އެފްރިކާ މިސްރުގެ އާންމު އިންތިޚާބުގެ ދެވަނަ ބުރުންވެސް ދީނީ ޕާޓީތައް ކުރި ހޯދައިފި

މިސްރުގެ އާންމު އިންތިޚާބުގެ ދެވަނަ ބުރުންވެސް ދީނީ ޕާޓީތައް ކުރި ހޯދައިފި

މިސްރުގެ އާންމު އިންތިޚާބުގެ ދެވަނަ ބުރުންވެސް ދީނީ ޕާޓީތައް ކުރި ހޯދައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިސްރުގެ އާންމު އިންތިހާބުގެ ފުރަތަމަ ބުރުގައި ފަސޭހަކަމާ އެކު ގާތްގަނޑަކަށް 65 ޕަސެންޓް ކާމިޔާބުކުރި ޕާޓީތައް ދެ ވަނަ ބުރު ގާތްގަނޑަކަށް 70 ޕަސެންޓާ އެކު ކާމިޔާބުކޮށްފައިވާކަން އިއުލާނުކޮށްފިއެވެ.

މަޝްހޫރު މުސްލިމް ބްރަދަހުޑްގެ ދަ ފްރީޑޮމް އެންޑް ޖަސްޓިސް ޕާޓީން ދެ ވަނަ ބުރުގެ 47 ޕަސެންޓް ގެންދިޔައިރު މިއީ ފުރަތަމަ ބުރުގައި ވެސް އެ ޕާޓީން ހޯދި ކާމިޔާބީގެ ތަކުރާރުވުމެކެވެ.

މި މަހުގެ 14 ވަނަ ދުވަހު ނެގި މި ވޯޓްގައި އަލް ނޫރު ވެސް ވަނީ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ގާތްގަނޑަކަށް ތަކުރާރުކޮށްފައެވެ. ނުފޫޒުގަދަ ސަލަފީ ޖަމާއަތެއް ކަމަށްވާ ނޫރަށް ވަނީ ވޯޓްގެ 28 ޕަސެންޓް ލިބިފައެވެ.

މި އިންތިހާބަކީ މިސްރުގެ ޒަމާންވީ ވެރިކަން ވައްޓާލި ފަހުން އެގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ. އިންތިހާބުގެ ތިން ވަނަ ބުރު ކުރިއަށް އޮތްއިރު އިންތިހާބުގެ ނަތީޖާ އެނބުރެމުންދާ ގޮތަށް ހުޅަނގުގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ހާއްސަކޮށް ދީނީ ޕާޓީތަކަށް ކާމިޔާބު ލިބެމުންދާތީ އެމެރިކާ އާއި ޔޫރަޕުން ކަންބޮޑުވުން ފާޅުކުރެއެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަމުން ދަނީ މުސްލިމް ބްރަދަހަ ހުޑް ކަހަލަ ޖަމާއަތެއް މިސްރުގެ ވެރިކަމަށް އަޔަސް ހުޅަނގުން ބިރު ގަންނާކަށް ނުޖެހޭނެ ކަމަށެވެ. ހުޅަނގާއި އިޒްރޭލާ ގާތް ގުޅުމެއް ބޭއްވި މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަމުގައި ސިޔާސީ ވާދަވެރިކަމަށް ފުރުސަތެއް ދީފައި ނެތްއިރު، މުސްލިމް ބްރަދަހުޑް އޮތީ މަނާ ކޮށްފައެވެ.

މިސްރުގެ އާންމު އިންތިހާބުގެ ތިން ވަނަ ބުރުގެ ވޯޓް ނަގާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. މިސްރުގައި މިހާރު ވެރިކަން ކުރަމުން އަންނަ އެގައުމުގެ އަސްކަރިއްޔާ އިން ބުނެފައި ވަނީ އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބާ އެކު ޖޫން މަހުގެ ނިޔަލަށް ރައްޔިތުންނާ އެމީހުންގެ ވެރިކަން ހަވާލުކުރާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.