ވާހަކަ ވެރިން: 6 ޢުމަރު ބުން ޢަބްދުލް ޢަޒީޒް

ވެރިން: 6 ޢުމަރު ބުން ޢަބްދުލް ޢަޒީޒް

ވެރިން: 6 ޢުމަރު ބުން ޢަބްދުލް ޢަޒީޒް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

 

11. ހިލާފަތާއި ހަވާލުވުމަށްފަހު ފުރަތަމަ ވެސް ބެއްލެވީ އޭގެ ކުރިން އެއްވެސް ވެރިއެއްގެ ފަރާތުން މީހެއްގެ ހައްޤެއް ގެއްލިފައިވާނަމަ އެ ރައްދުކުރެއްވެވޭތޯއެވެ. މިގޮތުން ހައްޤު ހޯދަން އައުމަށް އެންގުމުން ވަރަށް ގިނަމީހުން އެކަލޭގެފާނުގެ ގަނޑުވަރަށް ޖަމާވިއެވެ. ދެން އެކަލޭގެފާނު އެބައިމީހުންގެ ހައްޤުތައް އަދާކޮއްދިނުމުގައި ހުންނެވިއެވެ. މިހެން ހުންނަވައި ވަރުބަލިފުޅުވެގެން އަރާމުކޮއްލުމަށް ގޭތެރެއަށް ވަދެވަޑައިގެން އޮށޯވެލެއްވިއެވެ. އެހިނދު އެކަލޭގެފާނުގެ ދަރިކަލުންނަށް އެތަނަށް އާދެވުނެވެ. އަދި މީސްތަކުން ބޭރުގައި މަޑުކޮއްގެން ތިބުމުން އެބައިމީހުންނަށް ހަލީފާ ކޮބައިތޯ ސުވާލުކުރެއްވެވިއެވެ. އެހިނދު އަރާމުކޮއްލުމަށް ގޭތެރެއަށް ވަދެ ވަޑައިގެންވާހަކަ ބުނުމުން އެކަލޭގެފާނުވެސް އެތެރެއަށް ވަދެ ވަޑައިގެން އެކަލޭގެފާނު ބައްޕާފުޅު (ހަލީފާ) އާއި ސުވާލުކުރެއްވެވިއެވެ. މީސްތަކުންގެ ހައްޤުތައް ނުދެއްވައި އަރާމުކުރައްވަނީތޯއެވެ. އެހިނދު ހަލީފާ ޖަވާބުދެއްވިއެވެ. ވަރުބަލި ފިލުވާލުމަށްފަހު އެނބުރި ހައްޤުތައް އަދާކުރުމަށް ދާނަމެވެ. އެވަގުތު ހަލީފާގެ ދަރިކަލުން ވިދާޅުވިއެވެ. ކަލޭގެފާނަށް ތިނިދިން ހޭލެވޭނެކަމުގެ ޔަގީންކަން އެބަ އޮތްތޯއެވެ؟ ނިދީގައި އަވަހާރަ ވެއްޖެނަމަ އެބައިމީހުންގެ ހައްޤުތަކާއި ބެހޭގޮތުން ސުވާލުވެވެ ހިނދު ކަލޭގެފަނު ދެއްވާނީ ކޮން ޖަވާބެއްތޯއެވެ؟ މިހެން ވިދާޅުވުމުން ހަލިފާ އަވަހަށް ތެދުވެވަޑައިގަން ދަރިކަލުންނަށް ބޮސްދެއްވުމަށްފަހު ނުކުމެ ވަޑައިގެން ހައްޤުގެއްލިފައިވާ މީހުންނަށް އެހައްގު އަދާކުރުމުގައި އެދުވަހު ހުންނެވިއެވެ. މިއަދު ހައްޤުތައް ވީ ވީތާކުއެވެ. ހާލުގައިއުޅޭ މީހުން އުޅެނީހަމަ ހާލުގައެވެ. ނުހައްގުން އަނިޔާލިބިފައިވާ މީހުންވެސް މަދެއްނޫނެވެ. އަނެއްކޮޅުން ވެރިންގެ ދަރިން މިފަދަތޯއެވެ. ހުދުކާޅު ފެންނަހެންވެސް މަތީމަގާމެއްގެ މީހެއްގެ ދަރިއަކު ހެޔޮމަގެއްގައި ހުއްޓައި ނުފެންނާނެއެވެ.

12. ރޯމަނުންގެ ވެރިކަމުގެ ވާހަކަ އަޑުއެއްސެވީމުތޯއެވެ. އެބައިމީހުންގެ ވެރީންނަކީ އަރާމާއި އިއްޒަތުގައި އުޅުން ބައެކެވެ. އެވެރިކަމުގެ މުއްސަނދިކަމާއި އާރާއި ބާރުފެނުންމީހަކު ހައިރާންވާނެތެވެ. އުމަރު ބުން އަބްދުލް އަޒީޒުގެ ހަލީފާކަމުގެ ދުވަސްވަރެވެ. އެއްފަހަރަކު ރޫމުން މީހަކު ދިމިޝްގަށް މުސްލިމުންގެ ހަލީފާއާއި ބައްދަލު ކުރަން އައެވެ. އައިސް މީހުންކައިރީ ހަލީފާގެ ގަނޑުވަރަށް ދާނޭ މަގު އަހަމުން އަހަމުން އައިސް ދަތުރު ނިމުނީ ޖިފުޓިގަނޑެއް ކައިރިޔަށެވެ. ބޭރުގައި ދެރަ މިކަމެތިމީހަކު މަސައްކަތެއް ކުރަން ހުއްޓެވެ. އަދި އެމީހާއަށް އެހީވުމަށް ނިކަމެތި އަންހެނަކު ހުއްޓެވެ. މިތަންދެކެ މިމީހާ ރުޅިއަރައިގަނެގެން އެނބުރި ދިޔައެވެ. އަދި މަގުދެއްކި މީހުންނާއި ދިމާލަށް ގޮސް ބުންޏެވެ. މަބުނީ ފަގީރެއްގެ ޖިފުޓިގަނޑު ދައްކާށެކޭ ނޫނެވެ. މުސްލިމުންގެ ހަލީފާގެ ބޮނޑު ގަނޑުވަރު ދައްކާށެވެ. މިމީހާއަށް ރޯމުގެ ރަސްރަސްކަލުންގެ ގޭގެ ފެންވަރު އެނގެއެވެ. އެހެންކަމުން އޭނާ އުއްމީދުކުރީ މުސްލިމުންގެ ހަލީފާގެ ގަނޑުވަރު އެއަށްވުރެއްވެސް ބޮޑުވާނެކަމަށެވެ.(ސަބަބަކީ މުސްލިމުން ނަކީ ރޯމަނުންގެ މައްޗަށް އެތައް ގުނައަކަށް ބާރުގަދަ ބަޔަކަށް ވާތީއެވެ). މިމީހާ މިހެން ބުނުމުން މަގު ދެއްކިމީހުން ބުންޏެވެ. މުއުމިނުންގެ ހަލީފާގެ ގަނޑުވަރަކީ އެއެވެ. މިމީހާ ފަހުން އިސްލާމްވި ކަމުގައިވެއެވެ.

14. އަދިވެސް އެހެން ވާހަކައެކެވެ. އިރާގުން ދިމިޝްގަށް އައި އަންހެނެކެވެ. އެނާ އައިސް ކުރިންވެސް ބުނިފަދައިން ޚަލީފާގެ ގަނޑުވަރު ހޯދަމުން މީހުންކައިރީ މަގު އޮޅުން ފިލުވަމުން ދިޔައެވެ. މީނާއަށްވެސް ހަމަ ގޮސް ހުއްޓެވުނީ މިޖިފުޓިގަނޑު ކައިރިއަށެވެ. އެހިނދު އެނާ އެގެއަށް ވަނެވެ. އަދި މަސައްކަތް ކުރާން އިން މީހަކު ފެނުނެވެ. އަދި އެތެރެއިން ފާތުމަތުގެފާނު ފެނުނެވެ. ފާތުމަތުގެފާނު މި އަންހެންމީހާ އެތަނުގައި ބައިންދާ މެހެމާންދާރީ އަދާކުރިއެވެ. އަދި އެމީހާ ވަރަށް ހައިރާންވެފައި ފާތުމަތުގެފަނުކައިރީ ބުންޏެވެ. ކަމަނާ ހިޖާބު ނުކުރައްވަނީތޯއެވެ. އެތާ އެއިން މަސައްކަތުމީހާ ކަމަނާއަށް ބަލައެވެ. އެވަގުތު އެކަމަނާ ވިދާޅުވިއެވެ. އެއީ މަސައްކަތު މީހެއްނޫނެވެ. އެއީ މުއުމިނުންގެ އަމީރު އުމަރު ބުން އަބްދުލް އަޒީޒެވެ. އަދުގެ ދުނިޔޭގެ ރައީސްއަކަށް އެފަދަ މަތީ މަޤާމެއް ލިބިފައި އެހާ ހިތްތިރިވާން ކެރިދާނެ ބާއެވެ. ޖިފުޓި ގަނޑެއްގައި އެއްދުވަސްވެސް ހިތްހަމަ ޖެހިލައިގެން އުޅެލަން ކެރިދާނެބާއެވެ. އަމިއްލައަށް ގޭގެ މަސައްކަތްތައް ކުރަން މީހަކަށް ފެންނަ ގޮތަށް ނުވަތަ ނުފެންނަ ގޮތަށްވެސް އިނދެލަން ކެރިދާނެބާއެވެ. އާދައިގެ މިހަކަށް މެހެމާންދާރީ އަދާ ކުރަން ރުހޭނެބާއެވެ. ހައްތާވެސް އެން.އޯ ޖަވާބުގެ ސުވާލެވެ

15. ދެން އެކަލޭގެފާނު އަދުލުވެރިކަމުން އިބުރަތެއް ހާސިލުކުރަމާހެއްޔެވެ. އެއްފަހަރަކު އާފަލުތަކެއް ހަލިފާ އަރިހަށް ގެނެވުނެވެ. އެކަލޭގެފާނު އެއާފަލުތައް މުސްލިމުންނަށް ބެހުމުގައި ހުންނަވަނިކޮށް އެކަލޭގެފާނުގެ ކުޑަދަރިފުޅަށް އެތަނަށް އާދެވުނެވެ. ގެއަކީ އާފަލެއްފަދަ އެއްޗެއް ފެންނަ ގެއަކަށް ނުވުމުން ކުޑަކުއްޖާ އަވަހަށް އައިސް އެތަނުން އާފަލެއްނަގައި ކާން އުޅުނެވެ. ނަމަވެސް އެވަގުތު އެތަން ދެކެވަޑައިގަން އެކަލޭގެފާނު ދަރިފުޅުއަތުން އެއާފަލު އަތުލެއްވިއެވެ. އެވަގުތު އެކުއްޖާ ރޮމުން ރޮމުން މަންމަގެ ކައިރިޔަށް ދިޔައެވެ. އަދި ކަންތައްވީގޮތް ކިޔައިދިނުމުން އެކުއްޖާއަށް ފާތުމަތުގެފާނު އާފަލެއް ގަންދެއްވައި ދެއްވެވިއެވެ. އުމަރު ބުން އަބްދުލް އަޒީޒު އެނބުރި ގެއަށް ވަޑައިގެންނެވިއިރު ގޭގައި އާފަލުވަސް ދުވާތީ އެކަލޭގެފާނު އެތަނުން އާފަލެއް ނެގީތޯ ސުވާލުކުރެއްވެވިއެވެ. ފާތުމަތުގެފާނު ކަންތައް ވީ ގޮތް ބަޔާން ކޮއްދެއްވުމުން ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ދަރިފުޅު އަތުން އާފަލު އަތުލެއްވިއިރު ހީވީ ހިތުން އެއްބައި ވަކިވެގެން ދިޔަހެންނެވެ. ނަމަވެސް އެފަދަ ކުޑަކަމެއްގެ ސަބަބުންވެސް އާޚިރަތުގައި ނާކާމިޔާބުވީ މީހުންގެ ތެރޭގައި ވުމަށް ތިމަންކަލޭގެފާނު އެދިވަޑައިއެއް ނުގަންނަވަމެވެ. މިފަދަ ވާހަކަތައް އަޑު އިވުމުން އެއްޗެއް ހިތައް ވިސްނޭތޯއެވެ. ޤައުމު އެންމެން ބަނޑަށް ޖެހުނަސް ތިމާއާ ތިމާ އާއިލާ އުފަލުގައި އުޅެވެންޏާއި އަދުގެ ވެރިންނަށް ހަމަ ވަރިހަމައެވެ.
ސުބުޙާނަﷲ އެވެ. އޭރުވެސް އެ އުޅުއްވީ މުސްލިމުންނެވެ. މިހާރުވެސް ދެން މި އުޅެނީ މުސްލިމުން ނޯލައެވެ. (ބުނާތީ އަޑުއިވެއެވެ)
އެވެރިކަން މިހާރުވެސް ކުރެވޭނެއެވެ.

3. މުސްލިމުންގެ ޢަދަދު ގިނަވުން އެއީ ހައްދު ޖަހާކަށެއް އުޒުރެއް ނޫނެވެ: މިހާރުގެ ސަޢޫދީ ޢަރަބިއްޔާގައި މީހުން މަދީތޯއެވެ؟ ނޫނީ އޭރުގެ ބަޣްދާދުގައި މީހުން މަދީ ތޯއެވެ؟ އެހެން ނެތް ނޫނެވެ. އޭރުގެ މުސްލިމުން އެދެނީ ﷲ ގެ ލޯތްބެވެ. މީހަކަށް ހުތް ޖަހައިގެން ދުނިޔެއިން ބައިވަރުގަނޑެއް ހޯދުމެއް ނޫނެވެ.

4. އަތް ބުރިކުރާ ނަމަ: އެ އަތް ބުރިވާ މީހަކު ލަދުން ވެސް ގެއިން ނުނިކުންނާނެހާވާނެއެވެ. ދެން ތިބޭ މީހުން ބިރުންވެސް ނުކުރާނެއެވެ. ފާފަ ތަކަށް އަރައި ގަތުމަށް ބިރު ނުގަތަސް މަރުވުމާއި އެފާފަ ކުރުމާއި ދެމެދަށް އާދެވިއްޖެ ނަމަ އެ ފާފަ ނުކޮށް ދޫކުރާނެކަން ޔަގީނެވެ. މިއީ އިންސާނުންނެވެ. (ފަޅާ ނާރާގޮތަށް ކުރާނީ އޭރުން... ތެދެއް. އެކަމަކު ފަޅާ އަރައިފިއްޔާ ޔޯ؟)

5. ފޮރުވިފައިވާ އަންހެނުން ގިނަވާނެއެވެ: ސަބަބަކީ ބުއްދި ހުރި ފިރިހެނުން ގިނަ ވުމެވެ. މިހާރު މިއުޅޭ އެންމެންނަކީހެން ހުސް ބާ މުދާ ބޭނުން ކުރާ މީހުންނެވެ. ނަމަވެސް އެދުވަހުން މި ބުނާ ބާމުދާގެ އަގު ވެއްޓި ޢާއިލާތަކުގެ ވިސްނުން ބަދަލުވެ ބިކުރުވެރި އިއްފަތްތެރި އަންހެނަކު ހޯދާން ބޭނުންވާނެއެވެ.

6. ވަޒީފާނެތި އުޅޭނެ ނޫޅޭނެ ގޮތެއް ނެތިގެން ގިނަވެގެން ނޫޅޭނެ އެވެ. އެހެނީ މުއުމިނުން އުޅޭތާކު ގޮތް ހުސްވެގެން އުޅެން ޖެހޭނެ މީހަކު ނޫޅޭނެއެވެ. އަބަދުވެސް އެހީ ވާނެ މީހުން ތިބޭނެއެވެ.

ނަމަވެސް ދިވެހިން ބޭނުން ވަނީ ވަރަށް "ޓަފް" ލައިފެއްގަ ދުނިޔޭގައި ދިރި އުޅެ (އެއްވެސް ނޫން: ދިރި ތެޅި) ފަ ކޮންމެސް ގްރޫޕެއްގެ އަތުން ކަޓަރު އެޅި މަރުވެދާށެވެ. މިޔޮތީ ވާ ސިކުނޑިއެއް ދެއްވާފަ ތިބި ބައެއްތާ ދޯއެވެ.
ނުނިމޭ

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.