ދިއިސްލާމް ޤުރުއާން ކިޔަވަން ނޭންގޭ މާތް މީހާ

ޤުރުއާން ކިޔަވަން ނޭންގޭ މާތް މީހާ

ޤުރުއާން ކިޔަވަން ނޭންގޭ މާތް މީހާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

 

ޕާކިސްތާނުގެ ކުޑަ ވަރެއްގެ ރަށެއްގެ މަގެއް މަތިން ހިނގަމުން ދިޔަ ޢިލްމުވެރިން ތަކެކެވެ. މި ބެއިކަލުން ހިނގަމުން ގޮސް ރަށަކާއި ހަމަޔަށް ދެވުމުން މީހުން އައިސް އެބެއިކަލުންގެ އަރިހުގައި ޤަބުރުސްތާނަށް ވަޑައިގަތުމަށް އެދުނެވެ. މި ބެއިކަލުން ޤަބުރުސްތާނަށް ވަނުމާއި އެކީ އެތަނުން ނިކަން ފަހުން ކޮނެވިފައިވާ މަހާނަޔަކުން (މީހާ ވަޅުލެވިފައިވާ ތަނުން) ނިކުމެގެން އަންނަ ވަރަށް މީރު ވަހެއް ދުވަންފަށިއެވެ.

އެހެންކަމުން މި ޢިލްމުވެރިންތައް އެ މަހާނައިގައި ވަޅުލެވިފައިވާ މީހާގެ ގާތްތިމާގެ ބަޔަކާއި ބައްދަލު ކުރުމަށް ނިންމިއެވެ. އެމީހުންނާއި ބައްދަލު ކުރުމުން އެތާ ވަޅުލެވިފައިވާ މީހަކީ އެއީ ޤުރުޢާން ކިޔަވަން ނޭންގޭ މީހެއްކަންވެސް އިނގިއްޖެއެވެ. ނަމަވެސް ކޮންމެ ފަތިސް ނަމާދަކަށް ފަހު، އެމީހާ އެ ޤުރުއާން ހިފައިގެން އިނދެ އޭގެ ފޮޅުވަތްތަކުގައި އިނގިލި އަޅަމުން " ހަމަކަށަވަރުން ތިމަންގެ ވެރި އިލާހު މިވަނީ ހުސް ތެދު ބަޔާން ކުރައްވާފައެވެ. ހަމަކަށަވަރުން ތިމަންގެ ވެރި އިލާހު މިވަނީ ހުސް ތެދު ބަޔާން ކުރައްވާފައެވެ." މިހެން ކިޔާލަ ކިޔާލަ އިނދެއެވެ.

މިވާހަކައިން ޢިލްމުވެރިން ނަށް ވިސްނުނީ އޭނާގެ އެ މަހާނައިން އެހާ މީރުވަސް އެދުވަނީ އެސަބަބާއި ކުރެކަމެވެ.

އޭ ތިމާމެން ނަކީ ޢިލްމުވެރިން ނެއް ނޫން ވީމައި މާތް ނުވެދާނެއޭ ހީކުރާ މީހުންނެވެ. މިއީ ޤުރުޢާން ބަލައިގެންވެސް ކިޔަން ނޭންގޭ މީހެއްގެ ވާހަކައެވެ. ޤުރުޢާން ބަލައިގެން ކިޔަން އިނގޭ މީހަކުގެ މާތްކަން އަދި ކިހާވަރަކުން ހުންނާނެ ތޯއެވެ؟ ނަމަވެސް އެ ދަސް ވިޔޭ ކިޔާފައި ފައިދާ އެއް ނެތެވެ. ފައިދާ އޮތީ އެޔަށް ޢަމަލު ކުރި މީހަކަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.