ބައެއް އިދިކޮޅު ޕާޓީތަކާއި މަދަނީ ޖަމާއަތްތައް ގުޅިގެން އަންނަ ހުކުރުދުވަހު މުޒާހަރާ ކުރަނީ ޕާކިސްތާނުގެ ފައިސާގެ އެހީގައި ކަމަށް ގަބޫލު ކުރެވޭ ކަމަށް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އިންޑިޔާގެ ދަ ހިންދޫއިން ބުނެފި އެވެ.
"އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު ބާއްވާ މުޒާހަރާއަށް ހަރަދު ކުރަނީ ޕާކިސްތާނުން ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރެ އެވެ،" ދަ ހިންދޫގައި ވެއެވެ. ހަވާލާ ދީފައިވާ އޮފިޝަލުގެ ނަން ހާމަކޮށްފަ އެއް ނުވެއެވެ.
ސަރުކާރުގެ އިސް އޮފިޝަލާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ ހުކުރު ދުވަހު ބާއްވާ މުޒާހަރާގެ ބައިވެރިންނަށް ހަރަދު ކުރަނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޕާކިސްތާނުންނެވެ.
"ދިވެހި ރާއްޖޭގައި އޮންނަ 'ޓޮލެރެންޓް އިސްލާމްދީން' ހިމާޔަތް ކުރުމަށް ބައިނަލް އަގުވާމީ މުޖުތަމައުން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ހައްދު ފަހަނަ އަޅާފައިވާ މީހުން ދަނީ އިދިކޮޅު ފަރާތްތަކުގެ އެހީއާއެކު ޑިސެމްބަރު 23 ގައި މުޒާހަރާއެއް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޮފިޝަލު ވިދާޅުވީ މުޒާހަރާ ކުރާ މީހުންނަށް ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމާއި ޕާކިސްތާނުގެ ތާއީދުލިބިފައިވާ ކަމަށެވެ،" ދަ ހިންދޫގައި ވެއެވެ.
ދިވެހި ސަރުކާރާ ހަވާލާދޭ ހަބަރުގައި ތުހުމަތު ކޮށްފައިވާ ފައިސާ ހަރަދު ކުރަނީ ޕާކިސްތާނުގެ ސަރުކާރުން ކަމެއް ނޫނީ ޖަމާއަތަކުން ކަމެއް ހިންދޫގައި ބުނެފައެއް ނުވެއެވެ.
އެނޫހުގައި އަދި ބުނެފައި ވަނީ އައްޑު އަތޮޅުގައި ބެހެއްޓި ސާކްގެ ގައުމުތަކުގެ މޮނިއުމެންޓްތައް ހަލާކު ކޮށްލުމާއި ފާއިތުވި ހަފުތާތަކުގައި ބޭއްވި މުޒާހަރާތަކާ ގުޅިގެން ހައްދުފަހަނަ އަޅާފައިވާ މީހުންގެ އަތް މައްޗަށް ރާއްޖެ ދިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...