ދިއިސްލާމް ހެކަރުންގެ ގްރޫޕަކުން ފޭސްބުކަށް މަރުގެ އިންޒާރު ދީފި

ހެކަރުންގެ ގްރޫޕަކުން ފޭސްބުކަށް މަރުގެ އިންޒާރު ދީފި

ހެކަރުންގެ ގްރޫޕަކުން ފޭސްބުކަށް މަރުގެ އިންޒާރު ދީފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެނަނިމޮސް އިން ވަކިވެގެން އުޅޭ ހެކަރުންގެ ގްރޫޕަކުން ފޭސް ބުކުގެ ދުވަސްދުއްވާލާނެ ކަމަށް ބުނެ މަރުގެ އިންޒާރު ދީފިއެވެ.

މި ހަރަކާތް މި ގްރޫޕުން ފަށައިފައިވަނީ ފޭސްބުކުން މީހުންގެ އަމިއްލަ ޒާތީ މައުލޫމާތުތައް ފަސޭހައިން އާއްމު ވާގޮތަށް ހުންނާތީ ކަމަށް ބުނެއެވެ.

އެނަނިމޮސްގެ ތަރުޖަމާނު މީޑިއާއަށް ހާމަކޮށްފައިވަނީ މި ކަން ކުރަން ނިންމާފައިވަނީ އެނަނިމޮސް އިން ވަކިވެގެން އުޅޭ ބަޔެއްކަމަށާއި އަދި ހެކަރުންގެ ގިނަ ބަޔަކު ފޭސްބުކަށް ހަމަލާދިނުމަށް ތާއިދު ނުކުރާކަމަށެވެ. މީގެއިތުރުން މި އިންޒާރު ދީފައިވަނީ އެނަނިމޮސް އިން ވަކިވެގަނެގެން އުޅޭ ބަޔަކަށް ވުމުން އެ މީހުންގެ ވެރިންނަށް މިއީ ކިހާ ސީރިއަސް އިންޒާރެއްކަން އަދި ވަޒަން ނުކުރެވޭ ކަމަށެވެ.

މި ގްރޫޕުން ވަނީ މި ކަމުގަައި ހުރިހާ ހެކަރުން ބައިވެރިވުމަށް ގޮވާލައިފައެވެ. މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކުމަށް ފޭސްބުކުން ވަނީ އިންކާރުކޮށްފައެވެ.

އަމިއްލަ ނަމުގައި އެހެން މީހުންގެ ވޯލްގައި މިހާރުވެސް ތަފާތު ވީޑިއޯތައް އެމީހަކަށް ނޭނގި ދަނީ ފޭސްބުކުގައި ޕޯސްޓް ކުރެވުމެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.