އަރަބިދުނިޔެ އީރާންއަށް 5.8 ގެ ބިންހެލުމެއް އައިސް 4 މީހުން މަރުވެއްޖެ

އީރާންއަށް 5.8 ގެ ބިންހެލުމެއް އައިސް 4 މީހުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އިސްމާއިލް އަފްރާހް

އީރާންއަށް ބިންހެލުމެއް އައިސް 4 މީހުން މަރުވެއްޖެއެވެ.

އިރާންގެ ކަމާއި ބެހޭ ފަރާތްތަކުން ހަމަކުރައްވާ ގޮތުގައި އިރާން ބިންހެލުން އައިސްފައިވަނީ ރެކްޓާރ މިންގަނޑުން 5.8 ގެ ބާރުމިނުގައެވެ. މިބިންހެލުމަށްފަހުވެސް އިތުރުން ދެ ބިންހެލުމެއް އައިސްފައިވާކަމަށް އިރާންގެ ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރެއެވެ. އޭގެ 21 މިނިޓް ފަހުން 5.2 އަކާއި 4.1 ގެ އާދައިގެ ބިންހެލުމެއް އައިސްފައިވާކަމަށް ހަބަރު ލިބެއެވެ.

އިރާންއަށް ފަހުގެ ތާރީހުގައި އައިސްފައިވާ އެންމެ ނުރައްކާތެރި ބިންހެލުން އައިސްފައިވަނީ 2003 ވަނަ އަހަރުގައެވެ. 6.3 ގެ ބާރުމިނުގައި އައި އެބިންހެލުމުގައި 31 ހާސް މީހުން މަރުވެފައިވެއެވެ.

ޓެގް

ބިންހެލުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.