ދިއިސްލާމް ބްރެޒިލުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފި

ބްރެޒިލުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފި

ބްރެޒިލުން އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާކުރާ ޤާނޫނުގައި ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެފް ސޮއިކޮށްފިއެވެ.

މިއާ ޤާނޫނުގެ ސަބަބުން، 191 މިލިއަނެއް ހާމީހުންގެ އާބާދީއެއް އޮންނަ މި ޤައުމު ވެގެންދާނީ ދުންފަތުގެ އިސްތިޢުމާލުކުރުމުން އެންމެ ބޮޑަށް ރައްކާތެރިވެފައިވާ ދުނިޔޭގައި އޮތް އެންމެ ބޮޑު ޤައުމަށެވެ.

އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ބްރެޒިލްގެ ޤާނޫނުހަދާ މަޖިލީހުންވަނީ 1996 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނެއް އިސްލާހްކޮށްފައެވެ.

ބައިނަލްއަޤްވާމީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި މި ޤާނޫނުގެ ދަށުން އާންމުތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ހަރުކަށި އަދަބުތަކެއް ދެވޭނެއެވެ. އަދި ހަމައެއާއި އެކު ބްރެޒިލްގައި ދުންފަތާއި ދެކޮޅަށް ފާސްކުރެވުނު މިޤާނުނުގައި ވަނީ އާންމުތަންތަނުގައި ދުންފަތުގެ ބާވަތްތައް އިސްތިހާކުރުން މަނާކޮށް ދުންފަތުގެ ބާވަތްތަކުގެ ޓެކްސްވެސް އިތުރުކޮށްފައެވެ.

"ރައީސާ ރޫސެފްއާއި ބްރެޒިލްގެ ކޮންގްރެސްއަށް އަޅުގަނޑުމެން މިދަނޑިވަޅުގައި ތަޢުރީފްކުރަން. މީގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުން މަދުވެ އެތަކެއް ފުރާނެއެއް ސަލާމަތްކުރެވޭނެ،" ޓޯބާކޯ ފްރީ ކިޑްސްގެ ރައީސް މެތިއު މަޔަރސް ބުނެފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ބްރެޒިލްގެ ބޮޑެތި މީހުންގެ 17 އިން ސައްތަ މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. އަދި ކޮންމެ އަހަރަކު 2000000 އަށް ވުރެ ގިނަ މީހުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ތަފާތު އެތަކެއް ބަލީގެ ޝިކާރައަކަށްވ ބްރެޒިލްގައި މަރުވާކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.