ދިއިސްލާމް އައިފޯން، އައިޕެޑް އަދި މެކް ރެކޯޑު އަދަދަކަށް ވިކިއްޖެ.

އައިފޯން، އައިޕެޑް އަދި މެކް ރެކޯޑު އަދަދަކަށް ވިކިއްޖެ.

އައިފޯން، އައިޕެޑް އަދި މެކް ރެކޯޑު އަދަދަކަށް ވިކިއްޖެ.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

 

އިއްޔެ އެޕަލްއިން ހާމަކުރި ތަފާތު ހިސާބުތަކުން ދައްކާގޮތުގައި އެޕަލްއަށް ވަނީ ބޮޑުފައިދާއެއްވެފައެވެ. އެގޮތުން އެންމެ ގިނައިން ވިއްކާފައިވަނީ އައިފޯނާއި އައިޕެޑް އެވެ.

 37.04 މިލިޔަން އައިފޯނު ވިއްކާފައިވާއިރު އެއީ މިދިޔައަހަރު މިކުއާޓާއަށްވުރެ 117 ޕަސެޓް އިތުރު އަދަދެކެވެ. ވެއިތުވެދިޔަ ކުއާޓަރގައި ވިއްކާފައިވަނީ 17 މިލިޔަން އައިފޯނެވެ. އެޕަލްއާއި އެންމެ ވާދަވެރި ސްމާރޓްފޯން ކޮންޕެނީ ސަމްސަންގް އަށް ވިއްކިފައިވަނީ 35 މިލިޔަން ސްމާރޓް ފޯނެވެ. ޓީމްކުކް އާއި ހަވާލާދީ ނޫސްތަކުން ބުނާގޮތުން  އައިފޯނުގަތުމަށް ވަރަށް ގިނައަދަދެއްގެ ފަރާތްތަކުން ގުޅާކަމަށާއި ބޭނުންވާވަރަށް ސަޕްލައި ކުރެވޭނަމަ މިއަދަދު އިތުރުވެގެން ދާނެކަމަށް ބުނެފައިވެއެވެ.

އައިޕެޑްވެސް ވަނީ އައު ރެކޯޑްއެއް މުގުރާލާފައެވެ. 15.43 މިލިޔަން އައިޕެޑް މިކުއާޓާރގައި ވިއްކާފައިވެއެވެ. އެއީ ކުރީ އަހަރަށްވުރެ 39 ޕަސެންޓް އިތުރު އަދަދެކެވެ. ވެއިތުވެދިޔަ އަހަރު ވިކިފައިވަނީ 7.3 މިލިޔަން  އައިޕެޑްއެވެ. އައިޕޮޑް ވިކިފައިވަނީ 15.4 މިލިޔަން އެވެ. އެއިގެ ތެރެއިން ދެބައިކޮއްފަ އެއްބަޔަކީ އައިޕޮޑް ޓަޗްއެވެ.

މެކްގެ ވިޔަފާރިވެސް އަންނަނީ ކުރިއަރަމުންނެވެ. 5.2 މިލިޔަން ޔުނިޓް ވިއްކާފައިވާއިރު އެއީ ވެއިތުވެދިޔަ އަހަރަށްވުރެ 26 ޕަސަންޓްގެ ކުރިއެރުމެކެވެ. 1.48 ޓެކްސްޓޮޕް (އައިމެކް، މެކް މިނީ، މެކް ޕްރޯ) 3.7 މިލިޔަން ލެޕްޓޮޕްސް (އާދައިގެ މެކްބުކް، މެކްބުކް އެއަރ، މެކްބުކް ޕްރޯ)އެވެ. 1.4 މިލިޔަން އެޕަލް ޓީވީ  ވަނީވިކިފައެވެ.


މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.