އެމެރިކާއިން ފުރިހަމަ ޒިންމާ އުފުލުމަށާއި އިރާޤު އާރާސްތުކޮށް އެޤައުމުގައި ޞުލްހަ މަސަލަސްކަން ޤާއިމުކޮށްދިނުމަށް ޢިރާޤުގެ ކުރީގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ޠާރިޤު ޢަޒީޒު އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ގޮވާލައްވާފައެވެ.
ޠާރިޤު ޢަޒީޒު ޖަލުގައި ހުންނަވައިގެން ހުޅަނގުގެ މީޑިއާއަކަށް ދީފައިވާ ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ ސައްދާމު އަކީ އިރާޤަށް ހެޔޮއެދޭ ވެރިއެއްކަމަށާއި އޮބާމާއަކީ ހީލަތްތެރި ވެރިއެއްކަމަށެވެ. އަދި އިރާގު މިހާރު އޮތް ހާލަތުގައި އެގައުމަށް އެއްބާރުލުން ނުދީ އެމެރިކާ ސިފައން އަވަހަށް އެގައުމުން ބާލަން އޮބާމާގެ ސަރުކާރުން މަސައްކަތްކުރުމަކީ ބަނޑުހައިވެފައިތިބި ހިޔަޅުތަކަކަށް އިރާގުގެ ރައްޔިތުން ދޫކޮށްލުން ކަމަށެވެ. އަދި މީގެ އިތުރުން އެމެރިކާ ސިފައިން އިރާގުން ފޭބުމަކީ މިވަގުތަށް އެންމެ ރަނގަޅުގޮތް ނޫން ކަމަށާއި އެމެރިކާއަށް ހެދިފައިވާ ގޮސްތައް ރަނގަޅުކޮށް އެކަމުގެ ޒިންމާ އުފުލަން ޖެހޭނެކަމަށެވެ.
ހުޅަނގުގެ ޤައުމުތަކުން ސައްދާމު ޙުސެއިން އާއި ދޭތެރޭ ދެކިފައިވަނީ ގޯސް ގޮތަކަށްކަމަށާއި އޭނާއަކީ ވަރަށް ހަރުދަނާ ވެރިއެއްކަން ތާރީހުން އެނގިގެން ދާނެކަމަށް ސައްދާމުގެ ހާއްސަ ސިއްރުތައް އެނގޭ ޠާރިޤު ޢަޒީޒު ދީފައިވާ ބަސްދީގަތުމުގައި ހާމަކޮށްފައިވެއެވެ.
ޠާރިޤު ޢަޒީޒު އަކީ ސައްދާމު ކެނބިނެޓްގައި ހިމެނޭ ހަމައެކަނި ކްރިސްޓިއަން ބޭފުޅާއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...