ޔޫރަޕު ޣާޒާ ޖަލެއްގެގޮތުގައި އޮތުމަށް ދޫކޮށެއްނުލެވޭނެ - ޑޭވިޑް ކެމެރަން

ޣާޒާ ޖަލެއްގެގޮތުގައި އޮތުމަށް ދޫކޮށެއްނުލެވޭނެ - ޑޭވިޑް ކެމެރަން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަހުމަދު ޚަލީލް

އިޒްރޭލުން ޣާޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޑޭވިޑްކެމެރަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ.

ޣާޒާގެ ރައްޔިތުން އޭނާ ސިފަކުރައްވާފައިވަނީ ކުށްވެރިން ބަންދުކުރާފަދަ ކޭމްޕެއްގައި ދިރިއުޅޭ ބައެއްގެގޮތުގައެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ތުރުކީއަށް ކުރެއްވި ދަތުރުގައި ވިޔަފާރިވެރިންގެ އިސް ފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްވި ތަގުރީރެއްގައެވެ. ތުރުކީގެ ބޮޑުވަޒީރު އުރުދުޣާންއާއެކު ބޭއްވި ރަސްމީ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދުދަލުކުރައްވަމުން ކެމަރޫން އިތުރަށް ވިދާޅުވެފައިވަނީ އިޒްރޭލުން ޣާޒާއަށް ދަތިކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރަންޖެހޭނެކަމަށާ ޣާޒާގެ ޙާލަތު ބަދަލުވާންޖެހޭނެކަމަށެވެ. އަދި ޣާޒާއަށް ބޭނުންވާ އިންސާނީއެހީއާ މީހުންނަށް ޣާޒާއަށް ވަދެނިކުމެހެދެންޖެހޭނެކަމަށާ ޣާޒާއަކީ ބަންދުގައިމީހުން ބައިތިއްބާފަދަ ކޭމްޕެއްގެގޮތުގައި އޮވެގެންނުވާނެކަމަށާ އެގޮތަށް އޮތުމަށް ދޫކޮށްގެންވެސް ނުވާނެކަމަށެވެ. މިއީ ހުޅަނގުގެ ސަރުކާރަކުން އިޒްރޭލުން ޣާޒާގައި ހިންގާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތަށް މިހާ ހަރުކަށި ގޮއްގައި ކުށްވެރިކުރި ފަހަރެވެ.

މިބައްދަލުކުރުމުގައި ކެމަރޫންވަނީ ޣާޒާއަށް އެހީގެ ތަކެތި ހިފައިގެންދިޔަ ބޯޓަކަށް އިޒްރޭލުސިފައިންއަރާ އޭގައިތިބި އިންސާނީ އެހީފޯރުކޮށްދިނުމުގައި މަސައްކަތްކުރާ ތުރުކީގެ އެތައްބަޔަކު މަރާލާފައިވާތީ އެކަންވެސް ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރިކުރާކަމަށްވިދާޅުވެފައެވެ. އޭނާއިތުރަށް ވިދާޅުވެފައިވާ ގޮތުގައި އިންގިރޭސިވިލާތުން އަބަދުވެސް އައީ ޣާޒާ ބަންދު ކުރުމާ ދެކޮޅުހަދަމުންކަމަށެވެ.

އިނގިރޭސިވިލާތުގައި ނިކުންނަ ގާރޑިއަންނޫހުން ހާމަކުރާގޮތުގައި ކެމަރޫންވަނީ ޣާޒާގެ މައްސަލާގައި އިޒްރޭލާދެކޮޅަށް ހައުސް އޮފް ކްމެންސްގައިވެސް ވާހަކަދައްކަވާފައެވެ.

ޓެގް

ފަލަސްތީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.