަލަ މުދާ އިޝްތިހާރު ކުރާއިރުވެސް ބޭނުންކުރަނީ އަންހެން ކުދިންނެއްނު، އަންހެންކުދިންގެ ތެރެއިންވެސް ތަންކޮޅެއް ކފރ ކުދިން ގެ ފޮޓޯ ޖަހާފައި ހުރީމަ އެއެއްޗެއް ވިކޭލެއް އަވަސްވާނެ، ކަލެއަކަށް ނުފެނޭތަ ލަކުޑި އިޝްތިހާރު ކުރާއިރުވެސް ލަކުޑިތައްމަތީ އަންހެން ކުއްޖަކު އޮށޯވެލައިގެން އޮންނަ ތަނެއް، ސާބަސް ކަލޭ ތަންކޮޅެއް ތަހުޒީބުވެބަލަ، ދެންގޮސްނިކަން ބަލާބަލަ ޢާއްމު ޚިދުމަތްދޭ ގިނަތަންތަނުގައި ތިބޭނީ ހުސް ރީތި ކުދިން ބަލައިގެން ވައްދާފަވެސް، ކަލޯ 2010 ވަނަ އަހަރަށް ކަލޭގެ ޚިޔާލު ގެނެސްބަލަ". މިހެންކިޔައި އޭނާ ހިނގައިގެންފިއެވެ. އެ ރައްޓެހި މީހާ ކައިރީ އަޅުގަނޑުވީ ވަރަށް ކަޓު ޒަމާނަށް ނުފެތޭ މުސްކުޅި ޚިޔާލުގެ މީހަކަށެވެ. ނަމަވެސް އަޅުގަނޑަކަށް އޭނާ އެދެއްކި ވާހަކަތަކެއް ހަޖަމެއް ނުކުރެވުނެވެ.

ﷲގެ ރަޙްމަތުން، އަޅުގަނޑަށް ސައޫދީޢަރަބިއްޔާއަށް ދެތިންފަހަރަކު ދެވުނެވެ. ފިހާރަތަކުގެ މުދާވިއްކުމަށް އަންހެންކުދިން ތިބޭތަނެއް ނުދެކެމެވެ. އެހެންވީމާ އެތަންތާނގެ އަންހެންކުދިން އަގު ބޮޑީތާއެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އަންހެންކުދިން 'ޗީޕު' ތާއެވެ. މިއީދެން ކިހާ ހެއްވާ ކަމެއްތޯއެވެ. ދުނިޔޭގައި އޮތް ސައްތައިން ސައްތަ އިސްލާމީ ޤައުމަކީ ދިވެހިރާއްޖެޔޯލައެވެ. ނަމަވެސް ސައުދީ ޢަރަބިއްޔާފަދަ ޤައުމެއްގައި ރާއްޖޭގައި ނުފެންނަފަދަ މަންޒަރުތައް ނުފެނުންމިއީ ސުވާލު އުފެދޭކަމެކެވެ. އަޅުގަނޑަށް ދެންނެވެން އޮތީ އެއީ ރާއްޖޭގެ ރައްޔިތުންނަށް ތަންދޮރު ވަކިނުވާތީ ވާކަމެއްކަމުގައެވެ. އެހެނީ އިސްލާމްދީނުގައި އަންހެނުންނަށް ދެއްވާފައިވާ މަތިވެރި ޝަރަފާއި ޤަދަރު މިބައިމީހުންނަށް ރޯފިލާފައިވާނަމަ އިސްލާމީ މިފަދަ ވެށްޓެއްގައި މިކަހަލަ ދަށުދަރަޖައިގެ މަންޒަރުތައް ނުފެންނާނެއެވެ. އަދި އެގޮތަށް އެކަން ކުރާކަށެއްވެސް ނުކެރުނީހެވެ. އެހެންކަމުން ފުރިހަމަ އިސްލާމީ ޘަޤާފަތެއް މިތަނުގައި އެބަ އޮތްތޯ ސުވާލުއުފެދެއެވެ.

ދެން ހިތުގައި އުފެދޭސުވާލަކީ އަޅުގަނޑުމެންގެ ރާއްޖެއަކީ ޑިމޮކްރެޓިކް އުޞޫލުތަކަށް ތަބާވާ ތަނަކަށްވަންޏާ ވަކި ޖިންސަކަށް ޚާއްޞަކޮށްގެން ވަޒީފާ އިޢުލާންކުރުން މިއީ ކޮންކަހަލަ ކަމެއްތޯއެވެ؟ އަނެއްކާ އަޅުގަނޑުމެންގެ ޤާނޫނު އެގޮތަށް ތަންދޭ ބާއެވެ؟ އެހެންކަމަށްވަންޏާ ޑިމޮކްރަސީއޭ ކިޔައިގެން އަނގަފުޅާ ކުރާނެ ކަމެއް ނެތެއްނޫންތޯއެވެ. އެހެނީ ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމް ކުރުމަކީ ޑިމޮކްރަސީގެ ރިވެތި އުޞޫލެކޭ ކިޔާއަޑު އަހަމެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ޑިމޮކްރަސީއަކުވެސް ލައްވައެއް ނުލިތާއެވެ.

އެއްދުވަހަކު އަޅުގަނޑުމެންގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ހަމަހަމަ ކުރަން ވަރަށްމަތިހަށި ނަގާފައި އުޅޭއަންހެނަކު ފިރިހެނުންނަށް ތަންތަނުގެ ވަޒީފާދެނީޔޭ، އަންހެނުންނަކަށް ނުދެއޭކިޔައިގެން ޓީވީއަށްއަރާ ވަރަށް ފޯރި އެރުވިއެވެ. ނަމަވެސް މިމީހާގެ ވާހަކަތަކުގައި އެއްވެސް ޙަޤީގަތެއް އެބައޮތް ތޯއެވެ. އެންމެ ފަހަރަކުވެސް "ސޭލްސް ބޯއީޒް ބޭނުންވެއްޖެ" މިހެން ޖަހާފައި ވާތީ ފެނޭހެއްޔެވެ؟ އެހެންކަމުން ފިރިހެނުންގެ ޙައްޤުތައް ގެއްލިގެން ފިރިހެނުންނަށް ވަޒީފާތައް ހޯދައިދޭނެބަޔަކު ނުކުންނަންވެއްޖެނޫންހެއްޔެވެ. ޙަޤީގަތަށް ދަންނަވީނަމަ ދެންނެވޭނީ އަންހެނުންގެ ޙައްޤޭ ކިޔައިގެން މިފަދަ މީހުން އެ ނަގައިލަނީ އަންހެނުންގެ ކަރާމާތާއި ޢިއްޒަތް ކަމެވެ. މިކަން އެބައިމީހުންގެ ޖާހިލުކަމުން ހަމަނުވިސްނެނީއެވެ.

ޓެގް

ލާދީނީ ޒުވާނުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.