ލައިވް ބްލޮގް 8 ވަނަ މުޒާހަރާ ސުލްހަވެރިކަމާއެކު ނިންމާލައިފި

8 ވަނަ މުޒާހަރާ ސުލްހަވެރިކަމާއެކު ނިންމާލައިފި

8 ވަނަ މުޒާހަރާ ސުލްހަވެރިކަމާއެކު ނިންމާލައިފި

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

01:22 މާދަމާރޭވެސް 20:30 ން ފެށިގެން މުޒާހަރާ އޮންނާނެ ކަމަށް އިއުލާންކޮށް މުޒާހަރާ ނިންމާލައިފި. ނިންމާލަމުން ނިހާނާއި މަހްލޫފް ފުލުހުންނަށް ޝުކުރުއަދާކުރި.

01:20 އެސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން ދަނީ މިހާރުވެސް އިންޒާރުދެމުން.

01:19 މިހާރު ވާހަކަދައްކަވަނީ ޕީޕީއެމްގެ ކައުންސިލް މެންބަރު ޞިއްދީޤް.

01:16 ފުލުހުންގެ ސަފު މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ވިއްސަކަށް ފޫޓު ކައިރިއަށް ޖެހިއްޖެ.

01:13 މުޒާހަރާގެ ބޭރުން މުޒާހަރާ ހޫނުކުރުމަށް ކޮންމެވެސް ބަޔަކު އެބަމަސައްކަތްކުރޭ. ކޮން ބައެއް ކަމެއް ނޭގޭ.

01:09 މުޒާހަރާގެ ބައެއް އިސްވެރިން މައިދާން ދޫކޮށް ވަޑައިގެންނެވިޔަސް މުޒާހަރާ އެބަކުރިއަށްދޭ.

މުޒާހަރާގެ ބައިވެރިން މަދެއް ނުވޭ.  ފުލުހުން މިހާރު ވެސްއިންޒާރު ދެމުން އެބަދޭ. ފުލުހުން ގޮވަމުން ދަނީ އެ ސަރަހައްދު ދޫކޮށް ދިއުމަށް.

01:00 ސުލްހަވެރިކަމާއެކު މުޒާހަރާގެ ބައިވެރިން ތިބުމަށް މާޒް ސަލީމް ގޮވާލެއްވި. ފުލުހުންނާ ކުރިމަތި ނުލުމަށާއި، އެންމެ ކުޑަމިނުން ކަރުދާސްކޮޅެއް ވެސް ފުލުހުންނާ ދިމާއަށް ނޭއްލުމަށް ގޮވާލެއްވި.

00:52 ޕީޕީއެމްގެ ލޯޔަރު މުޙައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވާހަކަދައްކަވަނީ. އޭނަ ވިދާޅުވަނީ ފުލުހުން މީހުން ހައްޔަރުކުރަމުން ދަނީ ގާނޫނާ ގަވާއިދާ ޚިލާފަށް ކަމަށް. އެމައްސަލަ ޝަރީއަތަށް ގެންދިއުމުގެ ކުރިން އެކަން ހުއްޓާލުމަށ ގޮވާލެއްވި.

00:48 މުޒާހަރާގެ ބައިވެރިން މިހާރުވެސް ދަނީ ޢަބްދުﷲ ގާޒީ މިނިވަންކުރުމަށާއި މާއްދާ 27 ޙިމާޔަތްކުރުމަށް.

00:46 ރަޔަޓު ގިޔަރު ފުލުހުންގެ އިތުރު ޓީމެއް އަތުވެއްޖެ. އެއީ 50 ވަރަކަށް ފުލުހުން ހިމެނޭ ޓީމެއް.

00:44 އަނެއްކާވެސް ފުލުހުން އިންޒާރުދޭން ފަށައިފި. ފުލުހުން އެދެމުންދަނީ ރޭގަނޑުން ދަންވުމާއެކު އެސަރަހައްދު ސުލްހަވެރިކަމާއެކު ދޫކޮށްދިއުމަށް.

00:42 ފުލުހުންގެ ސަފުތައް އެތުރިގެން ތިބީ ކުރިންވެސް ތިބި ހިސާބުގައި.

00:38 ޑީއާރުޕީގެ އައްސަދު ޝަރީފް ވާހަކަ ދައްކަވަނީ.

00:27 އެމްއެންބީސީ ވަންގެ ރިޕޯޓަރުން ކާޑު ނާޅާ އުޅޭކަމަށް މައުލޫމާތު ލިބޭ

00:24 މާޒް ސަލީމް ވާހަކަ ދައްކަވަމުން ދަނީ. މިތާ އެއްވެސް ހަމަނުޖެހުމެއް ނިހިންގާނެކަމަށް މާޒް ސަލީމް ވިދާޅުވި.

00:21 މުޒާހަރާގެ ބައިވެރިން އެތާ ތިބީ އިށީންދެގެން. މުޒާހާރާގެ ބައިވެރިން ބުނަނީ އެމީހުން އެތަން ދޫކޮށް ނުދާނެކަމަށް

00:19 އަނެއްކާވެސް ފުލުހުން އިންޒާރު ދޭންފަށައިފި.

 00:18 މުޒާހަރާގެ ބައިވެރިން އެތާ ތިބުމަށް ނިހާން ގޮވާލައިފި

00:17 ނިހާން ވާހަކަ ދައްކަވަމުން ދަނީ

ނިހާން ވާހަކަދައްކަވަނީ. އެމްޑީޕީ ސަރުކާރުގެ ކުރީގެ ފިނޭންސް މިނިސްޓަރު އިނާޒު އެމްޑީޕީ ހަރުގެއަށް ގެންގޮސް އިނާޒަށް ފުރައްސާރަކޮށް ގަޔަށްއަރައިގަނެ ހަމަލާދިން އިރު ފުލުހުން ކޮބައިތޯ ސުވާލުކުރެއްވި. މިގައުމުގެ އެންމެ ބޮޑު މުޖުރިމަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ މުލިއާގެއަށް ގޮސް ރައީސް ހައްޔަރުކުރުމަށް ގޮވާލެއްވި. އަދި އެމްޑީޕީ ހަރުގެއަށް ގޮސް މީހުން ހައްޔަރުކުރުމަށްވެސް ގޮވާލެއްވި.

00:11 އިމާދް ޞާލިހް ވިދާލުވީ މިތާ މިއުޅެނީ ގާނޫނު އަސާސިއާއި ގަވައިދު ތައް ތަންފީޒުކުރުމަށް ކަމަށް.ވީމާ އެމީހުން ހުއްޓުވަން ނޫޅުމަށް އޭނާ ގޮވާލެއްވި

00:10 މަހްލޫފު ވާހަކަދައްކަވަނީ. މުޒާހަރާކުރަނީ ސުލްހަވެރިކަމާއެކު. ފުލުހުން ރޫޅާލަން މަސައްކަތްކޮށްފިނަމަ އެންމެން މައިދާނުގައި އިށީނުމަށް ގޮވާލެއްވި. އެމްޑީޕީން މިއަދު ކުރި މުޒާހަރާ ރޫޅާލަން ފުލުހުން ނުދިޔައީ ކީއްވެތޯ ސުވާލުކުރެއްވި. ތަފާތަކީ ފާދިރީންގެ ކުލަހުރުމުންތޯ ސުވާލުކުރެއްވި.

އިއްޔެ ސުލްހަވެރިކަމާއެކު ޖުމްހޫރީ މައިދާނުގައި އިށީނދެގެން ތިއްބާ ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސް ފުލުހުން ވަރަށް ބޮޑު ދޮގު އިލްޒާމް އަޅުވާފައިވާ ކަމަށާއި، ނަމަވެސް ކޯޓުން އިންސާފުން ނިންމާފައިވާ ކަމަށް.

00:09 ސަންދާން އަހައްމައިދީ ފުލުހުންނަށް ދިމާއަށް އަތް ހޫރަމުން ކުރުސި ކިޔަމުން އެބަދޭ. އޭނާ ބުނީ މިހެން ކީމަ ޝާއިޠާނުން ކައިރިން ސަލާމަތް ވާނޭ

ސަންދާނު އަހައްމައިދީގެ ވާހަކަފުޅުގައި އިސްލާމްދީން ބޮލާލާ ނުޖެހުމަށް ގޮވާލެއްވި. ތިޔައިން ކޮންމެ މީހަކީ ދިވެހި ގައުމުގެ ބަޠަލަކަށް ވުމަށް އަޒުމް ކަނޑައަޅަން ގޮވާލެއްވި.

00:08 އަނެއްކާ ފުލުހުން އިންޒާރު ދީފި

00:04  އިމާދް ޞާލިޙް މިހާރު ވާހަކަދައްކަވަނީ. ގައުމުގެ ވެރިމީހާ ޤާނޫނެއް ނެއްކަމަށް ބުނެފައިވާތީ އެއްވެސް މީހަކު ފުލުހުންގެ އޯޑަރަށް ކިޔަމަންވާން ނުޖެހޭނެކަމަށް އިމާދު ވިދާޅުވި. ޕީޕީއެމް ނާޒިމް ވިދާޅުވީ އެތާގައި ހަމަނުޖެހުމެއް ނުހިނގާހާ ހިނދަކު ފުލުހުންގެ އޯޑަރަށް ކިޔަމަން ނުވުމަށް

00:03 ފުލުހުންގެ ސަފުތައް މުޒާހަރާގެ ބައިވެރިންގެ ކުރިމަތީގައި ރުކުރުވާކައިފި

23:59 މުޒަހަރާގެ ފޯރި އިތުރަށް ގަދަވަމުންދަނީ

23:58 މުޒާހަރާ ހުއްޓާލުމަށް ފުލުހުން ތަކުރާރުކޮށް އިންޒާރު ދެމުން އެބަގެންދޭ

23:54 އިމްރާން ވިދާޅޫވީ މިހާރު މިއަންނަނީ ފެބްރުއަރޫ 24 ފައްކާވަމުން ކމަށާއި   އަޅުގަނޑަށް (އިމްރާންއަށް) ކިތަންމެ ވަރަކަށް ޙަމލާދެވިދާނެ ކމަށާއި، މިކަމުގައި އުޅެނިކޮށް މަރުވެއްޖެނަމަ  ވަނީ ޝަހީދަކަށް ކަމަށެވެ.

23:54 ވާހަކ ދައްކަވަމުން ގެންދަވީ  ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް  ޢިމްރާން

23:53 ދަންވަރު 12 ޖެހުމުގެ ކުރިން މުޒާހަރާ ހުއްޓާލުމަށް ފުލުހުން އިންޒާރު ދޭން ފަށައިފި

23:51 އަމީން ވިދާޅޫވީ  ޢަބްދުﷲ ގާޒީ ވަޒީފާ ކުރިއަށް ގެންދާނެކަމަށާއި ޖުޑިޝަރީއާއި އެއްވެސް މީހަކަ ނުކުޅެވޭނެ ކަމަށެވެ.

23:49 މިހާރު ވާހަކަ ދައްކަވަމުން ގެންދަވަނީ ޤައުމީ ޕާޓީގެ ސެކެޓްރީ ޖެނަރަލް އަޞްދުﷲ އަމީން

23:41 ރައްޔިތުން އެތަނުގައި މަޑުމަޑުން ތިއްބާ  އަރައި ނުގަތުމަށް މަހުލޫފް ގޮވާ ލައްވައިފި

23:40 މިހާރު ވައްކަ ދައްކަވަމުން ގެންދަވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހުލޫފެވެ.

23:38 ރޮޒައިނާ ވިދާޅުވީ  އެމް.އެން.ބީ.ސީއަކީ އެމްބީސީ ޙައްޤެއް ކަމަށެވެ. ވިމާ  ފުލުހުންނަށް އެކަން ބެލުމަގޮވާލާކަމަށެވެ 

23:37 މިހާރު ވަހަކަ ދައްކަވަމުން ގެންދަވަނީ ތުލްސްދޫ ދައިރާގެ މެންބަރު ރޮޒައިނާ އާދަމް

23:34 ޢަދާލަތު ޕާޓީގެ ރައީސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވަހަކަ ދައްކަވަނީ އިމްރާންގެ ވާހަކައިގައި މުޒަހާރާުގެ ބައިވެރި ހައްޔަރު ކުރުމަކީ ޙައްލެއް ނޫންކަމަށާއި. މިއީ ސިޔާސީ ކަމެއް ނޫންކަމަށާއި މިއީ ޤައުމީ ކަމެއްކަމަށް ޢިމްރާން ވިދާޅުވިއެވެ.

23:26 ތަސްމީން ވިދާޅުވީ ސުޕްރީމް ކޯޓު ތަޅު އަޅުވައިގެން، ތިމަންނާމެން ބޭނުންވާ ގޮތަށް ކަންތައް ވީމާ ނޫނީ ދޫނުކުރާނެ ކަމަށް ބުނި. އެ ގޮތަށް މިއަދުގެ ސަރުކާރުން ގޮތްދޫނުކުރަން ބޮޑު ބަސް ބުނާނެ. އެކަމަކު އަޅުގަނޑުމެން މި އަޒުމްގައި ތިބެއްޖެއްޔާ އެންމެ ފަހުން ޖެހޭނީ "ވެލިކާން ކަމަށެވެ.

23:26 ޑީއާރް ޕީގެ  ލީޑަރު އަޙްމަދު ތަސަމީން ވަހަކަ ދައްކަވަނީ

23:25 މިހާރު ވަހަކަ ދައްކަވަމުން ގެންދަވަނީ ޤައުމީ ޕާޓީގެ ކައުންސިލް މެންބަރު ސަންދާނު އަހަންމައިދީ

23:16 ޔަމީން ވިދާޅުވީ ޢަބްދުﷲ ގާޒީ ވަނީ ރަހީނު ކުރެވިފައި ކަމަށެވެ.

23:06 ސަރުކާރުން މަޝްވަރާއަށް ނޭދެނީ  ކީއްވެތޯ ޔަމީން ސުވާލަު އުފައްދަވާ  ވާހަކަ ދައްކަވަމުން ގެންދަވާ

23:04 ފުލުހުން ބަހައްޓާފައި ހުރި ރޯޑް ބްލޮކުތައް ހުރަސް ނުކުރުމަށް ފުލުހުން އިންޒާރު ދީފި

22:59 ޢަބްދުﷲ ޔާމީން ވިދާޅުވީ ރައީސް ނަޝީދާއި ރައީސް ނަޝީދު އަރިހުގައި ތިއްބެވި ބޭފުޅުން މީގެ ކުރިން ވިދާޅުވެފައިވަނީ ސަލާމަތީ ބާރުތައް ތިބެނީ ސަރުކާރު ދިފާއުކުރަން ނޫން ކަމަށާއި ރައްޔިތުން ހިމާޔަތްކުރަން ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ސަރުކާރުން ކުރާ ކަންތައް ބެލެން ޖެހޭނެ ކަމަށް ކުރިން ވިދާޅުވިކަމަށެވެ.  އެހެން ވިދާޅުވެގެން އަޅުގަނޑުމެން ގާނޫނު އަސާސީ ހަދައިދީފައި މި އޮތީ، ޔަމީން ވިދާޅުވިއެވެ.

22:58 މިހާރު ވަހަކ ދައްކަވަމުން ގެންދަވަނީ މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީންއެވެ.

22:56 ސަންދާނު އަހަންމައިދީ ވަކި ވަކި ފުލުހުންނާއި ވަހަކަ ދައްކައިގެން ޣައިރު ޤާނޫނީ ޢަމަލްތަކަށް  ތަބާނުވަމަށް ދަނީ ނަޞޭޙަތްތެރި ވަމުން

22:55 ރައިޓް ގިޔަރުގައި ތިބި ފުލުހުން އެތަނަށް އަތުވެއްޖެ.

22:53 ނޮވެމްބަރު 3 ގެ ޙަމަލާ ރޭއްވެވުމުގައި އިސްކޮށްތިއްބެވީ ރައީސް ނަޝީދުއާއި އެމަނިކުފާނުގެ އާއިލާކަމަށާއި، ވީމާ ފުލހުންނާއި ސިފައިން  ރައީސް ނަޗީދުއަށް ސެލިއުޓް ނުނެގުމަށް އިލްހާމް ގޮވާލައްވާފިއެވެ.

22:47 މިހާރު ވައްކަ ދައްކަވަމުން ގެންދަވަނީ  ގެމަނަ ފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދެވެ.

22:45 ޢަލީ ޝަރީފު އިތުރަށް ވަިދާޅުވީ  މިސަރުކާރު މިއޮތީ ހަ ކުޅިއަށް ކުޅެނިކޮށް ސައިވެފަ ކަމަށެވެ.

22:44 މިހާރު ވައްކަދައްކަމުންދަނީ ހޯރަފުށީ ޢަލީ ޝަރީފު، އޭނާ ވިދާޅުވީ ސަރުކާރު މިވަނީ ފެއިލްވެފަ ކަމަށެވެ.

22:43 ސިފައިންގެ މައިދޮރު އަށި ކައިރީގައި ބޮޑު ބެރު ޖަހަމުންދާ ކަމުގެ މަޢުލޫމާތު ލިބިއްޖެ

22:40 ރައީސް މުިޙައްމަދު ނަޝީދު ޤާނޫނާއި ޚިލާފަށް ޢަމަލުކުރަމުންދާތީ، ހައްޔަރު ކުރުމަށް މުޒާހަރާގެ  ބައިވެރިން ގޮވަންފަށާއިފި

22:39 ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ސަރުކާރުގެ މުއްސަސާތަކުން ޤާނޫނުގެ މައްޗަށް ބާރު ހިންގާނަމަ މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނިކުތުން ނުހުއްޓާނެ ކަމަށެވެ.

 22:34 މިހާރު ވާހަކ ދައްކަމުންގެންދަނީ މަދަނީ އިއްތިހާދުގެ ނައިބްރައީސް ޢަބްދުﷲ މުހައްމަދު.  ޢަބްދުﷲ ވިދާޅުވީ ކުރިއަށްދާ މުޒާހަރާ ނުހުއްޓާނެ ކަމަށާއި ޤާނޫނާއި ޚިލާފަށް ހައްޔަރު ކުރިޔަސް ޖެހިލުން ނުވާނެކަމަށެވެ. 

22:28 ޑރ. އަފްރާޝީމް ވިދާޅުވީ  މި ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ބުނަނީ ދީނާ ޚިލާފް ކަންތައްތަކެއް ކުރާތީ ކަމަށާއި އޭގެ ހެއްކަކީ ސަރުކާރުން ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާ އުވާލަން މަސައްކަތްކުރުމާއި ރާއްޖޭގައި ބަނގުރާ އާއްމުކުރަން އުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދެއްކުމުން ކަމަށެވެ.

22:22  މިހާރު ވާހަކަ ދައްކަވަމުންގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ އުނގުފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް ޢާލީ

22:11 ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް ވެސް މުޒާހަރާގައި ވާހަކަ ދައްކަވައިފި. އޭނާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ސަރުކާރު ބަދަލު ކުރަންޖެހޭ ކަމަށް ވިދާޅުވެފައި

22:03 މުޒާހަރާކުރާ މީހުން އަދިވެސް ތިބީ އެމްޓީސީސީ ކައިރީގައި.

22:00 ނައިބު ރައީސް ޑރ ވަހީދުގެ  ބްލޮގްގައި އަބްދުﷲ ގާޒީ ދޫކޮށްލުމަށް ލިޔެފައިވާ ލިޔުން ނާޒިމް ކިޔަމުން އެބްގެންދޭ

21:56 ޕީޕީއެމްގެ ނާޒިމް ވާހަކަދައްކަމުންދަނީ. އޭނާގެ ވާހަކާގައި ފުލުހުން ޤާނޫނާ އެއްގޮތަށް އަމަލުކުރަށް ގޮވާލައިފި

21:44 މިހާރު މާޒް ސަލީމް ވާހަކަދައްކަމުން ދަނ، ފުލުހުންނާއި ސިފައިންނަށް އެމީހުންގެ ވާޖިބު ކިޔައިދެމުން އެބަގެންދޭ .

21:41 އެ ހިސާބަށް ފުލުހުންގެ ސަފުތައް ވަނީ ކުރިއަށް ޖައްސާފައި.

21:30 މުޒާހަރާގެ ބައިވެރިން ތިމީ އެމްޓީސީސީއާ ހިސާބުގަ

21:26 އިދިކޮޅު ޕާޓީތަކުގެ މުޒާހަރާ އެމްއެމްއޭ ސަރަހައްދުގައި މިރޭ ވެސް ފަށައިފި.

 

އިދިކޮޅު ޕާޓީތަކުން ސަރުކާރާ ދެކޮޅަށް ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާ މިރޭ ވެސް އެމްއެމްއޭ ސަރަހައްދުގައި މިރޭ ވެސް ފަށައިގެން ކުރިޔަށް އެބަދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.