23 ޑިސެންބަރު 2011 ވަނަ ދުވަހުގެ ހެނދުނު ހޭލީއްސުރެ އަޅުގަނޑުގެ ހިތް ވަރަށް ބާރަށް ތެޅެމުން ދިޔަ އެވެ. ބައެއް މީޑިއާ ތަކުންނާއި އަދި ބައެއްމީހުންގެ ދުލުން ފަތުރަމުން ދިޔަ ޙަބަރު ތަކަކީ އަޅުގަނޑު ވަރަށް ހިތް އަވަސް ކުރުވި ޙަބަރު ތަކެކެވެ. ކޮންމެ އަކަސް ހުކުރު ދުވަސް ކަމުން އަޅުގަނޑު ހެނދުނު ހޭލައިގެން ސައިތައްޓެއް ބޯލައިގެން ގޭގެ ސިޓިންރޫމްގައި ޓީވީ އަށް ބަލަހައްޓައިގެން އިނީމެވެ. 23 ޑިސެންބަރުގެ މުޒާހަރާއާ ގުޅޭގޮތުން ވަރަށް ގިނަ ހިޔާލުތަކެއް އެކި މީސް މީހުންގެ ދުލުން އިވެމުން ދެ އެވެ. ހާއްސަ ކޮށް އެމް އެން ބީ ސީ އިން ތަފާތު ގޮތް ގޮތަށް ޙަބަރު ފަތުރަމުން ދެ އެވެ. އަޅުގަނޑަކީ މި މުޒާހަރާ އަށް ވަރަށް ތާއީދު ކުރި މީހެކެވެ. ސަބަބަކީ ވަކި ބަޔެއް މުޒާހަރާގައި ބައިވެރިވާތީ އެއްވެސް ނޫނެވެ. އަދި ކިޔެއްތޯ އެވެ. ވަކި ދީނީ އިލްމައް ނިސްބަތްވާ މީހަކަށް ތާއީދު ކުރާ މީހަކަށް ވާތީ އެއްވެސް ނޫނެވެ. ނަމަވެސް ދިވެހި ދަރި އެއްގެ ހައިޞިއްޔަތުން، މިވަގުތު ދިވެހިރާއްޖޭގައި ހިންގަމުން ގެންދާ ދީނާ ޙިލާފު ބައެއް ކަން ކުށްވެރި ކޮށް އެކަމާ ދެކޮޅަށް އަޑު އުފުލު މަށްޓަކައެވެ.
ކޮންމެ އަކަސް ބައެއް މީޑިއާ ތަކަށް ނަޒަރު ހިންގާ ލުމުން އަޑު އިވެނީ ޓެރެރިސްޓުން ތަމްރީނު ކޮށްގެން ގެންނަވާހަކަ ޔާއި، މީހުން މަރަން އުޅޭ ވާހަކަ އާއި، ސަރުކާރު ވައްޓާލަން އުޅޭ ވާހަކަ އަދި ހައްދު ފަހަނަ އަޅައި ތިބި ބަޔަކު މާލޭ ލޮނުޒިޔާރަތް ކޮޅަށް އެއްވެ ހަނގުރާމަ ކުރަން އުޅޭ ވާހަކަ އެވެ. ކޮންމެ މައެއް އަދި ބަފައެއްވެސް އެބައެއްގެ ދަރި އެފަދަ ހަމަ ނުޖެހުން ބޮޑު ތަނަކަށް ފޮނުވާކަށް ބޭނުން ނުވާނެ ކަން ހަމަ ޔަޤީނެވެ.ހަމަ އެފަދައިން އަޅުގަނޑުގެ މަންމަޔާ ބައްޕަ ވެސް އެކަމުގެ ބިރަށްޓަކައި އަޅުގަނޑު އެތަނަށް ނުދިޔުމަށް ތަކުރާރު ކޮށް ބުނަމުން ދިޔަ އެވެ. އެހެން ނަމަވެސް ނުދާން ހިތައްއަރާ ކޮންމެ ފަހަރަކު މި ގައުމުގެ ހާލަތު ހިތައް އަރައި ހަމަކެކިގަންނަ ކަހަލަ އެވެ. ކޮންމެ އަކަސް ހުކުރު ވަގުތު ޖެހި އެންމެން ހުކުރަށް ވެސް ގޮސްފި އެވެ. އަޅުގަނޑުވެސް އާދައިގެ މަތިން ތައްޔާރު ވެލައިގެން ސައިކަލު ދުއްވާލީ އިސްލާމީ މަރުކަޒާ ދިމާލަށެވެ.
ހުކުރު ޙުތުބާ ވެސް މައިގަނޑު ގޮތެއްގައި ބިނާ ވެފައި އޮތީ ކުރަން އޮތް މުޒާހަރާ ގެ މައްޗައްށެވެ. މިހާރު މިހިސާބައް ދެވުން އިރު އަޅުގަނޑުގެ އަމިށްލަ ނަފްސާ ސުވާލު ކުރެވެން ފަށައިފި އެވެ. އަޅުގަނޑު ހިތައް އަރަމުން ދިޔައީ ހަމަނުޖެހުމެއް ހިންގަން ބަޔަކު ރާވާފައި އޮތް ނަމަ ދެން ކަންތައް ވެދާނެ ގޮތަކާ މެދު ގަ އެވެ. ކޮންމެ އަކަސް މި ބިންމަތީގައި އެއްވެސް ލޭ އޮހޮރެ ވުމެއް ހިނގުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫނެވެ. ހުކުރުން ނިމިގެން އަޅުގަނޑު ސައިކަލު ދުއްވާލީ ގެޔާ ދިމާލަށެވެ. ގެ ކައިރީ ހުސް ފުލުހުންނެވެ. މީހަކު ބިރުން ގޮސް ހަލާކު ވެދާނެ ފަދަ މަންޒަރު ތަކެވެ. ކޮންމެ އަކަސް މުޒާހަރާ ކޮންމެ ފަދަ ގޮތަކަށް މީހުން ސިފަކުރަމުން ގެންދިޔަޔަސް އަޅުގަނޑު ހުރީ މި ޤައުމީ ޖިހާދު ގައި ބައިވެރިވެ އަޑު އުފުލުމަށް ތައްޔާރު ވެގެން ނެވެ. ކޮންމެ އަކަސް ވަރަށް ބާރަށް ހިތް ތެޅެމުން ދެ އެވެ. އަދި ހަމަ އެހެންމެ ގައިގަ ހުރިއްޔާ ހުރިހާ ޖޯޝާ ފޯރި އެއެއްވެސް އުތުރި އަރަމުން ދެ އެވެ. އެހެން ހުއްޓާ އަސުރުވަގުތުވެސް ޖެހުނީ އެވެ. ނަމާދު ކޮށް އަވަދިވެގެން އަޅުގަނޑު މިސްރާބު ޖެހީ ފޯރިގަދަ މުޒާހަރާއާ ދިމާލަށެވެ.
ކޮންމެ އަކަސް މަޑުމަޑުން އެތަނަށް މީހުން އެއްވަމުން ދެ އެވެ. އަޅުގަނޑު ހީކޮށްގެން ހުރީ ދެކެވެމުން ދިޔަ ވާހަކަ ތަކުންނާއި، ފަތުރަމުންދިޔަ ޙަބަރު ތަކުން އެހާ ގިނަ ބަޔަކު އެތަނަށް އެއްނުވާނެ ކަމަށެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ އަޅުގަނޑު ހީކޮށްގެން ހުރި ގޮތާ މުޅީން ޙިލާފަށެވެ. ގާތް ގަނޑަކަށް ބައިގަޑި އެއްހާ އިރު ތެރޭގައި އެތަނުން ފެނިގެން ދިޔަ މަންޒަރު އަޅުގަނޑަށް ބަޔާން ކޮއްދޭންވެސް ދައްޗެވެ. ހަޤިގަތުގައިވެސް ދިވެހިން އިސްލާމްދީން ދެކެ އަދިވެސް ލޯބި ވެއެވެ. ހަޤީގަތުގައިވެސް މިއީ ހަމަ ދިވެހިންނެވެ. މުޅި ތަންވަނީ ފުރި ބާރު ވެފަ އެވެ. ކޮންމެ މީހެއްގެ ނިތްކުރިން ފެންނަނީ ހަމަ އެއް ޝިއާރެ ކެވެ. "އިސްލާމް ދީނުގެ ޙިމާޔަތުގައި ދިވެހިން" މިފަދައިން ނެވެ. ލޮލު ކޮޅަށް ފެންނަ ވަރަށް ހުރީ ތައުހީދުގެ ކަލިމަ ފުޅާއި، ދިވެހި ގައުމީ ދިދަ އެވެ. ކޮންމެ މީހެއްވެސް އެތަނަނަށް އެއްވެ ތިބީ އެއްމަޤްސަދެއްގައެވެ. އެންމެ ވެސް ހަރު އަޑުން އުފުލަމުން ދިޔައީ އެއް ޝިއާރެ ކެވެ. އާދެ އިސްލާމް ދީން ޙިމާޔަތް ކުރާ ވާހަކަ އެވެ.
މާލަސްތަކެއްނުވެ މުޒާހަރާ ފެށިގެން ކުރިޔަށް ދާން ފައްޓައިފި އެވެ. އެކި މީހުންގެ ވާހަކަ ތައް އަޑު އަހަމުން އަޅުގަނޑު ދިޔައީމެވެ. ދެން އިވިގެން ދިޔައީ އެއްވެ ތިބި ތަނަށް ނަމެއް ދެވިގެން ދިޔަ ތަނެވެ. އެއީ "ނަސްރުގެ މައިދާނެވެ." މިހާރު އަޅުގަނޑަކީވެސް ނަސްރުގެ މައިދާނުގެ އަހުލުވެރިޔަކީމެވެ. ދިވެހިދީނާ ގައުމުގެ ދިފާއު ގައި ނިކުމެ ހުރި ގައުމީ ދިވެހި ދަރި އެކެވެ. އިސްކޮށް ތިއްބެވި ބޭފުޅުން ސިފަކުރަމުން ގެންދިޔައީ ﷲ ގެ ލަޝްކަރު ގެ ގޮތުގަ އެވެ. އެހެން ކަމުން ﷲ ގެ ލަޝްކަރުގެ ސިފައިން ހުވާ ލައިދެއްވީ އައްޝައިޙް ޝަހީމް އަލީ ސައީދެވެ. މައިގަނޑު ގޮތެއްގައި މި ހުވާގައި އިވިގެން ދިޔައީ އިސްލާމްދީނާއި ދިވެހި ދައުލަތް އަދި ދިވެހި ރާއްޖޭގައި މި އޮތް މިނިވަންކަން ތާ އަބަދަށް ދެމެހެއްޓު މަށްޓަކައި ކޮންމެ މީހެއް ވެސް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި ނިކުންނާނެ ކަމަށެވެ. އަދި ކޮންމެ ފަދަ ޤުރުބާނެއް ވެގެން ވިޔަސް މި ގައުމު ސަލާމަތް ކުރުމަށް ސާބިތުވެ ހުންނާނެ ކަމަށެވެ.
ކޮންމެ އަކަސް މި ކުރެވުނީ ވަރަށް އާދަޔާ ޙިލާފު ތަޖުރިބާ އެކެވެ. ވަރަށް ހިއްވަރާ ޖޯޝް އައިސްފި އެވެ. ފިސާރި ވަރުގަދަ އަޒުމެއް ހަށި ތެރޭގައި ހިނގައިގެންފި އެވެ. ކޮންމެ އަކަސް އަޅުގަނޑަށް އިހުސާސް ވެގެން ދިޔައީ މީ ގައުމައްޓަކައި ކޮށްދެވޭ ވަރަށް ބޮޑު ކަމެއްގެ ގޮތުގައެވެ. އެވަގުތު އަޅުގަނޑު މެން ނިކުމެ ތިބި މުޒާހަރާޔާ ދެކޮޅަށް ވެސް ބަޔަކު މީހުން މުޒާހަރާ ކުރަމުން ދިޔަ އެވެ. ހެއްވާ ކަމަކަށް އަޅުގަނޑައް ދިމާވީ ދިވެހި ދައުލަތުގެ ވަލިއްޔުލް އަމުރު މި މުޒާހިރާގެ ބޮޑު މީހަކަށް ހުރުމެވެ. "މެދު މިނަށް ތާއީދެއް ތޯ" ކޮންމެ ވެސް ނަމެއްގައި ބޭއްވި އެއްވުމެކެވެ. އެ ވިދާޅުވާ މެދުމިން އަޅުގަނޑަށް ހަމަ އެއް ގޮތަކަށް ވެސް ނޭގުނެވެ. ފަހަރުގައި އެހެން ވިދާޅުވި ބޭފުޅާ އަށް މާ ބޮޑައް އެނގެނީ ކަމަށް ވެސް ވެދާނެ އެވެ. ކޮންމެ އަކަސް ނަސްރުގެ މައިދާނަށް އެއްވެފައި ތިބި މީހުން އިސްލާމްދީނުގެ ޝިއާރު ތައް އުފުލަމުން ލާދީނީ ހަރަކާތް ތައް ކުއްވެރި ކުރަމުން ގެންދެ އެވެ.
މީޑިޔާ ތައް ތުހުމަތު ކުރަމުން ދިޔަ ގޮތާ ޙިލާފައް މުޒާހަރާ ވެގެން ދިޔައީ ސުލްހަވެރި އަދި ހަމަ ނުޖެހުމެއް އެއްވެސް ވަރަކަށް ނުހިގާ މުޒާހަރާ އަކަށެވެ. ތާލިބާނުންވެސް، އަލްގައިދާ ބައެއްވެސް ނާދެ އެވެ. އެހިސަބުން އަޅުގަނޑަށް އެންގިގެން ދިޔައީ މި މީޑިޔާ ގެ ފިނޑި ކަމެވެ. ތިމަން މެންނަކީ މިނިވަން ބަޔެކޯލަ އެވެ. މަޢުރިބް ނަމާދާ އިޝާ ނަމާދުވެސް އަޅުގަނޑު ކުރީ އެތާ އެއްވެ ތިބި މީހުނާ އެކު ގައެވެ. އެއީ ހަޔާތުގައިވެސް އެންމެ ބޮޑު ޖަމާ އަތެއްގައި ބައިވެރި ވެވުނު ފަހަރެވެ. މިހާ ބޮޑު ޖަމާއަތެއްގައި ނަމާދު ކުރުމުގެ ޝަރަފު ލިބުމުން އަޅުގަނޑަށް ލިބުނު އުފާ ބަޔާން ކޮއްދޭންވެސް ދައްޗެވެ. ގާތްގަނޑަކަށް ރޭގަނޑު އެގާރަ ގަޑި ބައި ވީ އިރު ސުލްހަ ވެރި މުޒާހަރާ ނިމުމަކަށް އަތުވެއްޖެ އެވެ.
ނަސްރުގެ މައިދާނުގެ އަހުލުވެރިން ފަސް ކަމެއް ސަރުކާރުން ކޮށް ދިނުމަށް ހުށަހަޅައި ޑިމާންޑް ކުރަމުން ގެންދިޔަ އެވެ. އެންމެ ފަހުން މުޒާހަރާ ނިމިގެން ދިޔައީ ވަރަށް އަސަރު ގަދަ ދުޢާ އަކުން ނެވެ. އެންމެން ވެސް ނިމިގެން ގެޔަށް ދިޔައީ އެއްވެސް ހަމަނުޖެހުމެއް ނެތި އަމާން މިކަމުގަ އެވެ. ނަމަވެސް ގޮތް ދޫނުކުރާ ބަޔަކު އަދިވެސް އެކި ތުހުމަތު ކުރަމުން ގެންދެ އެވެ. ގޮތް ދޫ ނުކުރިޔަސް ދެން ބޮޑުވަރެއް ދެއްތޯ އެވެ!















އަޅުގަނޑު މެންނަ އެތަނަށް ހާޒިރް ނުވެވުނު ކަމަށް ވިޔަސް އަޅުގަނޑުމެންގެ ހިތް އެދުވަހުވީ ހަމަ މުޒާހިރާގެ ބައިވެރިންނާ އެކީގަ
އަޅުގަނޑު ދިޔައީ ކޮންމެކަމެއްވިޔަސް ވަރިހަމަކަމަށް ހަދާފަ، ﷲ އަށްޓަކައި، އިސްލާމް ދީނުގެ ދިފާއުގައި،ޢަދުންވުން ބިރުގަންނަވާލާ، ފަހަތަށްޖައްސާ، ބަލިކޮށްލުމަށްޓަކައި، އެކަމަކު، މާޝާﷲ، ވ އޮމާންކޮށްދިޔައީ، ހިތްހަމަނުޖެހޭ ބައެއްކަންތަތްތައް ހުއްޓަސް،ދެންފަހަރަކުން އެކަންކަން ރަނގަޅުކުރަންޖެހޭ. ހަނދާންކުރަވީ އަސްލާމީ ޝަރީޢަތް އޭގެ ފުރިހަމަގޮތުގައި ތަންފީޒުކުރުމަށް ނުކުތުމީ ،ވަރަށް އުދަގޫ، ދިގު، ވޭނާ ކެކުޅުން ތަހައްމައްކުރަންޖެހޭނެ ކަމެކެވެ. ސަބަބަކީ ގިނަ މީހުން އެކަމާނުރުހޭނެތީ، އޭގެ ސަބަބުން ކުރިމަތިވާ ދުއްތުރާތައް ގިނަވާނެތީ، ހުރިހާ ކަމެއްގެ ނިމުންވަނީ ﷲ އަށް. އަޅުތަކުންނަށް އޮތީ ކެތްތެރިކަމާ އެކު، މަސައްކަތްކުރުން، އިންޝާﷲ، އެކަލާންގެ ނަޞްރު ދެއްވާނެ! އާމީން!
ނަސްރުގެމައިދާނުން ﷲގެ މަގުގައި ޖިހާދުކުރުމައްގޮވާލިނަމަވެސް ވަގުތުން ﷲގެ ވާގިފުޅާއިއެކު އެންމެ ފަހުމީހާއާއިޖެހެންދެންވެސް ސާބިތުކަމާއިއެކު އެމައިދާނަށް ބޮލާއިކަނދުރާވަކިކޮއްލަންޖެހުނުނަމަވެސް ޝަހީދުންގެ ދަރަޖަހޯދުމަށްވެސް ސާބިތުވާނަން
ޖަޒާކަﷲ ޙައިރަން
ނަސްރުގެ މައިދާނުގެ ކޮންމެ އަޙަކާއި އުޙްތަކަށްވެސް ތި ސާބިތު ކަން ދެއްވާށި
ގައުމުގެ ވެރިޔަކާ ދެކޮޅަށް ނުކުތުމީ ސަހާބީންވެސް ނުކުރާކަމެތް