ދިއިސްލާމް ޔަހޫދީ އިސްތިއުމާރުން އިތުރު ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

ޔަހޫދީ އިސްތިއުމާރުން އިތުރު ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

ޔަހޫދީ އިސްތިއުމާރުން އިތުރު ޖާސޫސީ ސެޓެލައިޓެއް ޖައްވަށް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަލާމްލެއްވި ޔައުޤޫބުގެފާނުގެ ނަންފުޅެއް ކަމުގައިވާ އިސްރާއީލްގެ ނަންފުޅު އަމިއްލައަށް ދީގެން އުޅޭ ޔަހޫދީ އިސްތިއުމާރުން އަލަށް ތަޢާރަފްކުރާ އަސްކަރީ ޖާސޫސީ ސެޓެލައިޓް ޖައްވުގެ ތެރެއަށް އުދުއްސާލައިފި ކަމަށާއި އެކަން ވަރަށް ކާމިޔާބު ކަމުގައ އިސްރާއީލުގެ އަސްކަރިއްޔާއިން ހާމަކޮށްފިއެވެ.

 މިއީ މިޓެރަރިސްޓް ދައުލަތުން ޖައްވުގެ ތެރެއަށް ފޮނުވާލި ހަތަރުވަނަ މިފަދަ ސެޓެލައިޓެވެ. މިއަނިޔާވެރިންގެ އަސްކަރިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ އެޤައުމުން އެސަރަހައްދު މޮނިޓަރ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ.

 ވަކިން ޚާއްޞަ ގޮތެއްގައި ރާފިޟީ އިރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މަސައްކަތް މޮނިޓަރ ކުރުމަށް މިފަދަ ސެޓެލައިޓް ތަކުގެ އެހީގައި މުހިއްމު ދައުރެއް އަދާކުރެވޭނެ ކަމުގައި ޔަހޫދީންގެ އޮފިޝަލުން ހާމަކޮށްފައިވެއެވެ.

 އޮފެކް 9 ގެ ނަމުން ނަންދެވިފައިވާ މިސެޓެލައިޓުން ޔަހޫދީ އިސްތިއުމާރުގެ ޤާބިލްކަން ވަރަށްބޮޑަށް އިތުރުވެފައިވާ ކަމަށާއި ސަރަހައްދީ އެތައް ކަމެއްގައި މިހާރު އެޤައުމުން ކުރި ލިބިގެންދިޔައީ ކަމަށް ޔަހޫދީންގެ މާލީ ވަޒީރުވަނީ އިއްޔެ ވިދާޅުވެފައެވެ.

 ހުޅަނގުގެ ޤައުމުތަކާއި މިހައްދު ފަހަނައަޅާފައިވާ ޒަޔަނިސްޓުން ތުހުމަތު ކުރަމުންދާ ގޮތުގައި އިރާނުން މަސައްކަތް ކުރަމުން އަންނަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށެވެ. އިރާނުގެ ރާފިޟީ ދައުލަތުން އެކަން ދޮގުކުރަމުންދިޔަ ނަމަވެސް، ޔަހޫދީން އަންނަނީ އިރާނުގެ ހުރިހާ މަސައްކަތެއް ބެލޭނެ ގޮތްތަކެއް ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.