ރިޕޯޓް އެތީސްޓުންނޭވެ! ކާއިނާތު ފުޅާވަމުންދިޔުން ހެކިވަނީ ކޮންކަމަކަށްތޯއެވެ؟

އެތީސްޓުންނޭވެ! ކާއިނާތު ފުޅާވަމުންދިޔުން ހެކިވަނީ ކޮންކަމަކަށްތޯއެވެ؟

އެތީސްޓުންނޭވެ! ކާއިނާތު ފުޅާވަމުންދިޔުން ހެކިވަނީ ކޮންކަމަކަށްތޯއެވެ؟

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

މި ކައުނު ފުޅާވަމުންދާކަން އިންސާނުންނަށް ހޯދިފައިވަނީ 20ވަނަ ޤަރުނުގެ ތެރޭގައިއެވެ. ނަމަވެސް ޤުރްއާނުގައި މީގެ 1400 އަހަރު ކުރިން މާތްﷲ ވަނީ މިކަން ބަޔާން ކުރައްވާފައެވެ.

1929 ވަނަ އަހަރު އެމެރިކާގެ ކެލިފޯރނިއާގެ މައުންޓް ވިލްސަން އޮބްޒަވޭޓަރީގައި އެމެރިކާގެ އެއްސްޓްރޮނޯމަރެއް ކަމުގައިވާ އެޑްވިން ހަބުލް އެސްޓްރޮނޮމީގެ ތާރީޚުގައި ހޯދުނު އެންމެ ފާހަގަކޮށްލެވޭ އަދި އެންމެ ބޮޑު ހޯދުން ހޯދިއެވެ. އެޑްވިން ހަބުލް ޓެލެސްކޯޕެއްގެ އެހީގައި ފަޒާގައިވާ ތަރިތަކަށް ބަލަމުންދަނިކޮށް އޭނާއަށް ފާހަގަ ކުރެވުނީ ތަރިތަކުން އަންނަ އަލި، އަލީގެ ސްޕެކްޓްރަމްގެ ރަތްކުލައާއި ދިމާލަށް ދަތުރުކުރަމުން ދަކަމެވެ. ނުވަތަ ތަރިން އަންނަ އަލި "ރެޑް ޝިފްޓް" ވެފައިވަކަމެވެ. މި ގޮތަށް "ރެޑް ޝިފްޓް" ވުމުން ޔަޤީންކޮށްދެނީ ދުނިޔެއާއި އެތަރީގެ ދުރުމިން ވަރށްބޮޑުކަމެވެ. ހަބުލްގެ މި ހޯދުން ވެފައިވަނީ ފިސްކްސްގެ ޢިލްމަށް ޝޮކެއް ލިބުން ފަދަ ކަމަކަށެވެ. ސަބަބަކީ އޭގެކުރިން ފިސިކްސްގެ ޢިލްމުވެރިންނަށް އެނގިފައިވާގޮތުން ކައުނުގައިވާ ތަރިތަކުން ދުނިޔޭގައި ހުންނަ އޮބްޒަވޭޓަރީ އާއި ދިމާލަށް އަންނަ އަލި ދަތުރުކުރަނީ އަލީގެ ސްޕެކްޓްރަމްގެ ވައޮލެޓްކުލަޔާއި ދިމާލަށެވެ. އަދި ދުނިޔޭގައި ހުންނަ އޮބްޒަވޭޓަރީން ތަރިތަކަށް ފޮނުވާ އަލި ދަތުރު ކުރަނީ އަލީގެ ސްޕެކްޓްރަމްގެ ރަތް ކުލަޔާއި ދިމާލަށެވެ. އެހެން ނަމަވެސް ހަބުލްގެ ހޯދުމުން އެނގިގެންދިޔައީ ތަރިތަކުން އަންނަ އަލި ދަތުރުކުރަމުންދަނީ އަލީގެ ސްޕެކްޓްރަމްގެ ރަތްކުލަޔައި ދިމާލަށްކަމެވެ. މިއިން އަންގައިދެނީ ތަރިތައް މިދުނިޔެއާއި ދުރަށް ދަތުރު ކުރަމުންދާކަމެވެ.

އަދި އެއަށްފަހު އެޑްވިން ހަބުލް އެހެން ހޯދުމެއްވެސް ހޯދިއެވެ. އެއީ ތަރިތައް ދަތުރުކުރަމުންދަނީ ހަމައެކަނި އަހަރުމެންގެ ދުނިޔެއާއި ދުރައްނުންކަމެވެ. އަދި ތަރިތަކާއި ގެލެކްސީތައްވެސް އޭގެ ތެރެއިން އެކަތި އަނެކައްޗާއި ދުރަށް ދަރުތު ކުރަމުންދާކަމެވެ. ހަބުލްގެ މި ހޯދުންތަކުން ނުކުންނަނީ އެންމެ ނަތީޖާއެކެވެ. އެއީ މިކާއިނާތުގައިވާ ހުރިރާއެއްޗެއްވެސް އެކަތި އަނެކައްޗާ އެއްބާރުމިނެއްގައި ދުރުމަވުންދާކަމެވެ. އަދި ދަނީ ފުޅާވަމުންކަމެވެ. މިހޯދުން ވެގެންދިޔައީ "ސްޓެޑީ ސްޓޭޓް ތިއަރީ" ޤަބޫލުކުރަމުންދިޔަ އެތީސްޓުންނަށް ކުރިމަތިވި ވަރަށްބޮޑު ގޮންޖެހުމަކަށެވެ.

ކާއިނާތު ފުޅާވަމުންދާގޮތް ފުއްޕާހަމަކަށް ވައި އަޅަމުންދާއިރު ތަޞައްވަރު ކުރެވިގެންދާނެއެވެ. ވައިއެޅުމުން ފުއްޕާހަން ބޮޑުވަމުންދާއިރު އޭގެ ބޭރު ފަށަލައިގެ ބައިތައް އެއްބައި އަނެއްބަޔާއި ދުރުވަމުން ދާނެއެވެ. ފުއްޕާހަމުގައިގެ ބޭރުގައި ތަރިތަކެއް ކުރަހައިފިނަމަ އެތަރިތައް އެކަތި އަނެކައްޗާއި ދުރަށް ދަތުރުކުރަމުންދާތަން ފެންނާނެއެވެ. މިއިން ސިފަވެގެންދަނީ ކައުނުގައިވާ ތަރިތައް އެކަތި އަނެކައްޗާއި ދުރަށް ދަތުރުކުރަމުންދާ ގޮތެވެ.

ޙަޤީޤަތުގައި ހަބުލްގެ މީހޯދުން މިޤަރުނުގެ ސައިންސްވެރިޔާގެ ލަޤަބު ލިބިފައިވާ އަލްބަރޓް އައިންސްޓއިންވެސް ވަނީ ހޯދާފައެވެ. ތިއޮރޮޓިކަލް ފިޒިކްސްގެ ރޮނގުން އޭނާ ކުރި ދިރާސާއަކަށްފަހު މި ކާއިނާތަކީ އަބަދު އެއްގޮތަކަށް ހުއްޓިފައިވާ ނުވަތަ "ސްޓެޑީ ސްޓޭޓް"ގައިވާ އެއްޗެއްނޫންކަން އޭނާއަށް ސާބިތު ވިއެވެ. އެހެން ނަމަވެސް އޭނާ އެހެންމީހުންނަށް މިކަން ސިއްރު ކުރިއެވެ. ސަބަބަކީ އޭރު ގިނަމީހުން ޤަބޫލުކުރަމުން ދިޔައީ އަބަދު އެއްގޮތަކަށް ހުއްޓިފައިވާ ކާއިނާތެއްވާ ކަމަށެވެ. އަދި ގިނަމީހުން ދެކޭގޮތާއި ދެކޮޅު ނެހެދުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް އައިންސްޓައިން މިކަން ސިއްރުކޮށް އެހެންމީހުންނަށް އޮޅުވާލުމީ އައިންސްޓައިންގެ ޙަޔާތުގައި އޭނާއަށް ހެދުނު އެންމެ ބޮޑު ކުށް ކަމުގައި ފަހުން އޭނާ ޤަބޫލުކުރިއެވެ. އެހެންނަމަވެސް އޭގަފަހުން ހަބުލް ހޯދި ހޯދުމުގެ ސަބަބުން މި ކައިނާތު ފުޅާވަމުންދާކަން އެއްމެންނަށްވެސް ޔަޤީންވެގެން ދިޔައެވެ.

މިކާއިނާތު ފުޅާވަމުން ދިޔުމާއި މިކާއިނާތު އުފެދުމާއި ހުރީ ކިހާމުހިއްމު ގުޅުމެއްތޯއެވެ؟

ކާއިނާތު ފުޅާވަމުންދާ ދިޔުން ފަހަތަށް ފޮނުވާލައި ވިސްނާލައިފިނަމަ ކައިނާތު ފުޅާވުންގޮސް ފެށޭނީ އެއްމެ ޕޮއިންޓަކުންނެވެ. މި ޕޮއިންޓް ވަނީ ނެތުމުގެ ތަރެއިންނެވެ. މި ޕޮއިންޓަކީ "ޒީރޯ ވޮލއިއުމް" ގެ ނުވަތަ އެއްވެސް ޖާގައެއް ނުވާ އަދި "އިންފިނިޓް ޑެންސިޓީ" ނުވަތަ ކާއިނާތުގައި ވާހާ މާއްދާއެއްގެ އެޕޮއިންޓަކަށް ބަރޯސާވެގެންވާ ޕޮއިންޓެކެވެ. ކާއިނާތު ފެށިފައިވަނީ "ޒީރޯ ވޮލިއުމް"ގެ ޕޮއިންޓަކުންކަމުގައި ސައިންސްވެރިން ބުނުމުން އަންގައިދެނީ ކާއިނާތު އުފެދިފައިވަނީ ނެތުމުގެ ތެރެއިންކަމެވެ. ސައިނސްވެރިން ބުނަނީ "ނަތިންގްނެސް" ނުވަތަ ނެތުމުގެ ތެރެއިންވާ ޕޮއިންޓް އިން އުފެދުނު ގޮވުމުމެއްގެ ސަބަބުން ކާއިނާތު އުފެދުނުކަމަށެވެ. ކޮންމެ ކަމެއްކުރުމަށްވެސް އެކަމެއް ކުރާ ފާރާތެއްވާކަން އިންސާނަގެ ބުއްދި ޤަބޫލު ކުރެއެވެ. އެހެންކަމުން މިގޮވުން ނުވަތަ "ބިގްބޭންގް" މެދުވެރިކުރެއްވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމާމެދު ޝައްކުކުރުމުގެ ޖާގައެއް ހަމަބުއްދި ލިބިގެންވާ އިންސާނަކަށް ނުވެއެވެ. ނަމަވެސް ބުއްދި ގޯސްވެފައިވާ އެތީސްޓުންނަށް މިކަން ޤަބޫލުކުރަން އުނދަގޫ ވެދާނެއެވެ. ދުވާލުގަޑީގައި އިރުކޭތަ ހިފުމުން އެއީ ރޭގަނޑުވީކަމަށްވެސް އެތީސްޓުން ހީކޮށްފާނެއެވެ. އެމީހުންނަކީ އެހާވެސް ގަބު ބަޔެކެވެ.

އިންސާނުންގެތެރެއިން ބުއްދިގޯސް ބައެއްގެ ބުއްދިއަށް ޤަބޫލުކުރަން ކިތަންމެ އުނދަގޫވި ކަމުގައިވިޔަސް ނެތުމުގެ ތެރެއިން މިކާއިނާތު މާތްﷲ އުފައްދަވާފައިވާކަން ސައިންސް މިވަނީ ސާބިތުކޮށްދީފައެވެ.

"ބިގްބޭންގް" ތިއަރީ ބުނާގޮތުން ކައިނާތުގައިވަ ހުރިހާއެއްޗެއްވެސް އުފެދިފައިވަނީ އެއްމެ އެތިގަނޑަކުންނެވެ. "ބިގްބޭންގް" ތިއަރީއިން ސައިންވެރިންނަށް އެނގުނު މި ޙަޤީގަތް މީސްތަކުންނަށް ސައިންސްއިން ތަންފުކެއްވެސް ނޭނގޭ ދުވަސްވަރެއްގައި ކީރިތި ޤުރްއާނުގައި މާތްﷲ ބާޔާންކުރައްވާފއި ވެއެވެ. އެއިލާހު ވަޙީ ކުރައްވާފައި ވެއެވެ.

أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ أَفَلَا يُؤْمِنُونَ
"ހަމަކަށަވަރުން އުޑުތަކާއި ބިން އެކަތިގަނޑަކަށް ވެފައިވަނިކޮށް، ފަހެ ތިމަންއިލާހު އެދޭތި ވަކިކޮށްލެއްވިކަން ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަން އިލާހު ދިރޭކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ އެއުރެން އީމާން ނުވަނީ ހެއްޔެވެ؟" (އަލް އަންބިޔާއު 21:30 )
މިއާޔަތާއިމެދު ވިސްނުމަށްފަހު އަޅުގަނޑުމެން "ބިގްބޭންގް" ތިއަރީ އާއިމެދު ވިސްނާލާއިރު މިއާޔާތާއި "ބިގްބޭންގް" ތިއަރީގައި ހޯދިފައިވާ ހޯދުންތަކާއި ތަޢާރުޞު ވުންތަކެއް ނެތްކަން އެނގިގެންދާނެއެވެ. އެހެންނަމަވެސް "ބިގްބޭންގް" ތިއަރީ މީސްތަކުންނަށް އެނގުނީ ޤުރްއާން ބާވައިލެއްވުނުތާ އެތައްސަތޭކަ އަހަރުތަކެއް ފަހުން 20ވަނަ ޤަރުނުގައެވެ.
މިކާއިނާތު ފުޅާވަމުންދާކަމަށް ސައިންސްވެރިންނަށް ހޯދުނު ހޯދުމަކީ މިކާއިނާތު ނެތުމުގެތެރެއިން އުފައްދަވާފައިވާކަމަށް ހެކިދޭ ސައިންސުގެ އެންމެ ވަރުގަދަ ދަލީލެވެ. މި ޙަޤީގަތް ވަރަށް މިފަހަކާ ޖެހެންދެން އަޅުގަނޑުމެން އިންސާނުންނަށް ހޯދިފައިނުވާ ކަމުގައިވިޔަސް މިޙަޤީގަތް މީގެ 1400 އަހަރުކުރިން މާތްﷲ ކީރިތި ޤުރްއާނުގައި ބާޔަންކުރައްވާފައިވެއެވެ. އެއިލާހު ވަޙީ ކުރައްވާފއި ވެއެވެ.
وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ
"ތިމަން އިލާހު ކުޅަދުންވަންތަކަމުން އުޑު ހެއްދެވީމެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހީ ތަނަވަސްކުރެއްވުމަށް ކުޅަދުންވަންތަ އިލާހެވެ" ( އައް ޒާރިޔާތު 51:47 )

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.