ދިއިސްލާމް އިރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ނުދޭނަން: އޮބާމާ

އިރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ނުދޭނަން: އޮބާމާ

އިރާނަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުޞަތު ނުދޭނަން: އޮބާމާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާފިޟީ ދައުލަތް، އިރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު އެޤައުމަށް ނުދޭނެ ކަމަށް ބުނެ ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް އެއްޤައުމުކަމުގައިވާ އެމެރިކާގެ ރައީސް ބަރަކް އޮބާމާ އިރާނަށް ވަރަށް ހަރުކަށި އިންޒާރެއް ދީފިއެވެ.

ވައިޓް ހައުސްގައި ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކަމުން އޮބާމާ ބުނެފައިވަނީ ނިއުކްލިޔަރ ހަތިޔާރު އިރާނަށް ލިބުން މަނާކުރުމަށްޓަކައި އިސްރާއީލާއި އެމެރިކާގެ އެހެން ބައިވެރިންނާ ގުޅިގެން ކުރެވެންހުރި ހުރިހާކަމެއް ކުރާނެ ކަމަށާއި އެކަންތައްތައް ދިރާސާވެސް ކުރަމުންގެންދާނެ ކަމުގައެވެ.

އޮބާމާ ހާމަކުރިގޮތުގައި އިރާނާދެކޮޅަށް އިތުރަށްދެން އަޅާނެ ފިޔަވަޅެއްނެތް މިންވަރަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައްވެސް އަޅާފައިވާ ކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެމެރިކާގެ ބައިވެރިންވެސް ޝާމިލްވާ ކަމުގައެވެ.

އެމެރިކާއަކީ ޢިރާޤުގެ ހަތިޔާރުގެ މައްސަލާގައިވެސް ބައިނަލްއަޤްވާމީ މުޖްމަޢަށް ދޮގާއި މަކަރުހަދައިގެން ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށްބުނެ ޖާސޫސީ ރިޕޯޓްތައްވެސް ނެރެފައިވާ ޤައުމެކެވެ. މިމައްސަލާގައި އެމެރިކާގެ އިތުބާރުވަނީ ދުނިޔޭގެ ފެންވަރުގައިވެސް ގެއްލިފައެވެ.

އޮބާމާ ބުނިގޮތުގައި އޭނާ އެމެރިކާގެ ޒަޢާމަތާ ޙަވާލުވެވަޑައިގެންނެވިއިރު އިރާނުގެ ނިއުކްލިޔަރ މައްސަލާގައި ދުނިޔެ ބައިބައިވެފައިވެ އިރާންއޮތީ އެއްބައިވަންތަ ޤައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އޭނާގެ އެމެރިކާގެ ޒަޢާމަތާ ޙަވާލުވެ ކުރި މަސައްކަތުގެ ސަބަބުން ފާއިތުވެދިޔަ ތިންއަހަރު ތެރޭގައި އިރާނުގެ މައްސަލާގައި ދުނިޔެ އެކަތި ގަނޑަކަށްވެ އިރާން އެކަހެރިވެފައިވާ ކަމަށް ބުންޏެވެ.

އިރާނަށްއޮތީ ހަމައެކަނި ދެގޮތް ކަމަށާއި އެއީ އެމެރިކާ އެދޭގޮތަށް ނިއުކްލިޔަރ ޕްރޮގްރާމް ރޫޅާލައި ދެފުށްފެންނަ ގޮތެއްގެ މަތިން އ.ދ. ގެ ބެލުމުގެ ދަށުން ސުލްޙަވެރި ނިއުކްލިޔަރ ޕްރޮގްރާމެއް ކުރިޔަށްގެންދިޔުން ކަމަށާއި ނޫނީ އިރާނަށްއޮތީ ދަތިކުރުމުގެ ފިޔަވަޅުތަކާއި އެކެހެރިކަމާއި ނިކަމެތިކަން ކަމަށް އޮބާމާ ހާމަކުރިއެވެ.

އެމެރިކާ އެކަހެރިގޮތެއްގައި އިރާނާ ދެކޮޅަށް އަޅާދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވާކަން ޔޫރަޕްގެ އިއްތިޙާދުގެ ޤައުމުތައް ފިޔަވައި އެހެން ޤައުމަކުން ހާމަކޮށްފައެއް ނުވެއެވެ. އެމެރިކާއާއި ޔޫރަޕަކީ ކުރިއްސުރެވެސް އެޤައުމާއެކު އިޤްތިސާދީ މުޢާމަލާތްތައް ނުކުރާ ޤައުމުތަކަކަށްވާތީ އެމެރިކާއާއި ޔޫރަޕްގެ ފިޔަވަޅުތަކުން އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އިރާން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.